ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އަލިޔާ ބަޓް އޭނާގެ ކައިވެނި ކުރާނެ ތާރީހު އިއުލާންކޮށްފިއެވެ.

އޭނާގެ އެންމެ ފަހުގެ ފިލްމު ރާޒީއަށް ލިބެމުން އަންނަ ބޮޑު ކާމިޔާބީ އާއި ބެހޭ ގޮތުން މީޑިއާތަކަށް ދިން އިންޓަވިޔުއެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އަލިޔާ ބުނީ އޭނާ ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށެވެ. އަދި ހަމަ ޔަގީނުންވެސް 30 އަހަރު ވުމުގެ ކުރިން ކައިވެނި ކުރާނެ ކަމަށްވެސް އަލިޔާ ބުނެފައިވެއެވެ.

މިހާރު އަމުރުން 25 އަހަރުގެ އަލިޔާ ބުނެފައިވާ ގޮތުގައި އޭނާ ކައިވެންޏެއް ކުރާނީ އުމުރުން 28 އަހަރާއި 30 އަހަރާއި ދެމެދުގައި ކަމަށެވެ.

" އަހަރެން ކައިވެނި ކުރާނަން އުމުރުން 30 އަހަރު ވުމުގެ ކުރިން. ބޮޑަށް މި ބަލަނީ 28 އަހަރާއި 30 އަހަރާއި ދެމެދުގައި ކައިވެނި ކުރުމަށް " އަލިޔާ ބުނެފައިވެއެވެ.

ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރާއި ލޯބީގެ ގޮތުން އަލިޔާ ގުޅިގެން އުޅޭއިރު މީގެ ކުރިން އެ ދެތަރިން ރަސްމީ ސިފައެއްގައި ދެތަރިންގެ ލޯބީގެ ގުޅުމާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު