ކޮންމެ ތަނެއްގައި ވެސް މަގްބޫލު ކަން ހޯދަމުންދާ މީހުންގެ ވާހަކަ އެކިއެކި ޕްލެޓްފޯމްތަކުގައި ދެކެވެއެވެ. ގިނަ ފަހަރަށް އަހަރުމެންގެ ތެރޭގައި އެ ބައެއްގެ ވާހަކަ އެންމެ ގިނައިން ދެކެވެމުންދާނީ މަޝްހޫރު ފިލްމީ ތަރިން ނޫނީ ސިޔާސީ މީހެއްގެ ވާހަކައެވެ. އެމީހުންގެ އިތުރުން މުޖުތަމައަށް ގިނަ ގުނަ ފައިދާ ކުރަނިވި މަސައްކަތްތަށް ކުރަމުންދާ މީހުންވެސް މަދެއްނޫނެވެ. ގިނަފަހަރަށް އަހަރުމެންނަށް އެމީސްމީހުންގެ މަތިން ހަނދާން ނައްތާލެވޭ ގޮތްވެއެވެ. ނަމަވެސް އަހަރުމެންގެ ތެރޭގައިވާ މުހިންމު އެތައް ބައެއްގެ ވާހަކަ ނުދައްކައި ދޫކޮށްލުމަކީ އެމިހުންނަށް ކުރެވޭ ބޭއިންސާފަކަށް ވާނެއެވެ.

އޭގެ ތެރެއިން އެކަކަކީ އަޑުއިވުމުން މަހުރޫމްވެފައި ތިބޭ ކުދިންގެ ދުނިޔޭގައި ކުލަ ޖައްސައިިދިނުމުގައި މުހިންމު ރޯލެއް އަދާ ކުރަމުންދާ އެކަކެވެ. އެއީ ރާއްޖޭގެ ކުޑަ ބޮޑު އެންމެންނަށް އާ މޫނަކަށް ޔަގީނުން ވެސް ނުވާނެއެވެ.

މިހާރު ރާއްޖޭގައި ހުރި އެންމެ މުހިންމު އެކަކަކީ ވެސް އެއީއެވެ. އޭނާ އެ ދައްކުވައިދޭ ހަރަކާތްތަކަކީ ގިނަފަހަރަށް މީހުންނަށް ނަގައިގަންނަން އުނދަގޫ ކަންތައްތަކެވެ. ކޮންމެ ދުވަހަކު އަހަރެމެންނަށް ޓީވީ އިން ފެންނަ ރާއްޖޭގައި މިވަގުތު އެންމެ މަގްބޫލު އަދި އެންމެ ގިނަ މީހުން ދަންނަ އެކަކޭވެސް ބުނެވިދާނެއެވެ. ކޮންމެ ހަފްތާއެއްގެ ހުކުރު ދަވަހުގެ ހުތުބާ އާއި އެކީ ހިނިތުންވުމަކާއެކީ އެންމެންނާ ބައްދަލު ކުރާ ސައިން ލެންގުއޭޖު އިންޓަޕްރިޓަރ އަކީ އޭނާ ޓިވީއިން އެ ފެންނަ "ކުޑަކުޑަ ގޮޅިއަށް" ވުރެން އެތައް ގުނައެއް ބޮޑު، އެހާމެ އަގުހުރި ޝަހުސިއްޔަތެކެވެ.

ސައިންލެންގުއޭޖް އިންޓަޕްރިޓާ - އައިމިނަތު ފަޒްނީ

މަރިޔަމް ފަޒްނީ އާއްމު ނަމުންނަަމަ "ފަޒްނީ މިސް" އަކީ ގިނަ މީހުންނާ ހިނިތުންވުމާ އެކީ ކުރިމަތިލާ ހިތްހެޔޮ ކަނބަލެކެވެ. ފަޒްނީ ފެނިގެން ދިޔައީ ވަރަށް އެކުވެރި، މީހުންނާ ގުޅޭ ހިތް ހެޔޮ މިޒާޖެއް ހުންނަ ޒުވާނެއްގެ ގޮތުގައެވެ.

