ބައެއް މައިންބަފައިން އެމީހުންގެ ދަރިން ދެކެ "ކަނު ލޯބި" ވެއެވެ. މިލޯބި ވުމުން ދަރިން ކުރާ އެއްވެސް ގޯސްކަމެއް މައިންބަފައިންނަކަށް ނުފެނެއެވެ. ކޮންމެ މީހަކަށް ވެސް އެމީހެއްގެ ދަރި ދޮންފުތު ވާނެ ކަމަށް ބުނަނީ މިހެންވެއެވެ. ނަމަވެސް ބައެއް މައިންބަފައިންގެ ސިޔާސަތު މުޅިން ތަފާތެވެ.

އެމެރިކާގައި ހިނގި މިހާދިސާ ވެސް އެކަމުގެ ހެއްކަކަށް ފުދެއެވެ. ވޮލްމާޓްގެ ޕާކިން ޒޯނެއްގައި ކާރު ޕާކް ކުރަން އުޅުނު އަންހެނަކަށް ބިރުދައްކައިގެން ދެ ޒުވާނުން އެކާރު ފޭރިގަތެވެ. އެމައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމުން ސީސީޓީވީ ފުޓޭޖް އާންމުކޮށް ފުލުހުން ވަނީ ދެކުށްވެރިން ހޯދަން އާންމުންގެ އެހީއަށް އެދިފައެވެ.

އެވީޑިއޯ ފެނުނީ އެތަނުން އެއް ޒުވާނެއްގެ މަންމަ އަށެވެ. ވަގުތުން އެއީ އޭނާގެ ދަރިފުޅު ކަން މަންމަ އަށް އެނގުނެވެ. އެހެންކަމުން މަންމަ އޭނާގެ ދަރިފުޅު ހޯދައިގެން ދަރިފުޅު ގޮވައިގެން ޕޮލިސް ސްޓޭޝަނަށް ގޮސް ދަރިފުޅު ފުލުހުންނާއި ހަވާލު ކުރިއެވެ.

ދެކުށްވެރިން ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިން މީހަކަށް 5000 އެމެރިކާ ޑޮލަރު ދޭނެ ކަން ކުރިން ފުލުހުން އޮތީ އިއުލާން ކޮށްފައެވެ. ނަމަވެސް ޒުވާނާގެ މަންމަ ބުނީ އޭނާ ފައިސާ ބޭނުން ނޫން ކަމަށާއި އޭނާ، އޭނާގެ ދަރިފުޅު ޕޮލިސް ސްޓޭޝަނާއި ހަވާުކުރީ ދަރިފުޅު ދެކެ ހަޤީޤީ ލޯބިވާތީ ކަމަށެވެ.

ދެޒުވާނުންގެ މައްޗަށް މިހާރު ވަނީ ފޭރުމުގެ ދައުވާ އުފުލާފައެވެ.

މަންމަ، ދަރިފުޅު ގޮވައިގެން ޕޮލިސް ސްޓޭޝަނަކަށް ދިއުމުން ފުލުހުން ވަނީ އެކަން ފާހަގަކޮށް މަންމަ އަށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު