ސިފައިންގެ އަސްކަރީމަރުކަޒަކަށް ޕިއްޒާ ޑެލެވެރީ ކުރަން ދިޔަ މީހަކު ޤައުމުން ބޭރުކޮށްލަން ނިންމައިފިއެވެ.
އެމެރިކާގެ ސިފައިންގެ އަސްކަރީ މަރުކަޒަކުން މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެމެރިކާގެ ސިފައިންގެ ބޭހަކަށް ޕިއްޒާ ގެންގޮސްދިން މީހަކު އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ސިފައިން ބުނެފައިވަނީ ސިފައިންގެ އަސްކަރީ މަރުކަޒުން ވަނުމުގެ ކުރިން އެމީހެއްގެ މައުލޫމާތުތައް ބަލާ ކަމަށާއި މިގޮތުން ބެލި ބެލިމުން އެއީ އެމެރިކާގެ އިމިގުރޭޝަންއިން ހޯދަން ބޭނުންވާ ޤައުމަށް ވަގަށް ވަދެފައިވާ މީހެއްކަން އެނގުނު ކަމަށެވެ. އަދި ވަގުތުން ހައްޔަރުކޮށް މިމީހާ އެމެރިކާގެ އިމިޤުރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށް ސިފައިން ބުނެފައިވެއެވެ.
މިމައްސަލައިގައި މިމީހާގެ އަނބިމީހާ ބުނެފައިވަނީ ހައްޔަރުކުރި މީހާގެ އަނބިމީހާއަކީ އެމެރިކާ މީހެއް ކަމަށާއި ގުރީން ކާޑް ލިބުމުގައި ކިތާބީ މައްސަލަތަކެއް ދިމާވި ކަމަށާއި ނަމަވެސް އެއީ ޤައުމަށް ވަގަށް އެތެރެ ވެގެން އުޅޭ މީހެއް ނޫން ކަމަށެވެ.
ބޭރުގެ މީޑިޔާތަކަށް މައުލޫމާތުދެމުން މިމީހާގެ އަނބިމީހާވަނީ މިއީ ވަރަށް ލާއިންސާނީ އަމަލެއްކަން ސިފަކޮށް ކޮންމެ ދުވަހަކު އޭނާގެ ދެކުދިން ބައްޕަ އަންނާނެ ދުވަހަކާމެދު ސުވާލު ކުރާ ކަމަށް ގިސްލަމުން ބުނެފައެވެ.