ފަޒްނީ އަކީ އަބަދު ވެސް ކިޔަވައިދޭން ބޭނުންވި ޒުވާނެކެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާއަށް ސަރުކާރުގެ ވަޒީފާ އަދާ ކުރުމަށް ފުރުސަތު ލިބިގެންދިޔައީ ޖަމާލުއްދީން ސްކޫލުންނެވެ. މި ލިބިގެން ދިޔަ ފުރުސަތުގައި އެންމެ ފުރަތަމަ އޭނާ އަދާ ކުރީ އެސިސްޓެންޓް ޓީޗަރެއްގެ މަގާމެވެ. ޖަމާލުއްދީން ސްކޫލަށް ދިޔައިރު އޭނާ ކިޔަވައިދޭން ޖެހޭ ކުދިންނަކީ އަޑުއިވުމުން މަހްރޫމްވެފައިވާ އަދި ވާހަކަ ނުދެއްކޭ ކުދިންތަކެއް ކަމެއް އޭނާ އަކަށް ނޭނގެއެވެ.

އެންމެ ފުރަތަމަ ވަދެވުނު ކްލާހުން ވެސް އޭނާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އެ ކުދިން ކިޔަވަމުން ދިޔަ ގޮތާއި ވާހަކަދައްކަމުން ދިޔަ ބަހުރުވައަކީ އޭނާ ދަންނަ ގޮތްތަކެއް ނޫނެވެ.

ސައިންލެންގުއޭޖް އިންޓަޕްރިޓާ - އައިމިނަތު ފަޒްނީ

"ފުރަތަމަ ކުލާހަށް ވަދެގެން ދިޔަ އިރު ފެނުނީ އެކުދިން ކިޔަވަމުންދިޔަ އިރު ހުރިހާ ކަމެއްގައި ސައިން ލެންގުއޭޖް ބޭނުން ކުރާ ތަން. އޭރު ނޭނގެ މީ ކޮން ކަހަލަ ލެންގުއޭޖެއް ކަމެއް ދެން އެކަމަކު ޑެފް ކުދިން ކަން އެނގުނީމަ މި ކަމުގެ ތެރެއަށް މަޑުމަޑުން ވަންނަން ފެށީ. ފުރަތަމަ އަލަށް ދަސް ކުރި އިރު ވަރަށް ވަގުތު ނެގި'' ފަޒްނީ ބުންޏެވެ.

ފަޒްނީ އަކީ މިދާއިރާގެ އެއްވެސް ކަހަލަ ތަޖްރިބާ އެއް މި ހުނަރުގައި ނެތި ފަށައިގަތް ނަމަވެސް މިހާރު މިދާއިރައިން ތަޖުރިބާކާރެކެވެ. މި ދާއިރާގެ "ޑިސްއެބިލިޓީ އެމްބެސަޑަރެއް" ގެ އިތުރުން ހިދުމަތުގެ އަގަށް ޝަރަފްވެރި ގައުމީ އިނާމް ވެސް ލިބިފައިވާ މީހެކެވެ.

''އަޅުގަނޑު ވަރަށް އިންޓަރެސްޓް ހުރި މި ބަސް ދަސް ކުރަން. ފުރަތަމަ ދުވަހު އަޅުގަނޑު ކައިރީ ކުލާހުގައި ތިބި ކުދިން ބުނީ ގެއަށް ގޮސް އޭ އިން ފެށިގެން ޒެޑް އަށް ދަސްކޮށްގެން އަންނަން. އެގޮތުން އޭ އިން ޒެޑަށް ދަސްކުރީ އިޝާރާތުން ބުނަން. ލޯގަނޑު ކުރިމަތީ ހުރެގެން ދަސްކުރަންފެށީ. އެކިގައުމުތަކުގައި ސައިން ލެންގުއޭޖް ގައި ބޭނުން ކުރާނީ އެކި ކަހަލަ ސައިން ކަމުގައި ވިޔަސް އާންމު ކޮށް ހުރިހާ ގައުމެއްގައި ވެސް ބޭނުން ކުރާ އެއްވަތްތަރު ސައިން ހުންނާނެ. މިސާލަކަށް ކޮވިޑް-19 އަށް ހުރިހާ ގައުމެއްގައިވެސް ބޭނުން ކުރާނީ އެއް ސައިންއެއް،'' ފަޒްނީ ކިޔާދިނެވެ.

