ގާތްގަނޑަކަށް އަށް މަސް ފަހުން އެންމެންގެ ލޯތައް އަމާޒްވެގެންދާނެ އެއްކަމަކަށް ވެގެން ދާނީ ބިގްބޮސް 15 އެވެ. ކުރިއަށް އޮތް ސީޒަން އާންމުންނަށް ހުޅުވާލާނެއެވެ. ބިގްބޮސް 12 ފުލޮޕަކަށް ދިއުމާއެކީ ނިމިގެންދިޔަ ދެ ސީޒަން ގައި މަޝްހޫރު ތަރިން ހިމަނައިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިންޑިއާގެ ޑްރާމާ ސީރީޒް ތަކުގައި މަޝްހޫރު ކަން ހޯދި އަދި ދިވެހިންގެ ތެރޭގައި ވެސް މަގުބޫލުކަން ހޯދާފައިވާ އަނީތާ ހަސަނަންދީ ބުނެފައިވަނީ ބިގްބޮސް ގައި އޭނާ ބައިވެރިވާން ބޭނުންވާ ކަަމަށެވެ. އަސްލު ކަންތައްވެެފައިވަނީ މިހެންނެވެ. ސިދާތް ޝަކުލާ ވަނީ އެޕްލިކޭޝަން އަކަށް އިޝްތިހާރެއް ކުޅެފައެވެ. މި އިޝްތިހާރު ޕްރޮޑިއުސް ކޮއްފައިވަނީ ރޯހިތް ރެޑީގެ ޕްރޮޑަކްޝަންއިންނެވެ. ޝޫޓިން ކުރިޔަށް ދިޔަ އިރު ރޯހިތް އާއި ސިދާތް އުޅުނީ ވަަރަށް ގުޅިގެންނެވެ.

ރޯހިތް ރެޑީ އޭނާގެ އިންސްޓަރގްރާމް ގައި ހިއްސާ ކޮއްފައިވާ ވީޑިއޯއަކަށް ވަރަށް ގިނަ މީހުންގެ ކޮމެންޓު ލިބިފައިވެއެވެ. މި ވީޑިއޯ އަނީތާ ހަސަނަންދީއަށް ފެނިގެން އޭނާ ބުނެފައިވަނީ އޭނާ ބިގްބޮސް 15 ގައި ބައިވެރިވާން ބެނުން ކަމުގައެވެ.

އަނީތާ ހަސަނަންދީ އަކީ ބިގްބޮސްއަށް ވަރަށް ސަޕޯރޓް ކުރާ މީހެކެވެ. އޭނާ ހުރިހާ ސީޒަން އެއް ބަލާ ކޮމެންޓްވެސް ކުރެއެވެ.

ސިދާތް ޝަކުލާގެ އިންސްޓަގްރާމްގައި ތިން މިލިއަން ފޮލޯވަރުން ތިބެއެވެ. އޭނާ މަަޝްހޫރު ވެގެން ގޮސްފައިވަނީ ބިގްބޮސް 14 އަށް ފަހުގައެވެ.

އަނީތާ ހަސަނަންދީ އާއި އޭނާގެ ފިރިމީހާ އެމީހުންގެ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔާފައިވަނީ މިއަހަރު ފެބްރުއަރި މަހުގެ ނުވަވަނަ ދުވަހުގައެވެ. މި ދެމީހުން ކައިވެނިކޮށްފައިވަނީ 2013 ވަނަ އަހަރުގައެވެ. އެނާ ބަނޑު ބޮޑު ވެފައިވަނީ ''ނާގިން 4'' ނިމެން އުޅެނިކޮށެވެ. އަނީތާ މަންމަ އަކަށް ވެފައިވަނީ އޭނާގެ އުމުރުން 37 އަހަރުގައެވެ.

އަނީތާ ގިނަ ބަޔަކަށް އެނގިގެން ދިޔައީ "ޔޭ ހޭ މޮހައްބަތައިން" އިން ޝަގުންގެ ރޯލުންނެވެ.އޭނާ ވަނީ ހިންދީ ފިލްމާއި ޑްރާމާގެ އިތުރުން، ތެލުގޫ ޓެމިލް ބަހުން އުފައްދާފައިވާ ފިލްމާއި ޑްރާމާތަކުގައި ވެސް ހަރަކާތްތެރި ވެފައެވެ.