މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް އާއި އޭނާގެ ލޯބިވެރިޔާ ބޭސްބޯލް ކުޅުންތެރިޔާ އެލެކްސް ރޮޑްރިގުއެޒްގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޖެނިފާ އާއި ރޮޑްރިގުއެޒް ވަކިވެފައިވާ ކަމަށް މީޑިޔާގައި އަޑުފެތުރިފައި ވަނީ އެމީހުންގެ ގާތް އެކުވެރިއަކު އެމީހުން ވަކިވެފައިވާކަމަށް މީޑިޔާގައި ބުނެފައި ވަނިކޮށެވެ.

2017 ވަނަ އަހަރުންފެށިގެން ޖެނިފާ އާއި ރޮޑްރިގުއެޒް އެކީގައި އުޅެންފަށާފައިވާއިރު ދެމީހުން އެންގޭޖުވެފައި ވަނީ 2019 ވަނަ އަހަރުގައި އެވެ. ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދެމީހުންގެ ކައިވެނި ވަނީ ފަސްވެސް ކޮށްފައި ކަމަށް މީޑިއާތަކުން ކުރިން ރިޕޯޓް ކޮށްފައި ވެއެވެ.

ދެމީހުންގެ އެންގޭޖްމަންޓް ނިމުމަކަށް ގެނައި ސަބަބެއް ރަސްމީކޮށް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ދެމީހުންގެ ގުޅުން ނިމުމަކަށް ގެނައީ ރޮޑްރިގުއެޒް އެހެން މީހަކާއިއެކު ސިއްރު ލޯބީގެ ގުޅުމެއް ބޭއްވިކަން ބޭޒާރުވުމުންނެވެ.

ޖެނިފާ އާއި ރޮޑްރިގުއެޒް އެންމެ ފަހުން އެކީގައި ފެނިފައި ވަނީ މާރިޗު އެއްވަނަ ދުވަހު ޑޮމިނިކަން ރިޕަބްލިކުން އެވެ. ޖެނިފާ މިހާރު އާ ފިލްމެއްގެ މަސައްކަތް ކުރަމުން ދާއިރު ރޮޑްރިގުއެޒް ވަނީ މިއަމީގައި ހުރެ ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައެވެ.

މަޝްހޫރު އެތައް ލަވަތަކެއް ކިޔާފައިވާ ޖެނިފާ ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ރައީސް ކަމަށް ހުވާ ކުރެއްވި ދުވަހު ވެސް ވަނީ ލަވައެއް ހުށައަޅާ ދީފަ އެވެ. މި ރަސްމިއްޔާތުގައި ޖެނިފާގެ ލޯބިވެރިޔާ ރޮޑްރިގުއެޒް ވެސް ވަނީ ބައިވެރިވެފަ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޖެނިފާ އާއި ރޮޑްރިގުއެޒް ތިބީ އެކިގާއި އާއިލާ އާއި އެކީގައި އެވެ. ޖެނިފާ އާއި މާކް އެންތޮނީ ކައިވެނި ކޮށްގެން އެއްމާބަނޑު ދެކުދިން ވަނީ ލިބިފަ އެވެ. ދެކުދިންގެ އުމުރަކީ 13 އަހަރެވެ. ރޮޑްރިގުއެޒް ކުރިން ކައިވެނިކޮށްފައިވަނީ ސިންތިޔާ ސްކުއަޓިސް އާއި އެވެ. އެމީހުންގެ ދެކުދިން ތިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަންނި

    އަޅުގަނޑު ޖެނީ ބޭނުން.

    8
    1
  2. އިޔާޒް

    ދެން ބަހީ ބޭބެއާއިއެކު ނަށާލަން..

    8
    2
  3. ނަސީރު

    ލަވަ އެނގެން ފެށީއްސުރެއް ޖެނިފާ އަކީ އަހަރެންނައް އެންމެ މަގުބޫލު ލަވަކިޔުންތެރިޔާ