ސައިންލެންގުއޭޖް އިންޓަޕްރިޓާ - އައިމިނަތު ފަޒްނީ

ފަޒްނީގެ ނަން ގިނަ މީހުންނަށް ނޭނގިދާނެއެވެ. ނަމަވެސް ޓީވީ ބަލާ އެއްވެސް މީހަކަށް އޭނާގެ މޫނަކީ އާ މޫނަކަށް ވެގެން ނުދާނެއެވެ. ބައެއް ޕްރޮގްރާމްތަކުގައި ޓީވީގެ އެއް ކަނެއްގައި ހުންނަ ކުޑަ ގޮޅިއެއްގައި ނިކަން ހުނަރުވެރިކަމާއެކު އަތުގެ އިޝާރާތުން ހަބަރު ގެނެސްދޭން ހުންނަ އިރު އެ ފެންނަ މީހަކީ ފަޒްނީއެވެ. ދުލަށް ވުރެ އޭނާގެ އަތުގެ އިނގިލިތަކުން ފަރިތަކަމާއެކު އެއްޗެހި ކިޔައިދެމުން ދެއެވެ. މިހުނަރު ކުޑަ މިންވަރަކަށް ދަންނަމީހަކަށް ވެސް އޭނާ އެ ދައްކަމުންދާ ހަރަކާތްތައް ސާފުވެފައި ފުރިހަމަކަން އެނގޭނެއެވެ.

މިދުވަސްވަރު އަހަރުމެންނާ ކުރިމަތިލާން ޖެހިފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ޓިވީން މެދު ކެނޑުމެއްނެތި ދައްކަމުންދާ ޕްރޮގްރާމްތަކާއި އެންމެ ފަހުގެ ހަބަރާއި މައުލޫމާތު ކޮންމެ ދުވަހަކު ރާއްޖޭގެ ޑެފް ސޮސައިޓީ އަށް އޭނާ ދިޔައީ އަދި މިހާރުވެސް ދަނީ ވަރުބަލިކަމެއް ނެތި ހުށަހަޅަމުންނެވެ.

ސައިންލެންގުއޭޖް އިންޓަޕްރިޓާ އައިމިނަތު ފަޒްނީ-

އިޝާރާތުން ވާހަކަ ދައްކަން ފަޒްނީ އަށް ފުރަތަމަ ލިބުނު ތަމްރީން ލިބިގެން ދިޔައީ އެސްކޫލުން ހިންގި ޕްރޮގްރާމަކުންނެވެ. އެއީ އެސުކޫލަށް އަލަށް ވަންނަ ޓީޗަރުންނަށް ހިންގާ ޕްރޮގްރާމެކެވެ. ކުލާހުގައި ވަރަށް ގިނަ ވަގުތު ޝައުގުވެރިކަމާ އެކު ކުދިންނާ އެކު ކުރި މަސައްކަތުން ކުރު މުއްދަތެއްގެ ތެރޭގައި ފަރިތަކޮށް ވާހަކަދައްކަން ދަސްކޮށްލެވުނު ކަމަށް ފަޒްނީ ބުންޏެވެ.

ސަރުކާރުން ކިހާވަރެއްގެ އެއްބާރުލުމެއް މިދާއިރާއަށް ލިބޭތޯ ކުރެވުނު ސުވާލަށް ވާހަކަ ދައްކަވަމުން ފަޒްނީ ބުނެފައިވަނީ އާންމުކޮށް ހުށައަޅަމުންދާ މުހިންމު ޕްރޮގްރާމްތަކުގެ ތެރޭގައި ސައިންލެންގުއޭޖް ހިމެނިގެން ދިއުން އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެއީ މިކަމަށް އޮތް ކުރިމަގަށް ދިއްލާލެވެމުންދާ އާ ބޮކިތަކެއް ކަމަށް އޭނާ ގަބޫލު ކުރާ ކަމަށް ވެސް ބުންޏެވެ.

މިދާއިރާއަކީ ގިނަ މީހުން ތަމްރީން ވެގެން އަައި ވަރަކަށް ކުރިއަށް ގެންދަން ފަސޭހަ ދާއިރާ އެއްކަން ފަޒްނީ ފާހަގަ ކުރަމުން ބުނެފައިވަނީ އެންމެ ބޭނުންވަނީ ގިނަ މީހުން މި ދާއިރާ އިން ތަމްރީން ވެގެން އައިސް ބްލޮގެއް ގޮތަށް މަސައްކަތް ކުރާ ތަން ދެކެން ކަމަށެވެ. އޭނާ ބުނެފައިވަނީ މިދާއިރާއިން ދެވެން އޮތް އެންމެ ކުރިއަކަށް ދާން ބޭނުންވާ ކަމަށެވެ.

ސައިންލެންގުއޭޖް ދަސްކުރުމުގެ ކޯހެއްގެ ތެރެއިން-- ފޮޓޯ؛ އާމިނަތު ފަޒްނީ

އޭނާ ބުނީ ކުރިއާ އަޅާބަލާއިރު މިހާރު މި ދާއިރާގައި ފަސޭހަތަކެއް ހުއްޓަސް އަދި ގިނަ ބަޔަކު މި ބަހަށް އަހުލުވެރިކޮށް ތަމްރީނުވެފައި ތިބި ކަމުގައި ވިޔަސް އަޑުނީވޭ ކުއްޖާ އަދި މިހެން ދިމާވާ ކޮންމެ މީހަކަށް އިރުބާރު ނުކުރުން މިއީ އަދިވެސް އޭނާގެ ހުރިހާ ވަގުތެއްހެން އެ ކުދިންނަށް ދޭން ޖެހޭ ސަބަބެއް ކަމަށެވެ.

މި ދާއިރާގައި އޭނާ ފާހަގަ ކުރާ ކާމިޔާބީ އަކީ އެވޯޑްތަކެއް ލިބުމެއް ނޫން ކަމަށާއި އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަދި އުފަލަކީ، އަޑު އިވުމުން މަހުރޫމު ވެފައިވާ މުޖްތަމައުން ފަޒްނީ އަށް ކުރާ އިތުބާރުކަމުގައި އޭނާ ބުނެފައި ވެއެވެ.

" މިސާލަކަށް މެރީކުރަން ދިއުން، ވަރިވާން ދިއުން، ޑޮކްޓަރަށް ދައްކަން ދިއުން، ކޯޓު ކޭސްއަކަށް ދިއުން ނުވަތަ ޖިނާއީ ކުށެއްގައި ބެދިގެން ގެންދިޔަޔަސް ވަރަށް ޕާސަނަލް ވާހަކަތައް ދައްކަން ޖެހޭނީ. ޕޮލިހުން ސައިންލެންގުއޭޖް އިންޓަޕްރިޓާއެއްގެ ހިދުމަތް ބޭނުން ވެއްޖެއްޔާ ގުޅާނެ. އެމީހުންގެ ޓޮޕް ޕްރިއޯރިޓީއެއް އެކްސެސްސިބިލިޓީ އަކީ" ފަޒްނީ ކިޔާދިނެވެ.

ފަޒްނީ އަކީ އުފާވެރި ކައިވެންޏެއް ކޮށް ދެ ކުދިން ލިބި އުފާވެރި ދިރިއުޅުމެއް އުޅުއްވާ ކަނބަލެކެވެ. އަމިއްލަ އާއިލާއެއް ފެށުމަށް ފަހު ހުރިހާ ވަގުތެއް އަޑު އިވުމުން މަހުރޫމު ވެފައިވާ ކުދިންނަށް ނުދެވުނު ކަމުގައި ވީ ނަމަވެސް މިހާރު ވެސް އާންމުކޮށް އެކުދިންނަށް އެކުދިންނަށް ވަގުތު ވާ ވަރަކުން ފަޒްނީ އެކުދިންނަށް ވަގުތު ދެއްވަމުން ގެންދާ ކަމަށެވެ.

