ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ އާއި ފިލްމީ އަބްދުﷲ މުއާޒު (މުއާ) އަކީ އެ މީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާކަން ފާޅުގައި ހާމަކުރަމުންދާ މީހުންނެވެ. އަބަދުވެސް ދިރިއުޅުމުގައި ކުރާ ގިނަ ކަންކަން މީސް މީޑިއާގައި ހިއްސާ ކުރެއެވެ. މިގޮތުން މީގެ ނުވަ މަސް ދުވަސް ކުރިން މުއާ އައްްޒައަށް ކުކުޅު ގަރުދިޔަ ކައްކާ ދިން ވާހަކަ ވާނީ ގެނެސްދީފައެވެ.

މިފަހަރު މުއާ ކުކުޅު ގަރުދިޔަ ކައްކާދެނީ އެންމެންނަށެވެ. މުއާގެ ކުކުޅު ގަރުދިޔަ ކައްކައިގެން ވިއްކަން ފަށަނީއެވެ.

އެކަން ހާމަކޮށް، އައްޒަ މީސް މީޑިއާއަށް ދޫކޮށްލި ވީޑިއޯއަކަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިގެން ގޮސްފައެވެ.

"މުއާ ކައްކާ ކުކުޅު ގަރުދިޔަ މިހާރު މިއުޅެނީ ތިބޭފުޅުންނާއި ހަމައަށް ފޯރުކޮށްދޭން ވެގެން". އައްޒަ ބުނެފައި ވެއެވެ.

އައްޒަ ބުނިގޮތުގައި،ކުކުޅު ގަރުދިޔަ ޕެކެއްގެ އަގަކީ 45 ރުފިޔާ އެވެ. އަދި ޑެލިވަރީ ހިދުމަތް ހިލޭ ދޭނެ ކަމަށް އައްޒަ ބުންޏެވެ.

"އެނެްމެ ފުރަތަމަ އޯޑަރު ކުރާ 10 ކުދިންނަށް މުޅިން ހިލޭ، ވަރަށް ވަރަށް އަވަހަށް އޯޑަރު ކުރޭ. އެންމެ މީރު ކުކުޅު ގަރުދިޔަ އިން ޓައުން". އައްޒަ ވަރަށް ބޮޑަށް އެކްސައިޓެޑްވެފައި އާއްމު ކުރި އެ ވީޑިއޯގައި ބުނެފައި ވެއެވެ.

އައްޒަ އާއި މުއާގެ ކައިވެންޏަށް މިހާރު ވަނީ އެއް އަހަރު ފުރިފައެވެ. މި ދެމަފިރިންނަކީ ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ދެމަފިރިން ކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސާބަސް

    ރަނގަޅު..ފިލްމު ކުޅެގެން ލާރި ހޯދުމަށް ވުރެ ތިޔަ ގޮތް ވެސް މާ ރަނގަޅު ވާނެ..ގުޑު ލަކް

    103
  2. ނުނނު

    މުއާ އައްޒަ ކާޑޭޝަން ގެ ކުކުޅު ގަރުދިޔަ

    51
    2
  3. އަޝްރަފް

    ޝީލާ - މަނިކުގެ ބްރެކްފާސްޓަށް ލިބުނު ތަރުޙީބު ލިބޭނެ ބާއޭ ހިތަށް އަރާ. ތި މުއާ އާއި އައްޒައަކީ ދެއްކުންތެރިކަމުގެ އިންތިހާ!!!!

    64
    1
  4. އެމަންޖެ

    މުއާ އައްޒަ ކައްކާ ފޫހިވީތަ މިހާރު ކުކުޅާ ތިޔަ ހިފަނީ.

    10
  5. ސާމް

    އަޖައިބެއް ނުވާނެތަ ؟ ޢިހަކައް ދުވަހަކު ނޫންތަ މީނަ ސިދާތާއާ ކައިވެނި ކުރީ.. މިހާރު އެއުޅެނީ ކޮންމެސް އަންހެނަކާ އެކީ ގަރުދިޔަ ކައްކަން

    10
    19
  6. ބޯކޮށާ

    ކުރާނެ އެހެންކަމެއް ނެތީމާ ވާލު ފޮޅި ހިފައިގެންވެސް އަދި ނިކުންނާނެ😃ބަޑައްޖެހި ހާންތި ވީމާ ހާލުފޮޅިވެސް ވިއްކަން ނިކުންނަން ޖެހޭނީ😃😃😃

    9
    2