ބޭނުންވާ ތަކެތި

500 ގ ކަނޑު މަސް ކުދިކޮށް ކޮށާފައި 3 މސ ކުކިންގ އޮއިލް 2 ފިޔާ (ކޮށާފައި) 4 ލޮނުމެދު (ގާނާފައި) 1/2 ޖޯޑު ހިކަނދިފަތް ރާނބާ ފަތް ކޮޅެއް 1 ޖޯޑު ކާށި ކިރު (ބޯކިރު) 4 ޖޯޑު ފެން 1/3 މސ ރީނދޫ 1/2 ސސ މުގުރި ފޮނިތޮށި / ކާފޫރުތޮޅި 1 ސސ އިނގުރު (ގާނާފައި) 1 ގިތެޔޮ މިރުސް (ގާނާފައި) ރަހަލާވަރަށް ލޮނު 3 ބިލަމަގު ކޮށާފައި 1 ޖޯޑު ކާށި ހުނި 2 މސ ދިރި 2 މސ ދަވިއްގަނދު

ތައްޔާރު ކުރާނެގޮތް

ކާށި ހުނި ކޮޅާއި، ފިޔައި، ލޮނުމެދުގެ ދެބައިކުޅަ އެއްބައި ހިކނަދި ފަތް ކޮޅުގެ 3/4 އަދި ދިރިކޮޅާއި އިނގުރު އަދި ރީނދޫ ކޮޅު، ރީއްޗަށް ހިމުންވަންދެންބްލެންޑަރުން ގިރާލާށެވެ. ތެޔޮފޮދު ތެއްޔެއްގައި ހޫނު ކޮށްލުމަށްފަހު ބާކީ ހުރި ފިޔައި ކޮޅާއި، ލޮނުމެދު ކޮޅު އަދި ހިކނަދިފަތްކޮޅު އަޅާލައި، މިލުވާލާށެވެ. މިރުސް އަދި ރާނބާ ފަތްވެސް މީގެ ތެރެއަށް އަޅާލާށެވެ. މުގުރާފައި ހުރި ފޮނިތޮށި، ކާފޫރު ތޮޅި ކޮޅާއެކު މަސްތައް އަޅާލާ ރޯފިލުވާލާށެވެ. ކުރިން ބްލެންޑް ކުރި ޕޭސްޓް ކޮޅު މީގެ ތެރެއަށް އަޅާލާށެވެ. ބާކީ ހުރި އެއްޗެހީގެ ތެރެއިން ބޯކިރު ފޮދު ފިޔަވާ ހުރިހާއެއްޗެއް ތެއްޔަށް އަޅާލާ، ކައްކާލާށެވެ. ކެކެން ފެށުމުން ބޯކިރު ފޮދު އަޅާލާ، މަތިޖަހައިގެން އިރު ކޮޅަކު ކައްކާލަން ވާނެއެވެ.