މަޝްހޫރު އިލެކްޓްރޯނިކް ވިޔަފާރި ކުރާ ސައިޓްއެއް ކަމަށްވާ އީބޭއިން ބައެއް ފަހަރަށް ގަންނަ ސާމާނުގެ ފޮޓޯއިން ފެންނަ ގޮތާ ތަފާތުވާތަން ވަރަށް ގިނައިން ދިމާވެއެވެ. ނަމަވެސް މިފަހަރު މިވީ މުޅިން އާދަޔާ ޚިލާފު ގޮތެކެވެ. އީބޭއިން ގެޔަށް މިގެނެސްދެނީ އޯޑަރ ކުރިއެއްޗާ މުޅިން ގުޅުމެއްވެސް ނެތް އެއްޗެކެވެ.

އެމެރިކާއަށް ނިސްބަތްވާ ކްރިސް ބުރޫމެޓް ބުނި ގޮތުގައި އޭނާ އޮންލައިންކޮށް އޯޑަރު ކުރީ ބައިސްކަލަކަށެވެ. އަދި އޯޑަރު ލިބުމުން ބައިސްކަލު ރޭވުމަށް ބޭނުންވާ ރެންޗާއި އަދި އެހެންވެސް ސާމާނު ކައިރިކޮށް އީބޭއިން އައި ޕާރުސަލް ކެޑުމުން ލިބުނި ބޮޑު ޝޮކެކެވެ. ޕާރުސަލު ތެރޭގައި އޮތީ ޒާތެއްގެ ކަށިބޮނޑެކެވެ.

މި ބޮނޑު މިހާރުވަނީ ރިވާސައިޑް ކަންޓްރީ އެނިމަލް ސާވިސްއާ ހަވާލުކޮށްފައެވެ. ކްރިސް ބުނި ގޮތުގައި މި ބައިސްކަލަކީ އޭނާގެ ކާފަ ދަރިފުޅަށް އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ދޭން ނިންމި ބައިސްކަލެއް ކަމަށާއި އެޕާރުސަލް ކަނޑާލި ވަގުތު އޭގެ ތެރޭގައި އޮތް ބޮނޑު ފެނުމުން ވަރަށް ބިރުގަތް ކަމަށެވެ. އަދި ބިރުގަތީ އެ ބޮޑުވުމުން ކަމުގައިވެސް ކްރިސް ބުންޏެވެ.

މިބޮޑަކީ އޮސްޓްރޭލިޔާއަށް ނިސްބަތްވާ އެއްޗެވެ. އަދި މިޔަށް ކިޔަނީ މިޔާޑެޑް ޑުރެގަންއެވެ. މި ބޮނޑު މިބައިސްކަލް ޕާރްސަލް ފޮށިގަނޑު ތެރެއަށް އެރިފައިވަނީ މި ޕާރްސަލް ކުރުމުގެ ތެރޭގައި ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިޔާ

    ތިޖޫރީގައޮތީ ބޮކެއް. ފައިސާއެއްނެތް.

  2. ރަައްޒާގު

    Phone eh order kurumun libuny charger,