ބޮލީވުޑުގެ މަޝްހޫރު ޑައިރެކްޓަރ ރާކޭޝް ރޯޝަން އޭނާގެ ދަރިފުޅު ރިތިކް ރޯޝަން ބޮލީވުޑަށް ތަޢާރަފް ކުރި ފިލުމު 'ކަހޯނާ ޕިޔާރުހޭ'' އަށްފަހު 30،000 އަށްވުރެ ގިނަ ކައިވެނީގެ ހުށަހެޅުންތައް ރިތިކްއަށް ލިބުނު ކަމަށް އިންޓަވިއުއެއްގައި ރިތިކް ބުނެފައިވެއެވެ.

2000 ވަނަ އަހަރު ރިލީޒް ކުރެވުނު މި ފިލުމަށްފަހު ރިތިކް ރޯޝަންގެ މަގުބޫލުކަން އިތުރުވެގެން ދިޔައެވެ. ވަކީން ހާއްސަކޮށް އަންހެނުން ސަޕޯޓަރުންގެ މެދުގައި ރިތިކްގެ މަގުބޫލުކަން އިތުރުވިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ރިތިކްއަށް 30،000 އަށްވުރެ ގިނަ ކައިވެނީގެ ހުށަހެޅުންތައް ލިބުނެވެ.

ރިތިކް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ 30،000 އަށްވުރެ ގިނަ ކައިވެނީގެ ހުށަހެޅުންތައް ލިބުނު ކަމަށާއި މި ފިލުމުގެ ސަބަބުން އޭނާގެ މަގުބޫލުކަން އިތުރުވެގެން ދިޔަ ކަމަށެވެ.

މި ފިލުމުގައި ރިތިކް ދައްކުވައިދީފައިވާ މޮޅު އެކްޓިންއާއި ނެށުމުގެ ހުނަރުގެ އިތުރުން ގިނަ ބަޔަކަށް އެންމެ ކަމުގޮސްފައިވަނީ ރިތިކްގެ ފިރިހެންވަންތަ މޫނާއި ހަށިގަނޑު ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

މި ފިލުމަކީ ރިތިކްގެ އިތުރުން ބަތަލާ އަމީޝާ ޕަޓޭލް ވެސް ބޮލީވުޑަށް ތަޢާރަފްވި ފިލުމެވެ. މި ފިލުމު ޑައިރެކްޓް ކޮށްފައިވަނީ ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަނެވެ.

އިންޑަސްޓްރީގައި 20 އަހަރު ހޭދަ ކުރުމަށްފަހު ވެސް އަންހެން ސަޕޯޓަރުންގެ މެދުގައި މިހާރު ވެސް ރިތިކްގެ މަގުބޫލުކަން ވަރަށް ބޮޑެވެ.

ރިތިކްގެ ފިލުމީ މަސައްކަތަށް ބަލާއިރު ރިތިކްގެ ކުރިއަށް ހުރި ފިލުމުތަކުގެ ތެރޭގައި ދީޕިކާ ޕާޑުކޯންއާއި އެކު ފުރަތަމަ ފަހަރަށް އެއް ސްކްރީނަކުން ފެނިގެންދާ ފިލުމު ''ފައިޓަރ'' ހިމެނެއެވެ. މީގެއިތުރުން ކްރިޝް 4ގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ރިތިކް ބުނެފައިވެއެވެ.