ޓިކްޓޮކް ލައިވް އެއްގައި ދިވެހި އަންހެން ކުއްޖަކަށް އެކުއްޖާގެ މަންމަ ނަސޭހަތްދޭ ވީޑީއޯއެއް މީސްމީޑީއާގައި އާންމު ވެއްޖެއެވެ.

މީސްމީޑީއާގައި ދައުރުވަމުން އަންނަ އެ ވީޑީއޯއިން ޒުވާން އަންހެން ކުއްޖަކު އިނީ ގިނަ ބައެއްގެ ސަމާލުކަން ހޯދައިގެން ޓިކްޓޮކް ލައިވް އެއްގައެވެ. މިއީ ފަހަކަށް އައިސް ވަރަށް ގިނަ ދިވެހިން ކުރަމުން އަންނަ ކަމެއްކަން ފާހަގަ ކޮށްލެވެއެވެ.

މި ކުއްޖާ ޓިކްޓޮކްގައި ލައިވް ޖައްސައިގެން އިނދެ އެއަށް ކޮމެންޓް ކުރާ މީހުންނާއި ވާހަކަ ދައްކަމުން ދިޔަ ގަޑީ، ކުއްޖާގެ މަންމަ ވަނީ ކުއްޖާއަށް ގޮވާފައެވެ. އަދި އެކުއްޖާ ޓިކްޓޮކް ކުޅޭތީ ގިނަ ބަޔަކު މަލާމާތް ކުރާ ކަމަށާއި ޓިކްޓޮކް ކުޅުން ހުއްޓާލަން އަދިވެސް ނުވޭތޯ ކުއްޖާގެ މަންމަ ވަނީ ސުވާލު ކޮށްފައެވެ.

"ޓިކްޓޮކްގަ ދޯ ތި އިނީ. މީހުން އެވަރަށް މަށާ ދިމާލަށް އެއްޗެހި ކިޔާ އިރުވެސް ހެވި ދިއްލިފައޭ ހުންނަނީ ފާޑަކަށް. ތުއްތަމެންނަށްވެސް އެންމެނަށްވެސް ގުޅަ ގުޅާފައި މީހުން އެއްޗެހި ކިޔަނީއޭ. މި ދެން ކޮންފަދަ ކަމެއްތ" އެ ކުއްޖާގެ މަންމަ ބުނެފައިވެއެވެ.

އެގޮތަށް ބުނުމުން އެކުއްޖާ ވަނީ ވީޑިއޯއަށް އަޑު އަރާނެ ކަމަށް ބުނެ އެގޮތަށް ނުކިއުމަށް މަންމަ ކައިރީ އެދިފައެވެ. އޭގެ ފަހުން އެ ކުއްޖާ ވަނީ ލައިވް ކަނޑާލާފައެވެ.

މި ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ގިނަ ބަޔަކު ދަނީ ކުއްޖާގެ މަންމަ ދިނީ ހެޔޮ ނަސޭހަތެއްކަން ފާހަގަ ކުރަމުންނެވެ.

ގިނަ ދިވެހި ޒުވާނުުންގެ މެދުގައި ފަހަކަށް އައިސް އެންމެ މަގުބޫލް އެއް އެޕްލިކޭޝަނަކަށް ޓިކްޓޮކް ވެފައިވާއިރު އެއެޕްލިކޭޝަން ބޭނުން ކުރާ ގިނަ މީހުންގެ ކިބައިން ފެންނަނީ އަހްލާގީ ގޮތުން ވަރަށް ދަން ފެންވަރުގެ މަންޒަރުތަކެވެ،

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މީހުންގެ މެދުގައި މަސްހޫރު މީހަކަށްތަ ވާންބޭނުމީ ، ނަރަކައިން ސަލާމަތްވެ ސުވަރުގޭގެ ދާއިމީ ނިއުމަތްތަ ބޭނުމީ ޓިކުޓޮކު ގައި ތިޔަހޭދަކުރާ ވަގުތުތަށް ﷲ އަށް އަޅުކަންކޮން ޒިކުރު ކުރުމުގައި ހޭދަކޮށްބަލަ އޭރުން ﷲ ހަޒުރަތުގައި އެމީހަކު މާ މަގުބޫލުވާނެ އެކަލާންގެ ރުއްސެވުމާއި ފުއްސެވުން އެމީހަކަށް މިންވަރުކުރައްވާނެ ، ސަލާމަތާ ރައްކާތެރިކަން ލިބެނީ ޓިކުޓޮކުންތަ ... ؟

    69
    1
  2. ޖަނާޒާ

    ސަރުކާރުން ތިޔަ ޓިކްކޮޓް މަނާކޮށްލަބަލަ! ބޮލަށްތުރާލޭ ތިޔަ ދައްކާވާހަކައަކުން!

    56
    3
    • ޕަބްޖީ

      ޕަބްޖީ އޭ ކިޔާފަ ވާހަކަ ދައްކާއިރު އެއްމެ ފަހުން ބޭން ކުރަން މިނޖެހުނީ ޓިކްޓޮކް. 😂😂😂😂

  3. ސަފީނާޒް

    ތިމާއަށް މާތް ރަސްކަލާނގެ ބަރަކާތެއް ލައްވައި ކަމެއް ދެއްވައިފިނަމަ އެދެއްވި ނިއުމަތަކީ ވެރިކަމެއްވިޔަސް ރީތިކަމެއް ވިޔަސް ފަންނެއްވިޔަސް އިލްމެއްވިޔަސް އޭގެ ބޭނުން ކޮއްގެން އާޚިރަތްކާމިޔާބުކޮއް މާތްﷲގެ ރުއްސެވުން ހޯދޭތޯ އެ ކަމެއްގެ ބޭނުން ކުރާށެވެ. އަދި އެގޮތުގައި އެކަން ނުކޮއް އެ ނިއުމަތް އިސްރާފު ނުކުރާށެވެ. އެއީ އާޚިރަތުގެ ބޭނުމައް ތިމާއަށް ލިއްބާދެވިފައިވާ ރައުސްމާލެއް ކަމުގައި ދެކޭށެވެ. ދުނިޔޭގައި ވޭތުކުރެވޭ ވަގުތު ކޮޅަކީ އެންމެ ގިނަވެގެންވެސް 100 އެއްހާ އަހަރެވެ ނުވަތަ އެޔައް ވުރެ މަދު ދުވަސްކޮޅެކެވެ. އާޚިރަތަކީ ނިމުމުމެއް ނުވާހެން މަރުނުވެ ދެމިގެންދާނެ އާލަމެކެވެ، އަދި ކޮންމެ މީހަކުވެސް އާޚިރަތައް ހާޒިރުކުރެވޭނެއެވެ.. އެ ދާއިމީ އާލަމުގެ ހެވައް މަސައްކަތްކުރާށެވެ. އެއީ ފުލޯކުވާހަކައެއް ނޫނެވެ.

    26
  4. ހުވަދު

    ޓިކް ޓޮކްގަ ފިރިހެނުން ނަށް ތިއްތި ދެއްކުން އެއީވެސް ފަންނެއްތަ؟؟؟؟ ނޫނީ ޝޯޝަލް މީޑިޔާގް އޮރިޔާންވުން އެއީވެސް ފަންނެއްތަ؟؟

    38
    1
  5. ހަމޯ

    އަހުނޭ!!!!!!!!

  6. ޏސނނސ

    ށަޓަޕް 🙄

    1
    1