ފަޒްނީއާއި އެކީ ސައިންލެންގުއޭޖް ކިޔެވި ކުދިން-

ކިތަންމެ ބިޒީކޮށް އުޅުނަސް އެކުދިންނަށް ދިމާވާ ކިތައްމެ ކުދި ކަންކަމުގައި ވެސް އެހީތެރިވުން ވެގެން ގޮސްފައިވަނީ އޭނާ އަށް ލިބޭ އުފަލަކަށެވެ. އެކުދިން ކުރާ ކޮންމެ ކަމެއްގައި ވެސް ފަޒްނީއަށް އެކުދިން ކުރާ އިތުބާރަކީ ފަޒްނީ ވަރަށް އުފަލާއި އެކު ފާހަގަކުރާކަމެކެވެ.

"މިސާލަކަށް އަބަދު ފަޒްނީ ހިތަށް އަރަނީ އެކުދިން ބުނާ ކަމެއް ފަޒްނީއަށް ނުކޮށްދެވިއްޖެއްޔާ ދެން ކާކުހޭ ވަކި އެ ކުދިންގެ ކަންތަށްތަކުގަ އެކުދިންނަށް އެހީތެރިވާނީ" ފަޒްނީ ބުންޏެވެ.

މިދާއިރާއަކީ ރާއްޖެގައި ވަރަށް ބޮޑަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ދާއިރާ އެއްކަން ވެސް އޭނާ ފާހަގަ ކުރިއެވެ. އެގޮތުން އޭނާ ބުނެފައިވަނީ ދާއިރާއަށް އަލަށް ވަންނައިރު މި ދާއިރާއިން ކިޔެވޭނެ އެއްވެސް ތަނެއް ނެތުމާއި ރާއްޖޭގެ އެއްވެސް މީހަކަށް އެ ފުރުސަތެއް ކޮލެޖް ޔުނިވާސިޓީ ކަހަލަ ތަނަކުން އޮފާއެއް ސައިން ލެންގުއޭޖް މޮޑިއުލް އެއް ނޫނީ ޓްރެއިނިންގް ޕްރޮގްރާމެއް ވެސް ހިންގަމުން ނުދާ ކަމަށް އޭނާ ބުންޏެވެ. އަދި ރާއްޖެގެ ހުރިހާ ރަށެއްގައި ބޭނުން ކުރާ ސައިން ލެންގުއެޖް އެއްފޮމަލިޓީ އަކަށް ރަނގަޅަށް އެސްޓެބްލިޝް ވެފައި ނެތް ކަމަށް ބުންޏެވެ.

އިޝާރާތު ބަހުން ވާހަކަދެއްކުމުގެ ހުނަރު އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން ފަޒްނީ ވަނީ 2014 ވަނަ އަހަރު މެލޭޝިއާގެ އިންސްޓިޓިއުޓަކުން އިންޓަޕްރެޓިން ދާއިރާ އިން އެއް އަހަރު ދުވަހުގެ ކޯހެއް ފުރިހަމަ ކޮށްފައެވެ. ކޯހުގައި ބައިވެރިވި އެހެން ގައުމުތަކުގެ ދަރިވަރުންނާ ވާދަކޮށްގެން އޭނާ ވަނީ ކޯހުން ފަހުރުވެރި އެއްވަނަ ހޯދައިފައެވެ.

ފަޒްނީގެ ދަރިވަރުން--

ފަޒްނީގެ އަގުހުރި ހިދުމަތާއި ހުނަރުވެރިކަން ފާހަގަކޮށް ސަރުކާރުން ވަނީ އޭނާ އަށް އެވޯޑު ދީފައެވެ. ނުކުޅެދުންތެރިކަމުގެ ދާއިރާއަށް ފަޒްނީ ކޮށްފައިވާ އަގުހުރި ހިދުމަތުގެ އަގުވަޒަންކޮށް 2014 ވަނަ އަހަރު ސަރުކާރުން ވަނީ "ނެޝަނަލް ޑިސެބިލިޓީ އެވޯޑު" ފަޒްނީވަނީ ޙާސިލް ކޮށްފައެވެ. އަދި 2015 އަހަރު އޭނާ އަށް ވަނީ ގައުމަށް އަގުހުރި ހިދުމަތްތަކެއް ކުރުމުން ދޭ "ގައުމީ އިނާމު" ވެސް ލިބިފައެވެ.

