ފިލުމު ''ބޭންޑް ބާޖާ ބާރާތު'' ގެ އެކްޓަރ ރަންވީރު ސިންގަކީ އޭނާގެ ހަލަބޮލި މިޒާޖާއި މަޖާ އުޅުމުން ފާހަގަ ކޮށްލެވޭ ފަންނާނެކެވެ. މީގެއިތުރުން ރަންވީރަކީ ވަރަށް ފިލްމީ އަދި ފިލްމީ ދުނިޔެއެއްގައި ދިރިއުޅޭ ފަންނާނެކެވެ.

ފިލްމުތަކަށް ރަންވީރުގެ ހިތުގައި އޮތް ލޯތްބާއި ޝައުގުވެރިކަމުގެ ސަބަބުން އޭނާ ސްކޫލުގައި އުޅުނު ދުވަސްވަރު ސްކޫލުން ސަސްޕެންޑް ވެސް ކުރަން ޖެހުނެވެ.

ކްލާހުގައި އިނދެގެން ޝާހުރުކް ޚާނާއި މަލައިކާ އަރޯރާގެ ނެށުމުގެ ފުރިހަމަ ހަރަކާތްތައް ދައްކުވައިދީފައިވާ ފޯރިގަދަ ލަވައެއް ކަމުގައިވާ ''ޗައްޔާ ޗާއްޔާ'' ލަވަ އަޑުއެހުމުން އެއް ދުވަހަށް ރަންވީރު ސިންގް ސްކޫލުން ސަސްޕެންޑް ކުރިއެވެ.

މިކަމާއި ގުޅިގެން ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ ރަންވީރުގެ މައްސަލައެއް ނޫން ކަމަށާއި އެ ލަވައަކީ އަޑުނާހާ ދޫކޮށްލެވޭ ވަރުގެ ލަވައެއް ނޫން ކަމަށެވެ.

90 ގެ އަހަރުތަކުގައި ބޮޑުވަމުން އައި ރަންވީރު ސިންގް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ 90ގެ ފިލްމުތަކާއި ލަވަތަކަކީ އޭނާ އެންމެ ކަމުދާ ފިލުމުތަކާއި ލަވަތައް ކަމަށެވެ.

''އަހަރެން އުފަންވީ 90ގެ އަހަރެއްގަ. 1985 ވަނަ އަހަރު. އެ ދުވަސްވަރަކީ އަހަރެންގެ ވެސް ދުވަސްވަރު. އެ ދުވަސްވަރުގެ ފިލުމާއި ލަވައާއި ޕޮޕް މިޔުޒިކާއި ފެޝަނަކީ އަހަރެންނަށް އެންމެ ކަމުދާ އެއްޗެހި. އެންމެ ފުރަތަމަ ހިތުގައި އޮންނަ އެއްޗެއް އަބަދުވެސް އޮންނާނެ. ކުޑައިރު އަހަރެންނަކީ ޓީވީއަށް ވަރަށް ފޯރި ހުންނަ ކުއްޖެއް'' ރަންވީރު ބުނެފައިވެއެވެ.

ޝާހުރުކް ޚާނަށް ސަޕޯޓް ކުރާ ރަންވީރު ބުނެފައިވަނީ އޭނާއާއި ޝާހުއާއި އެއްފަދަ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަށާ

    ޝާ ހްގެ ސަބަބެއް ތީގަ ނެތެއްނު ލަވައާ މިޔުޒިކް އުފެއްދި މީ ހާއެއްނު ސަބަބަކަށް ވާންވީ

    7
    1