1990ގެ އަހަރުތަކުން ފެށިިގެން ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ މަގުބޫލުކަން ހޯދަމުން ދިޔަ އެއް ފަންނާނަކީ ޔޫސުފް ރަފީއު (ޔޫސޭ)އެވެ. މަޖާ ފިލްމުތަކާއި ޑްރާމާ ސިލްސިިލާތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޔޫސޭއަކީ އަދިވެސް ދިވެހިންގެ ތެރޭގައި މަގުބޫލް ފަންނާނެެކެވެ. އެއިރު ޔޫސޭ ލީޑްރޯލުން ފެނިގެންދާ، ކޮންމެ އެޕިސޯޑަކުންވެސް އޭނާގެ މުޅިން ތަފާތު ކެރެކްޓަރއެއް ފެނިގެން ދިޔަ "ދިރިއުޅުމަކީ މިއީބާ" ޑްރާމާއަކީ އޭނާގެ ކެރިއަރުގައިވެސް އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލުވި އެއް އުފެއްދުމެވެ. ދިރިއުޅުމަކީ މިިއީބާ އަކީީ އަދިވެސް މީހުންގެ މެދުގައި މަގުބޫލު ދިވެހި ސިލްސިލާ ޑްރާމާއެެެކެވެ.
ޔޫސޭއާ ގުޅޭގޮތުން ތަފާތު އެތައް ވާހަކައެއް މީގެ ކުރިން އަޑުއިވިގެން ގޮސްފައިވާއިރު، "މޮންދު ޕްރޮޑަކްޝަން" އިން ގެނެސްދެމުން އަންނަ "ޓޯކް ޝޯވ"އެއްްގައި ޔޫސޭއާ ގުޅޭގޮތުން ތަފާތު ވާހަކަތަކެއް އަޑުއިވިގެން ގޮސްފައި ވެއެވެ.
މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ ޔޫސޭ ދާއިރާގައިި މަސައްކަތްކުރަމުން އަންނަތާ 40 އަހަރު ފުރުމަށެވެ.
އެ ޕްރޮގްރާމްގައި އޭނާގެެ ދޮށީ ދަރިފުޅު މުސްލިހާ ޔޫސުފްގެ ހާއްސަ މެެސެޖެއް ދީފައި ވެއެވެ. އެ މެސެޖުން ޔޫސ ޭހުރީ ރޮވިފައެވެ.
މުސްލިހާ ބުނެެފައި ވަނީ މުނިފޫހިފިލުވުމުގެ ދާއިރާގައި މިހާ ގިނަ ދުވަހު ބައްޕަ މަސައްކަތް ކުރުުމުން އެކަމާ ވަރަށް ފަހުރުވެރިވެ އުފާވާ ކަމަށާއި، ހަނދާން ހުންނަން ފެށި ހިސާބުން ފެށިގެންވެސް ކޮންމެ ރޯދަމަހަކުވެެސް ދިރިއުޅުމަކީ މިއީބާ އަންނާނެ ގަޑިއަކަށް އިންތިޒާރުކުރާ ކަމަށެވެ. ދިރިއުޅުމަކީ މިއީބާ ޑްރާމާ ތައާރަފްކުރި ފަހުން ގިނަ ބައެއްގެ ރޯދަކުރުކުރުމުގެ ބައިވެރިއަކަށްވެސް ވެފައި ވަނީ މި ޑްރާމާ އެވެ.
"އެ ނުބެލޭ ދުވަހެއްގެ ވިއްޔާ މަންމަ ވެސް ހުންނާނެ ބަލަން ރެކޯޑު ކޮޮށްދީފަ. އޭރު ޑައިލޮގްތައްވެސްް ހަމަ ހިތުދަސްވާނެ. އަޅުގަނޑު އޭރުގަ ބައްޕައަށް އޭގެ އަނިޔާކޮށް ކަމެއް ކުރިޔަސް ރޮއެވެސްް ހަދަން. މަންމަ ބުނާނެެ އަސްލެއްވެސް ނޫނޭ. އެކަމަކު އޭރު ކުޑަވީމަ ގަބޫލެއްވެސް ނުކުރެވޭ" މުސްލިިހާ ބުންޏެވެ.
