އެންމެ މަޝްހޫރު އެވެންޖާސް އެކްޓަރުންގެ ތެރެއިން އިންސްޓަގްރާމުގައި އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ތަރީންނަކީ ކޮބައިކަން އެނގެން އެވެންޖާސް ފޭނުން ބޭނުންވާނެ ކަން ޔަގީނެވެ. މާވެލް ސިނަމެޓިކް ޔުނިވާސް އިން ފިލްމުތައް ނެރޭތާ ގާތްގަނޑަކަށް ދިހަ އަހަރު ވެފައިވާއިރު ހުރިހާ އުމުރެއްގެ މީހުން ވެސް މާވެލް ފިލްމުތައް ބަލާކަން ފާހަގަ ކުރެވެއެވެ.

ކޮންމެ ފިލްމަކަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ އިރު ފިލްމީ ދާއިރާ އަށް އަލަށް ތައާރަފްވެ އެތައް ތަރީންނެއް ވަނީ މާވެލްގެ ފިލްމުތަކުން މަޝްހޫރު ވެފައެވެ. މާވެލް ސިނަމެޓިކް ޔުނިވާސް(އެމްސީޔޫ) އިން މަޝްހޫރުވި ބައެއް ތަރީންގެ ތެރޭގައި ޓޮމް ހޯލެންޑް، ކްރިސް އީވާންސް ފަދަ ތަރީން ހިމެނެއެވެ.

އެންމެ ފިލްމެއް ކުޅެގެން މަޝްހޫރުކަން ހޯދައި ކެރިއަރެއް ބިނާކުރި ގިނަ އެކްޓަރުން އެމްސީޔޫގައި އެބަ ތިއްބެވެ. މީސްމީޑިއާގެ ޕްލެޓްފޯމްތަކުގެ ތެރެއިން އިންސްޓަގްރާމަކީ ފިލްމީ ތަރީން ވަރަށް ގިނައިން ބޭނުން ކުރާ ޕްލެޓްފޯމެކެވެ. ބައެއް ތަރީންނަކީ މީސްމީޑިއާ ބޭނުން ނުކުރާ ތަރީންނެވެ. އޭގެ ތެރޭގައި ޕައުލް ރުޑް އާއި ސްކާލެޓް ޖޯންސަން ހިމެނެ އެވެ. އިންސްޓަގްރާމުގައި އެންމެ ގިނަ ފޮލޯވާސް ތިބި 10 އެކްޓަރުން:

10- ކަރެން ގިލާން

ކަރެން ގިލާން އެންމެ ބޮޑަށް މަޝްހޫރުވީ އެވެންޖާސްގައި އޭނާ ފެނިގެން ދިޔަ ރޯލުންނެވެ. އެވެންޖާސްގައި 'ނެބިއުލާ"ގެ ރޯލުން ކަރެން ގިލާން ފެނިގެން ގޮސްފައިވާ އިރު އެ ފިލްމުގައި ތާނޮސްއާ ބެހޭ ގިނަ މައުލޫމާތުތަކެއް އޭނާ ވަނީ އެވެންޖާސްގެ ރަނގަޅު ބައިގައި ތިބި ކެރެކްޓާސްތަކާއި ހިއްސާކޮށްފައެވެ. އެވެންޖާސްގައި އޭނާ ވަނީ ވިލަންއެއްގެ ރޯލުންވެސް ފެނިގެން ގޮސްފައެވެ.

ކަރެން ގިލާންގެ އިންސްޓަގްރާމުގައި އޭނާ ގިނައިން މަޖާ ވީޑިއޯތަކާއި ފިލްމުތަކުގެ ޝޫޓިންގައި ހިނގާ ކަންކަމުގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާ ކުރެއެވެ. އިންސްޓަގްރާމުގައި 7.3 މިލިއަން މީހުން ކަރެން ގިލާންގެ އެކައުންޓު ފޮލޯ ކުރެއެވެ.

09- ކްރިސް އީވާންސް

އެމްސީޔޫގައިވެސް މަޝްހޫރު ތަރީންނާއީ މަޝްހޫރު ނޫން ތަރީންވެސް ހިމެނެއެވެ. ކެޕްޓަން އެމެރިކާގެ ރޯލުން ފެނިގެންދާ ކްރިސް އީވާންސް އަކީ ވަރަށް ގިނަބައެއްގެ ފެވެރިޓެކެވެ. އޭނާ އިންސްޓަގްރާމް އެކައުންޓެއް ހުޅުވީ 2020 ވަނަ އަހަރު އެވެ. އޭގެ ސަބަބުން ކްރިސް ގެ ކޯސްޓާރުންގެ އެކައުންޓުތައް ފޮލޯކުރާ މީހުންނަށްވުރެ އޭނާގެ އެކައުންޓު ފޮލޯކުރާ މީހުންގެ އަދަދު މަދެވެ.

ކްރިސްގެ އިންސްޓަގްރާމުގައި ގިނައިން ހުންނަނީ އޭނާ އާއި އޭނާގެ ކުއްތާގެ ފޮޓޯތަކެވެ. 8.9 މިލިއަން ފޮލޯވާސް ކްރިސްގެ އެކައުންޓު ފޮލޯކުރާއިރު އޭނާއިންސްޓަގްރާމަށް ފޮޓޯ ލަނީ ވަރަށް މަދުންނެވެ.

08. ޗަޑްވިކް ބޮސްމެން

ޗަޑްވިޑް ބޮސްމެން ވަކިވެގެން ދިއުންވީ އެމްސީޔޫ އަށް ލިބުނު ބޮޑު ހިތާމަޔަކަށެވެ. ނަމަވެސް އޭނާ ވަކިވެގެން ދިޔައީ އެމްސީޔޫގެ އެތެރެއިންނާއި ބޭރުންވެސްމުހިންމު ރޯލުތަކުން ފެނިފަ އެވެ. ޗަޑްވިކް މަޝްހޫރު ވަނީ ބްލެކް ޕެންތާގެ ރޯލުންނެވެ. އެ ރޯލުން އޭނާ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދައި އެތައް ބައެއްގެ ލޯބިހޯދާފައި އެވެ.

އިންސްޓަގްރާމުގައި 11 މިލިއަން މީހުން ޗަޑްވިކް ފޮލޯކުރެ އެވެ.

07- ޖެރެމީ ރެނާ

މިޝަން އިންޕޮސިބަލް، އެމްސީޔޫގައި ހޯކޭއީގެ ރޯލުން ފެނިގެންދާ ޖެރެމީގެ އިންސްޓަގްރާމް ފޮލޯވާސްގެ އަދަދު އުޅެނީ 15 މިލިއަން ގައި އެވެ. އެކްޝަން ފިލްމުތަކުގައިކުޅަދާނަ އެކްޓިންއެއް ދައްކާފައިވާ ޖެރެމީގެ އިންސްޓަގްރާމުގައި ފިލްމުތަކުގެ ތަންކޮޅުތަކާއި ވޯކްއައުޓްގެ ގިނަ ވީޑިއޯރައް ފެނިގެން ދެއެވެ.

06- މާކް ރުފަލޯ

މާކް ރުފަލޯ އަކީ އެމްސީޔޫގެ އެންމެ މަޝްހޫރު އެއް ކެރެކްޓާ އެވެ. ހަލްކުގެ ރޯލުން މަޝްހޫރުވި މާކް އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު އޭނާ އަކީ ގިނަ ބައެއްގެއެންމެ މަގުބޫލު އެކްޓަރެވެ. މަޖާ ފޮޓޯތައް ގިނައިން އިންސްޓަގްރާމަށް ލާފައިވާއިރު އޭނާގެ އެކައުންޓު 19.2 މިލިއަން މީހުން ފޮލޯ ކުރެއެވެ.

05- ކްރިސް ޕްރެޓް

އެމްސީޔޫގައި ކްރިސް ޕްރެޓް މަޝްހޫރު ވަނީ ސްޓާރ ލޯޑުގެ ރޯލުންނެވެ. ޖިއުރޭސިލް ވޮލްޑް އިންވެސް ފެނިގެންގޮސްފައިވާ ކްރިސްގެ އިންސްޓަގްރާމުގައިވެސް ގިނައިންހުންނަނީ މަޖާ ފޮޓޯތަކާއި ވީޑިއޯ ތަކެވެ. އިންސްޓަގްރާމުން ކްރިސް ޕްރެޓް ފޮލޯކުރާ މީހުންގެ ޢަދަދު އުޅެނީ 30 މިލިއަންގައި އެވެ.

04- ޓޮމް ހޯލެންޑް

ޓޮމް ހޯލެންޑް ހިމެނެނީ އެމްސީޔޫގެ އެންމެ ހަގު ތަރީންގެ ތެރޭގައި އެވެ. 41.8 މިލިއަން މީހުން ޓޮމް ހޯލެންޑް ފޮލޯކުރާއިރު އޭނާ އަކީ ހަގު އެކްޓަރަކަށް ވުމުން އޭނާގެފޭނުންގެ ޢަދަދުވެސް އިތުރުކަން ފާހަގަ ކުރެވެއެވެ.

ޓޮމް ހޯލެންޑް މަޝްހޫރު ވަނީ ސުޕާމޭންގެ ރޯލުންނެވެ.

03. ކްރިސް ހެމްސްވޮތް

ތޯ ގެ ރޯލުން މަޝްހޫރުކަން ހޯދާފައިވާ ކްރިސް ހެމްސްވޮތް އަކީ ހޮލީވުޑްގައިވެސް ފޭނުންގެ ބޮޑު ޕްލެޓްފޯމެއް އޮންނަ ތަރިއެކެވެ. ކްރިސް ހެމްސްވޮތް ގެ އިންސްޓަގްރާމްފޮލޯވާސްގެ ޢަދަދު އުޅެނީ 47.1 މިލިއަން ގައި އެވެ.

02- ރޮބާޓް ޑޯނީ ޖޭއާރް

އަޔަން މެންގެ ކުޅަދާނަ ރޯލުން މަޝްހޫރުކަން ހޯދާފައިވާ ރޮބާޓް ގެ އިންސްޓަގްރާމް ފޮލޯވަރުންގެ ޢަދަދު އުޅެނީ 48.5 މިލިއަން ގައި އެވެ. އަޔަން މެންގެ ކެރެކްޓާ އަކީއެމްސީޔޫގައި ވަރަށް މުހިންމު ކެރެކްޓާ އެކެވެ. ޓޯނީ ސްޓާކްގެ ނަމުން މަޝްހޫރު ރޮބާޓް އަކީ ވަރަށް ގިނަ ކުޑަކުދީންގެ ފެވަރިޓްކަންވެސް ފާހަގަ ކުރެވެއެވެ.

01- ވިން ޑީސެލް

އެމްސީޔޫގެ ތަރީންގެ ތެރެއިން އިންސްޓަގްރާމުގައި އެންމެ ގިނަ ބަޔަކު ފޮލޯކުރާ އެކްޓަރަކީ ވިން ޑީސެލް އެވެ. އެމްސީޔޫގެ އެންމެ މަޝްހޫރު އެއް ކެރެކްޓާ އަކީ ގްރޫޓްއެވެ. ގްރޫޓްގެ އަޑު އަޅާފައި ވަނީ ވިން ޑީސެލް ގެ އަޑުންނެވެ. އިންސްޓަގްރާމުގައި 68.7 މިލިއަން ފޮލޯވާސްއާއި އެކު އޭނާ ހިމެނިފައި ވަނީ ފޭނުންގެ ބޮޑު ޕްލެޓްފޯމެއް އޮތްތަރިއެއްގެ ގޮތުގައި އެވެ.

ފާސްޓް އެންޑް ފިއުރިއަސްގައި ވެސް މުހިންމު ރޯލަކުން ފެނިގެން ގޮސްފައިވާ ވިން ޑީސެލް އަށް އޮންނަ ލޯބި ފޭނުންގެ ތެރޭގައި އިތުރުވެފައިވަނީ ހޮލީވުޑްގެފިލްމުތަކުންވެސް އޭނާގެ ކެރެކްޓާ ގިނަ މީހުންނަށް ކަމުދާތީކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އެމަންޖެ

  1.ކެނެރީ ނަޝީދު.
  2.ރައީސް ޝާލިހް.
  3.ކެރަފާ

  2
  2
 2. ޓޮމް ހޮލެންޑް

  އަޅުގަނޑު ކުޅުނާ ސުޕާމޭންގެ ރޯލެއް ނޫން. ސުޕައިޑަރމޭންގެ ރޯލް🙄