މުއްސަނދި ޒުވާން ދިވެއްސަކު ކައިވެނި ކުރުމަށް ފަލަ އަންހެެން ކުއްޖަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ކައިވެނި ކުރުމަށް މީހުން ހޯދުމަށް އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ފޭސްބުކު ޕޭޖެއް ކަމަށްވާ "ކައިވެނި" ޕޭޖުން އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އުމުރުން 29 އަހަރުގެ އިސްކޮޅުގައި ފަސް ފޫޓު ނުވަ އިންޗި ހުންނަ ފިރިހެނަކު އިންނާނެ ދިވެހި އަންހެނަކު ހޯދާ ކަމަށެވެ. އޭނާގެ ރަށާއި އަތޮޅު ވަނީ ސިއްރުކުރި ނަމަވެސް ބުނެފައިވަނީ ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށެވެ.

އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން އެ ފިރިހެން މީހާ އަކީ ސަރުކާރު ވަޒީފާއެއްގައި އުޅެމުން އަންނަ، އާންމުދަނީގެ ގޮތުން މަހަކު 45،000 ރުފިޔާ ލިބޭ މީހެކެވެ. އަދި މިހާރުވެސް އޭނާ އަންނަނީ ޑިގްރީއަށް ކިޔަވަމުން ކަމަށާއި މިހާތަނަށް އޭނާ އެއްވެސް ކައިވެންޏެއް ވެސް ނުކުރާ ކަމަށް އެ ޕޯސްޓުގައި ބުނެފައިއެވެ. މީގެ އިތުރުން އޭނާގެ ދަރިއެއްވެސް ނެތް ކަމަށާއި އޭނާ އަކީ ކެރިއަރެއްް ނޫން ކަމަށްވެސް ޕޯސްޓުގައި ވަނީ ބުނެފައެވެ.

ޕޯސްޓުގައި ބުނާ ގޮތުން އޭނާ ބޭނުން ވަނީ އުމުރުން 18 އަހަރާއި 26 އަހަރާ ދެމެދުގެ، މިވަގުތު މާލޭގައި އުޅޭ އަންހެންކުއްޖެކެވެ. އެ އަންހެން ކުއްޖާ ވާން ވާނީ ހިކި ނޫން އަވަހަށް ކައިވެނިކުރަން ބޭނުންވާ ކުއްޖަކަށް ކަމަށް އޭނާގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

"ކައިވެނި ޕޭޖް" އަކީ ދިވެހިންގެ ތެރޭގައި މަޤްބޫލު ޕޭޖްއެކެވެ. އަދި އެޕޭޖުގައި އާންމުކުރާ ޕޯސްޓުތަކަކީ އެއީ ސައްހަ މައުލޫމާތުކަމަށްވެސް އެ ޕޭޖު ހިންގާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އެހެން💪

  މަހީކުރީ ހިކި ލޫޅާފަތި ކުއްޖެއް ކަމައް ހޯދާނީ....

  41
  3
 2. ޕޮޓޭ

  ޝަރުތު ފުރިހަމަވާ ކުދިން އަވަހަށް ކުރިމަތިލާ..

  43
  3
 3. ޒަލީ

  މުއްސަދި މާނަމިމީހުން މިކުރަނީ ކިހިނެއް ކަމެއް ނޭގެ. 45000 ރުފިޔާގެ އާމްދަނީ ލިބެންޏާ ރާއްޖެގަ އިންކަމްޓެކްސް ގެ ރޭޓުން ބަލަންޏާ އެއީ މެެދުފަންތިގެ

  38
  1
 4. ބެޓެރި

  ރާއްޖޭގެ ގިނަ އަންހެންވެރިން ތިބެނީ ފަލަކޮށް.

  44
  1
 5. ޜޯޒާ

  ޢެބަހުރި ތިކަހަލަ ކުށްޖެއް ބޭނުމިއްޔާ ގުޅާ

  24
  1
 6. ޕޮގުބާ

  ފަޅައީޔަ ރަނގަޅުވާނެ ފިރިންދެކެ ލޯބިވާލެއްް ބޮޑް ދިރާސާކޮއްފިން

  17
  2