މުސްލިހާ ބުނީ އޭނާގެ ބައްޕަ ޓީވީން ފެންނަ ވަގުތުކޮޅަކީ ވަރަށް ހިިތަށް އުފާވެެރިކަން ގެނުވާ ވަގުތުކޮޅެއް ކަމަށެވެ. އަދި އޭރު އޭނާގެ ބައްޕަ ގިނައިިން ފެންނަނީ ޓީވީން ކަމަށް މުސްލިހާ. ފާހަގަކުރިއެވެެ.
އޭނާ އިތުރަށް ބުނީ އޭނާގެ ބައްޕަ ޔޫސޭ އަކީ "ހީރޯ"އެއް ކަމަށްް ގަބޫލުކުރާ ކަމަށާއި، އަދި ގައުމަށްވެސް އޭނާގެ ބައްޕައަކީީ ހީރޯއެް ކަމަށެވެ. އެކަން ނޮވެމްބަރު ތިނެއް 1988 ގައި ޔޫސޭ މުޅި ގައުމަށް ސާބިތުވެސް ކޮށްދެއްވި ކަމަށް މުސްލިިހާ ބުންޏެވެެ. އަދި ދަރިންނަށްވެސް އެކުދިންގެ ކާފަ ޔޫސޭއަކީީ ހީީރޯއެއް ކަމަށް ސިފަކޮށްދޭ ކަމަށާއި، އެކުދިންވެެސް ޔޫސޭ ދެކެ ވަރަށް ލޯބިވާކަމަށްް އޭނާ ބުންޏެވެ.
އޭނާގެ ވީޑިއޯ މެސެޖު ނިމުން އިރު ޔޫސޭ ހުރީ ރޮވިފައެވެެ. އަދި އެފަދަ ދަރިންނާއި، އަންބެއް އޭނާއަށް ދެއްވީތީ ﷲ އަށް ޝުކުރު ދަންނަވާކަމަށް ޔޫސޭ ބުންޏެވެެ.
ޔޫސޭ އަކީ ބެސްޓް ކޮމީޑިއަން އެވާ އިން މޯލްޑިވްސް..
ދިރިއުޅުމަކީމިއީބާ...
މަގޭ ފޭވަރ އަބަދުވެސް
ޔޫސޭގެ ފިލްމްތައް އަބަދުވެސް ބަލާ ހިތްވޭ. އަބަދުވެސް ވަރަށް ޝައުގުވެރިކަމާއި އެކީ އިންތިޒާރު ކުރަން ރޯދަ މަހު ދިރިއުޅުމަކީ މިއީބާގެ އައު އެޕިސޯޑު ތަކަށް. ހަމަ ކޮންމެ ފަހަރަކުވެސް އަހަރެން ހެއްވާލާ ޔޫސޭގެ ކޮމެޑީޒްތައް.
ތީ ސަކީލާޔާ ޔޫސޭއާގެ ދަރިންތަ ހުސް؟؟
ޔޯން! ސޭމް އޯޑް ތިންގް ރިޕީޓަޑް. ނޮތިންގް ނިއު!
ޔޫސޭގެ ޑްރާމާތައް ސަޅި. އެކަމކު ލައިފް ތިއޮތީ ހަލާކުވެފަ.
ލ މާމެންދޫ ޔޫސޭގެ ދައްތަގެ ފަރާތުން ވަރަށް ގިނައިން ސަލާމާއި ހެޔޮދޫވާ .
މިމެސެޖު ޔޫސޭ ފޯރުކޮށްދިނުންއެދެން 😀😀😀😀😀😀😀ޝުކުރިޔާ