ހޮޓަލެއްގެ ގުދަނެއް ފަޅާލާ އެތާންގައިހުރި ޗޮކުލެޓްތަކެއް ސާރިދޯޅެއް ވަގަށް ނަގައިފިއެވެ.

ޑެއިލީ މެއިލްގައި ރިޕޯޓްކޮށްފައިވާގޮތުން ޗޮކުލެޓްތައް ވަގަށް ނަގާފައިވަނީ ސުޕިޓްބާގަންގައި ހިންގަމުން އަންނަ ރޭޑިއޯ އެޑްވެންޗަރ ހޮޓެލްއިންނެވެ. މިހޮޓަލްގައި މަސައްކަތް ކުރަމުން އަންނަ މީހަކު ޑެއިލީ މެއިލްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެމީހާއަށް މިސާރިދޯޅު ފެނިފައިވަނީ ހެދުނު ހޮޓަލަށް ބޭނުންވާ ސާމާނު ބަލާދަނިކޮށް ކަމަށެވެ.

މިމީހާ ކިޔާދިން ގޮތުގައި މިގުދަނަށް މިސާރިދޯޅު ވަދެފައިވަނީ ގުދަނުގެ ދޮރު ފަޅާލައިގެންނެވެ. މިގުދަނަށް ގިނަ ގެއްލުން ތަކެއް ލިބިފައިވާއިރު، މި ލިބުނު ގެއްލުންތައް ދިރާސާ ކުރުމަށްފަހު އެހޮޓެލްއިން ބުނެފައިވަނީ ގުދަނުން މަދުވެފައިވަނީ ހަމައެކަނި ޗޮކުލެޓް ތަކެއް ކަމަށެވެ. އަދި ގިނަ އަދަދެއްގެ ސާމާނަށް ގެއްލުން ދީފައި ހުރި ނަމަވެސް ސާރިދޯޅު މިތަނުން ގެންގޮސްފައިވަނީ ހަމައެކަނި ދެތިން ޗޮކުލެޓްއެވެ.

އެހިސާބަކީ ސާރޮދޯޅު ގިނަ ހިސާބަކަށް ވެފައި މިއީ ތަދު މޫސުމެއް ކަމުން ވަރަށް ގިނައިން މިފަދަ ޖަނަވާރު ކެޔުމަށް ގުދަނަށް ވަންނަ ކަމަށް ހޮޓަލުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު