ޕްރިންސް ހެރީ އާއި މޭގަން މާކެލް ވަރަށް ސިއްރުން ހަނީމޫން ހޭދަކޮށް، ހަނީމޫންގެ ޗުއްޓީ ނިންމާލައިފިކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ހެރީ އާއި މޭގަން ހަނީމޫން ހޭދަކޮށްފައި ވަނީ އާދައިގެ މީހަކަށް ހުވަފެނުން ވެސް ނުފެންނާނެ ފަދަ ރީތި ގަނޑުވަރެއް ނުވަތަ ކާސަލްއެއްގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ދެމަފިރިން ހަނީމޫން ހޭދަކުރީ އަޔަލޭންޑްގެ އެޝްފޯޑް ކާސަލްގައެވެ. މިއީ 13 ވަނަ ގަރުނުގައި ބިނާކުރި ވަރަށް ތާރީޚީ ކާސަލްއެކެވެ. ނަމަވެސް ކާސަލްގެ އަގަކީ އެންމެ ރެއަކަށް 4000 ޕައުންޑެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 82000 ރުފިޔާ އެވެ.

ކުރިން ބައެއް ރިޕޯޓްތަކުގައި ހެރީ އާއި މޭގަން ހަނީމޫން ހޭދަކުރާނީ ބްޓޮސްވާނާ ނުވަަތަ ކެނެޑާގައި ކަމަށް ބުނި ނަމަވެސް އެޝްފޯޑް ކާސަލްގެ ބައެއް މުވައްޒަފުން ކަށަވަރު ކޮށްދީފައިވާ ގޮތުގައި ހެރީ އާއި މޭގަން ހަނީމޫން ހޭދަކޮށްފައި ވަނީ އެކާސަލް ގައެވެ.

މީގެ ކުރިން ވެސް މިކާސަލްގައި ދުނިޔޭގެ ނަން މަޝްހޫރު ވަރަށް ގިނަ މީހުން ޗުއްޓީ ހޭދަކޮށްފައި ވެއެވެ.

އަދި އެންމެ ހާއްްސަ ކަމަކީ މިކާސަލްގެ ކާކޮޓަރި އާއި ބާއަށް ހެރީގެ މުނިކާފަ ކިންގް ޖޯޖް-5 ގެ ނަމުން ނަން ދީފައިވުމެވެ.

އެޝްފޯޑް ކާސަލް ގައި މޭގަން އާއި ހެރީ ހަނީމޫން ހޭދަކުރި ކަމަށް ބުނާ ޚަބަރު ކަށަވަރު ކުރަން އެޝްފޯޑް ކާސަލް އަށް ގުޅުމުން ވެސް އަދި ބަކިންހަމް ޕެލަސް އަށް ގުޅުމުން ވެސް ޖަވާބެއް ނުދޭ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އައިމި

    “އެޝްފޯޑް ކާސަލް ގައި މޭގަން އާއި ހެރީ ހަނީމޫން ހޭދަކުރި ކަމަށް ބުނާ ޚަބަރު ކަށަވަރު ކުރަން އެޝްފޯޑް ކާސަލް އަށް ގުޅުމުން ވެސް އަދި ބަކިންހަމް ޕެލަސް އަށް ގުޅުމުން ވެސް ޖަވާބެއް ނުދޭ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.”

    ޢަޅެ ވަގުތު ނޫހުން އެޝްފޯޑް ކާސަލް އާ ބަކިންހަމް ފެލަސް އަށް ގުޅިނަމަ.

  2. ޙުވަފެން

    ޑެން ރަނގަޅެއްނު

  3. މަރިޔަމް

    ތިޔަށް ވުރެ މާ ރީތިވާނެ ސުވަރުގޭގެ ތަންތަން

    • މަރީ

      ދުށިން؟

      • ްއެއްކަލަ

        ނުދެކުނަސް ބުނެވިދާނެ ދޯދޯ?

  4. ކީކޭ ބުނާނީ

    ކޮންމެ މީހަކުވެސް ސުވަރުގެ ދާން މަސައްކަތް ކުރީމަ އިރާދަކުރެއްވިއްޔާ ތިޔައް ވުރެ މާ ރީތި ތަންތަން ފެއްނާނެ....

  5. ޚދހދގ

    ކޮންތާކު...މަ ކާޓޫންތަކުންވެސް ދެކެން ތިކަހަލަ ކާސަލް