''ހުރިހާ ޑިސްއެބިލިޓީ އަކަށް ވެސް ޖެހެނީ އެއްވެސް ތަފާތު ކުރުމެއް ނެތި އިންސާނަކަށް ވީތީ އެބަލާ ކަންތައްތަށް އެހެންމީހުންނަށް ވެސް ކޮށްދޭ ކަންތައްތައް.'' ފަޒްނީ ބުންޏެވެ.

ނުކުޅެދުންތެރިކަމުގެ ދާއިރާއަށް ފަޒްނީ ކޮށްފައިވާ އަގުހުރި ހިދުމަތުގެ އަގުވަޒަންކޮށް 2014 ވަނަ އަހަރު ސަރުކާރުން އިނާމު ދެނީ.

ފަޒްނީގެ އެންމެ ބޮޑު ހުވަފެނަކީ، މި ދާއިރާއިން ކިޔެވެން އޮތް އެންމެ ކުރިއަކަށް ދިއުން ކަމަށާއި ސައިންލެންގުއޭޖްއިން ފުޅާ ދާއިރާއެއްގައި ކިޔަވައިދޭ އެމެރިކާގެ ގަލައުޑެޑް ޔުނިވަސިޓީގައި ތައުލީމް ހާސިލް ކުރުމުގެ ފުރުސަތެއް ލިބިގެންދާނެ ދުވަހަކަށެވެ.

''އަޅުގަނޑު ބޮޑަށް ބޭނުންވަނީ ވެސް މި ފީލްޑްގަ ގިނަ މީހުން ތަމްރީން ވާން. އައި ޑޯންޓް ވޯންޓް ޓުބީ ބެޓާ ދޭން އަދާސް. އަޅުގަނޑު މަސައްކަތް ކުރަނީ މިދާއިރާގަ ހުރި އެންމެ މޮޅުމީހާއަށް ވާކަށެއް ނޫން.'' ފަޒްނީ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ވ.ލޯބި

    ފަޒްނީ ހުސް ތޯ؟ ވ.ރިވެރި ހުލްޤުޔެޔޮކަނބަލެއް. މާޝާﷲ

    17
    4
    • ފިރި

      "ފަޒްނީ އަކީ އުފާވެރި ކައިވެންޏެއް ކޮށް ދެ ކުދިން ލިބި އުފާވެރި ދިރިއުޅުމެއް އުޅުއްވާ ކަނބަލެކެވެ." ލިޔުން ކިޔާލި ނަމަ..!

  2. ވ.ލޯބި

    ވ.ރިވެރި ހުލްޤުޔެޔޮކަނބަލެއް. މާޝާﷲ

    21
    2
    • ފިރި

      "ފަޒްނީ އަކީ އުފާވެރި ކައިވެންޏެއް ކޮށް ދެ ކުދިން ލިބި އުފާވެރި ދިރިއުޅުމެއް އުޅުއްވާ ކަނބަލެކެވެ." ލިޔުން ކިޔާލި ނަމަ..!

  3. reader

    އަޅުގަނޑަކީ ވ ސައިން ލެންގުއޭޖު ދަސް ކުރަނ ބޭނުންވާ ކުއްޖެއް
    ފަަަަަޒްނީ މިސް އާ ވ ބޮޑަށް ބައްދަލު ކޮށްލަން ބޭނުން
    ޔޫ ޑިޑް އަ ގުރޭޓް ޖޮބް
    މާޝާﷲ
    މޭ ﷲ ބުލެސް ޔޫ

  4. އާދަމް

    މީހަކާ އިނދެގެންތޯ އުޅު އްވަނީ؟
    މާޝާﷲ..

    • ކަަފީ

      ރަނގަޅަށް އާޓިކަލް ކިޔާލިނަމަތިޔަ ޖަވާބުލިބުނީސް

    • ފިރި

      "ފަޒްނީ އަކީ އުފާވެރި ކައިވެންޏެއް ކޮށް ދެ ކުދިން ލިބި އުފާވެރި ދިރިއުޅުމެއް އުޅުއްވާ ކަނބަލެކެވެ." ލިޔުން ކިޔާލި ނަމަ..!