" ނެތްތަ ޕެނެޑޯލް ގުޅައެއް؟ " މިއީ ކިތަންމެ ކުޑަކޮށް ބަލިވިކަން އިޙްސާސްވިޔަސް ދިވެހިންގެ އަގަމަތީ ބަހެކެވެ. ބޮލުގައި ރިއްސިޔަސް، ހުންއަޔަސް، އަދި ރޯގާ ޖެހުނަކަސް ހަމަ ޕެނަޑޯލް ވަރެއް ނެތެވެ. ކަމެއްވާއިރަށް ޑަކްޓަރުގެ އިރުޝާދަކާ ނުލާ ބޭސްކެއުމަކީ ދިވެހިންގެ ތެރޭގައި ހިފާފައިވާ ނުރަނގަޅު އާދަ އެކެވެ. ޕެނަޑޯލަކީ ބަނޑު ކެއުމަކަށް ބޭނުން ކުރާ އެއްޗެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެހެންޔާ ކިތަންމެ ކުޑަކަމެއް ވިޔަސް އެނުކާ ހުރެވެނީކީ ނޫނެވެ.

އެހެންނަމަވެސް ޕެނަޑޯލްއަކީ އެހެން ބޭސްބޭސް ފަދައިން ގިނަ ސައިޑް އިފެކްޓްތަކެއް ހިމެނޭ ބޭހެކެވެ. ސައިޑް އިފެކްޓް މިތާންގާ މާނަމިކުރަނީ ބޭސް ބޭނުން ކުރުމުން ދިމާވާ އެހެނިހެން މައްސަލަ ތަކަކަށެވެ. ޕެނަޑޯލް އަކީ ތިމާއާއި ނުގުޅޭ ބޭހެއްނަމަ ހުންއައުން، ބުރަކަށި ނުވަތަ އަރިކަށީގައި ރިހުން ފަދަ ކަންކަން ދިމާވެދާނެ އެވެ. ނުވަތަ ހަންގަނޑު ހިރުވާ، ރަތް ވުންވެސް މެދުވެރި ވެދާނެ އެވެ މިއީ އެހާ ސީރިއަށް މައްސަލަތަކެއް ނޫންކަމުގައި ވީނަމަވެސް މިއިން ކަމެއް ދިމާވެއްޖެނަމަ އޭގަމާނަކީ ޕެނަޑޯލް ތިމާއާ ނުގުޅެނީއެވެ. އަދި ޕެނަޑޯލް އެއްވެސް ގޮތަކަށް ބޭނުން ކުރުން ރަނގަޅު ނޫންކަމެވެ. މީގެ އިތުރުން ޕެނަޑޯލް ބޭނުން ކުރުމުގެ ސަބަބުން މޫނު ދުޅަވެ ނޭވާ ހިއްލާނަމަ އެއީވެސް ތިމާ އެބޭހާ ނުގުޅެނީއެވެ. އަދި ޕެނަޑޯލް ބޭނުންކުރުމުގެ ސަބަބުން ބޮޑުކަމުދާ ތަކެތި ކަޅުކުލައިގައި ހުރެއްޖެނަމަ، އަދި ކުޑަކަމުދާއިރު ލޭ އަންނަހެން ހީވެއްޖެނަމަ ވީހާވެސް އަވަހަށް ޑަކްޓަރަށް ދެއްކުން ބުއްދިވެރިއެވެ.

ޕެނަޑޯލް ބޭނުން ކުރަންޖެހޭވަރަށްވުރެ އިތުރަށް ބޭނުންކޮށްފިނަމަ ދިމާވެދާނެ ކަންތައްތަކެއް ހުރެއެވެ. ޕެނަޑޯލް "އޯވަރޑޯޒް"ގެ ހާލަތެއްގައި ހޮޑުލެވި، ގިނައިން ބޮޑުކަމުދެވި، އާދަޔާ ޚިލާފަށް ގިނައިން ދާހިއްލާ، ބަނޑުގައި ރިއްސާ އަދި ކާހިއްނުވުމަކީ އެކަށީގެންވާކަމެކެވެ. މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ޑަކްޓަރަށް ދެއްކުން ބުއްދިވެރިއެވެ.

ޕެނަޑޯލްއަކީ އޭގެ ބޭނުން ކުރަންވީ ގޮތްނޫން އެހެންގޮތަކަށް ކޮށްފިނަމަ ގިނަ ގެއްލުންތަކެއް ލިބިދާނެ އެއްޗެއްކަމުން، ކޮންމެ ފަހަރަކު ބަލިވުމުން ޕެނަޑޯލް ގޮޅައެއް ކެޔުން އާދައަކަށް ހެދުމަކީ ނުރައްކާތެރި ކަމެކެވެ. މިކަމުގައި އެންމެ ބުއްދިވެރި ގޮތަކީ ބަލިވުމުން ޑަކްޓަރަށް ދައްކާ ޑަކްޓަރުގެ އިރުޝާދުގެ މަތިން ބޭސްކެޔުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  ރަގަޅުވާހަކައެއް!

 2. އަލްޖިބްރާ

  ދިވެހިންގެ ޤައުމިއްޔަތަކީ އަޅުވެތިކަމަށް ތަބާވުންތަ ؟

 3. ޢައިޝާ

  މާޝާﷲ...ވ.ފުރިހަމަ ލިޔުމެއް....އަޅެ ފާހަގަ އެއް ނުކުރެވޭތަ ''ވަގުތު'' ކުދިންގެ އާރޓިކްލްސް އިމްޕްރޫވް ވާ ކަމެއް..☺

 4. ޕެނެޑޯލްފިން

  މި ލިޔުނު މީހާ ކޮންމެވެސް އެހެން ކަމަކާ އުޅެން ވީނު?