ކުޑައިރުގައި އޯޓިޒަމް ހުންނަ ކުދިން ދެނެގަނެވޭނެ ގޮތެއް ހޮންްގް ކޮންގްގެ ސައިިންސްވެރިޔަކު ހޯދައިފިއެެވެ. އެގޮތުން އެ ސައިންސްވެރިޔާ ވަނީ ކެމެރާއާއި ކޮމްޕިއުޓާ ސޮފްޓްވެއާއެއް ބޭނުންކޮށްގެން ލޮލުގައި ހުންނަ ފައިބާ ލޭޔާސް އާއި ލޭނާރުތަށް ބަލައިގެން ދެނެގަނެވޭނެ ގޮތެއް ހޯދާފައެވެ.

ހޮންގް ކޮންގްގެ ސައިންސްވެރިޔާ މެޝިނެއް ބޭނުންކޮށްގެން ލޯ ސްކޭންކޮށް ކުޑައިރުގައި އޯޓިޒަމް ހުރިކަން ދެނެގަނެ ނުވަތަ އޭގެ ނުރައްކާހުރިތޯ ބެލުމަށް މަސައްކަތް ކުރަމުންނެވެ.

ރެޓިނަލް އައި ސްކޭނިންގް އަކީ ލޮލުގެ އެތެރެ ފެނިގެންދާނެ ގޮތަށް ކުރެވޭ ސްކޭން އެކެވެ. މި ސްކޭންގެ ސަބަބުން ކުޑަކުދިންނަށް އެކުދިންގެ ތުއްތު ދުވަސްވަރު ބަލިތައް ދެނެގަނެ ފަރުވާ ކުރަން ފަސޭހަ ވެގެން ދާނެ ކަމަށް ހޮންގް ކޮންގް ޔުނިވާސިޓީ އެއްގައި މަސައްކަތް ކުރަމުންދާ ޕްރޮފެސަރެއް ބުނެފިއެވެ. ކުދިން ކުޑައިރުގައި ޓެސްޓުތައް ހަދާ ބެލުން މުހިންމު ކަމަކަށް ވެގެންދަނީ ކުދިން ހެދިބޮޑުވަމުން ދާއިރު އެކަމެއް ފާހަގަ ވެގެން ފަރުވާ ކުރެވެން ފަށައިފި ނަމަ ކާމިޔާބު ވުމުގެ ފުރުސަތު ބޮޑުވީމަ ކަމަށް ޕްރޮފެސާ ބެންނީ ޒީ ބުނެްޏެެވެ.

ޒީ ބުނެފައިވަނީ މި ޓެކްނޮލޮޖީގެ އެހީގައި ކުދިންގެ ގައިގައި ނުކުޅެދުންތެރި ކަމެއް ނުވަތަ އުނިކަމެއް ހުރިކަން ދެނެގަނެ އެކަމަކަށް އަވަހަށް ފަރުވާ ކުރެވެން ފެށޭނެ ކަމަށެވެ. މިގޮތަށް 70 ކުދިންނެއް ޓެސްޓު ކުރެވިފައިވާއިރު، އޯޓިޒަމް ކުދިންގެ ގޮތުގައި 46 ކުދިންނެއް ވަނީ ފާހަގަ ކުރެވިފައެވެ. އެވެރެޖް ގޮތެއްގައި އުމުުރުން 13-6 އަހަރުގެ ކުދިން މިގޮތަށް ޓެސްޓު ކޮށްފައި ވާއިރު 95.7 އިންސައްތަ ވަނީ ޓެސްޓުން އޯޓިޒަމް ހުރިކަން ދެނެގަނެވިފައެވެ.

އޯޓިޒަމް ސްޕެޝަލިސްޓުން ވަނީ ޕްރޮފެސާރ ޒީ ހޯދާފައިވާ ކުރިއެރުމަށް މަރުހަބާ ކިޔާފައެވެ.