ދިވެހި ފިލްމް އިންޑަސްޓްރީއިން މިހާތަނަށް ފެނުނު އެންމެ މަގްބޫލު ފަންނާނުންގެ ތެރެއިން ފާހަގަ ކޮށްލެވޭ މަރިޔަމް ނިޝާ އާއި އައިޝަތު ޝިރާނީ އަކީ އާންމުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ކުޅަދާނަ ދެ ތަރިންނެވެ. ރާއްޖޭގެ ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ ފިލްމީތަރި ނިޝާ އާއި ޝިރާނީ ދުވަސްތަކަކަށް ފަހު ޓިކްޓޮކް ވީޑިއޯ އަކުން ފެނިގެން ދިޔުން ވެގެން ދިޔައީ އާންމުންނާއި، މި ދެތަރިންގެ ފޭނުންނަށް އުފާވެރި އަދި އެހާމެ ސަޕްރައިސް ވެގެން ދިޔަ ކަމަކަށެވެ.

މި ދެ ތަރިންވެސް ފެނިގެން ގޮސްފައި ވަނީ ދިވެހި ފިލްމީ ދާއިރާގެ އުދަރެހުގައި ފިޔަޖަހަމުން އަންނަ ތަރިންގެ ތެރެއިން މުހަންމަދު ވިޝާލް އާންމު ނަމުންނަމަ ރޯމަން ޓިކްޓޮކް އެކައުންޓުންނެވެ. މިހާތަނަށް ގިނަ ފަންނާނުން ތަކަކާއި އެކު ޓިކްޓޮކުން ފެނިގެން ގޮސްފައިވާ ރޯމަން އެންމެ ފަހުން ޓިކްޓޮކަށް ދޫކޮށްލައިފައި ވަނީ ނިއުމާ، ޝިރާނީ އަދި ނިޝާ އާއި އެކު ކުޅެފައިވާ ވީޑިއޯއެކެވެ.

@roamsss

The “mooney thee hiy edhey” Actress herself. One and only Mariyam nisha 😍

♬ original sound - Romies

މި ތިން ފަންނާނުންނަކީ ދިވެހި ފިލްމީ އިންޑަސްޓްރީ އިން މިހާތަނަށް ފެނުނު އެންމެ ކުޅަދާނަ، ހުނަރުވެރި ފަންނާނުންނޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ.

@roamsss

Shiraani 😍❤️

♬ original sound - Romies

ނިޝާއާއި އެކު ކުޅެފައިވާ ވީޑިއޯ ޓިކްޓޮކަށް ދޫކޮށްލުމުން މިހާތަނަށް 45 ހާހަށް ވުރެ ގިނަ މީހުން ބަލާފައިވެއެވެ. މީގެ އިތުރުން ދެން ފެނިގެންދިޔަ ދެ ފަންނާނުން ކަމަށްވާ ނިއުމާ އާއި ޝިރާނީގެ ޓިކްޓޮކްވެސް ވަނީ އެތައް ބަޔަކު ބަލާފައެވެ.

މި ތިން ފަންނާނުންނަކީ ވެސް މިހާރު ދިވެހި ފިލްމީ އިންޑަސްޓްރީ އާއި ދުރުގައި ވީ ފަންނާނުން ކަމުގައި ވިޔަސް، މި ތިން ފަންނާނުންނަކީ ވެސް ގިނަ ދުވަސްތަކެއް ވަންދެން ދިވެހި ފިލްމީ ދާއިރާަގައި މަސައްކަތްކޮށް ނަން ވިދާލައިފައިވާ ތަރިންނެވެ.

ނިޝާ، ޝިރާނީ، އަދި ނިއުމާވެސް ފިލްމް ކުޅުމާއި ދުރަށް ޖެހިލައިފިއެވެ. މިއީ އެކަމަކު ވަރަށް ގާތް ތިން ތަރިންނެވެ. އެހެން ނަމަވެސް ނިއުމާ އަދިވެސް ދަނީ ފިލްމީ ދާއިރާގައި އެކި ގޮތްގޮތުން މަސައްކަތް ުރަުންނެވެ.

މީސް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި މަރިޔަމް ނިޝާ އަނެއްކާވެސް ފިލްމު ތަކުން ފެނިގެން ދާނެ ވާހަކަ ދެކެވެއެވެ. ނިޝާގެ ހުރިހާ ފޭނުން އުންމީދު ކުރަމުން ދަނީ ނިޝާ އެނބުރި ފިލްމީ ދާއިރާއަަށް އަންނާނެ ކަމަށެވެ.

'ވަގުތު' އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އޭނާ ފިލްމީ ދާއިރާއަށް އެނބުރި އައުމާއި މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޅލލ

    މަ މިހުރިހާ ދުވަހަކު ހީކޮށްގެން މިހުރީ ނިޝާ އުޅެނީ މޫނު ބުރުގާ އަޅާގެންނޭ... އެހެނެއް ނުވިދޯ...🥱

    29
    1
  2. Anonymous

    ނިޝާ އާއި ޝިރަނީ އަށް އަޅުގަނޑު ބުނެލަން ބޭނުމީ ނުބައި ކަންތައްތަކުގެ ތެރެއަށް އެބުރި ނުވަންނާށޭ އުމުރަކީ ކުރު އެއްޗެކޭ މިއަދު ކުރި އަމަލެއް މާދަމާ ކައްވަޅަށް ގެންދެވޭނީ

    104
    2
    • އޭބީ

      ވަރަށް ރަނގަޅު ނަސޭހަތެއް

      24
  3. ފޭނެއް

    އުންމީދު ކުރަނީނާނާނެ ކަމަށް.

    67
    2
  4. ބެއްޔަހުއްތު

    އެނބުރި ނައުމަށް ނަސޭހަތްތެރިަން!

    28
  5. ސީމާ

    އެނބުރި މިދާއިރާއަށް ދެން ނައުމަށް ނަސޭހަތްތެރިވަން.. ހެޔޮވިސްނުން ދެއްވާށި

  6. Anonymous

    ނަނާތި