އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އަށް ޕޭސްޓްރީ ތައްޔާރުކޮށްދޭނެ މޮޅު ކައްކާއެއް ހޯދަން އިއުލާން ކޮށްފިއެވެ. ކައްކާއެއް ހޯދަން ކުރި އިއުލާންގައި ހިމަނާފައިވާ ޝަރުތުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޝަރުތަކީ ކައްކާ އަކީ ވަރަށް ރަނގަޅަށް އައިޓީ ނުވަތަ އިންފޮމޭޝަން ޓެކްނޮލީގެ މައުލޫމާތު އެނގޭ ކޮމްޕިއުޓަރަށް ފަރިތަ މީހަކަށް ވާން ޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާ ޝަރުތެވެ.

މިއީ އޮޅުމަކުން ލިޔެވިފައިވާ ޝަރުތެއް ކަމަށް ލަފާކުރެވިގެން ބައެއް މީޑިއާތަކުން ސުވާލު ކުރުމުން ބަކިންހަމް ޕެލަސް އިން ވަނީ އެއީ އޮޅުމެއް ނޫންކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ކައްކާ އަކަށް އައިޓީގެ މައުލޫމާތު އެނގެން ޖެހޭ ސަބަބެއް ބަކިންހަމް ޕެލަސް އިން ސާފުކޮށެއް ނުދެއެވެ.

ރާނީ އެލިޒަބަތު އަށް ޕޭސްޓްރީ ތައްޔާރު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނެ ކައްކާގެ މުސާރައެއް އިއުލާންގައި ނެތެވެ. ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު ކޮންމެ އުމުރެއްގެ ކޮންމެ މީހަކަށް ވެސް އެބައޮތެވެ. ވަޒީފާ އަށް ކުރިމަތިލުމުގެ ލިޔުން ފޮނުވަން ޖެހޭނީ ބަކިންހަމް ޕެލަސްއަށެވެ.

ވަޒީފާގެ ޝަރުތަކުގެ ތެރޭގައި އިތުރަށް ބުނެފައި ވަނީ ޝެފް ވާން ޖެހޭނީ ސީނިއާ ލެވެލްގެ ޝެފަކަށް ނުވަތަ ފަސްތަރީގެ ކޭޓަރިން އޮޕަރޭޝަންގެ ތަޖުރިބާ ލިބިފައިވާ ޝެފަކަށެވެ. ކާނެ އެއްޗެހި ތައްޔާރު ކުރުމުގެ އިތުރުން ކެއުންތައް ސާވް ކޮށްދިނުމުގެ ޒިންމާ ވެސް ޝެފް އުފުލަން ޖެހޭނެ ކަމަށް އިއުލާންގައި ވެއެވެ.

މުސާރައިގެ އިތުރުން ދިރިއުޅޭނެ ތަނަކާއި ކޮންމެ އަހަރަކު 33 ދުވަހުގެ އަހަރީ ޗުއްޓީއެއް ވެސް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަސީދު

    އަޅެފަހެ މިއޮތީ ފުރުސަތު އަންނި ސޮރު ގެންދަގަ އެސޮރު ރާނީގެ ގާތުގައި ނުހުރެވިގެން އެކި ފާޑުފާޑުގެ ބަލިތައްވެސް އެބަޖެހޭ. ލައިލާ ދައްތަގެ ކިބައިން މިންޖުވެފަ ޖަޒީރާއަށް ނާރަން އެހުރީވެސް އެކަމަށް.

    • ރާނިޔާ

      ވަރަށް މަޖާ.