އިންސްްޓަގް ބޭނުންކުރާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދީގެން އެ ކުންފުނިން ސަލާމަތީ ފީޗާސްތައް އިތުރު ކުރަން ނިންމައިފިއެވެ. އެގޮތުން ނިންމާފައިވަނީ އިންސްޓަގްރާމުގައި ކުޑަކުދިންނަށް މެސެޖުކުރާ ބޮޑަތި މީހުންގެ އެކައުންޓުތައް ބޭން ކުރުމަށެވެ.

އެގޮތުން، 18 އަހަރުން ދަށުގެ ކުދިންނަށް ފޮލޯބެކް ނުކޮށް ހުއްޓާ ވަކިން މެސެޖް ކުރާނަމަ އެ މެސެޖް ކުރާ އެކައުންޓެއް ބޭން ކުރެވޭނެއެވެ.

ބޮޑު މީހަކު 18 އަހަރުން ދަށުގެ ކުއްޖަކަށް މެސެޖް ކުރާނަމަ، މެސެޖް ކުރަން މަސައްކަތް ކުރާ އެކައުންޓަށް މެސެޖު ކުރުމަކީ ގޮތެއްް ނޫން ކަމަށް ބުނާ ނޯޓިފިކޭޝަނެއް ދާނެއެވެ.

ބޮޑު މީހަކާއި 18 އަހަރުން ދަށުގެ ކުއްޖަކާއި އިންސްޓަގްރާމް މެދުވެރިކޮށް ވާހަކަ ދެކެވިއްޖެ ނަމަ، އިންސްޓަގްރާމުން ކުޑަ ކުއްޖާއަށް އުމުރުން ދޮށީ މީހުންނާއި ވާހަކަ ދައްކާއިރުގައި ފަރުވާތެރި ވުމަށް ބުނާ މެސެޖެއްް ފޮނުވާނެ ކަމަށް އިންސްޓަގްރާމުން ބުނެފިއެވެ.

އިންސްޓަގްރާމުން ކޮށްފައިވައި ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ ކުޑަކުއްޖަކަށް މީހަކު މާ ގިނައިން މެސެޖް ކުރާނަމަ، 18 އަހަރުން ދަށުގެ ކުއްޖާއަށް އެލާޓެއް މެދުވެރިކޮށް ރައްކާތެރި ވުމަށް ބުނެދެވިގެން ދާނެ ކަމަށެވެ. އެގޮތުން ވާހަކަ މެދުކަނޑާލުމުގެ ގޮތުން އެކައުންޓް ބްލޮކް ކުރުމަށް، ރިސްޓްރިކްޓް ކުރުމަށް އަދި ރިޕޯޓު ކުރުމުގެ ފުރުސަތު ދެވިގެން ދާނެއެވެ.

އުމުރު އޮޅުވާލައިގެން އިންސްޓަގްރާމް ބޭނުން ކުރަމުން ދާތީ އެ ކުންފުނިން ވަނީ ފޮޓޯއަށް ބަލައިގެން އުމުރު ދެނެގަނޭވޭނެ ފަދަ ޓެކްނޮލޮޖީއެއްގެ މަސައްކަތް ކުރަމުންނެވެ. އިންސްޓަގްރާމް ގަވާއިދުގައި ވާ ގޮތުން އެ ޕްލެޓްފޯމުގައި އެކައުންޓު ހުޅުވޭނީ 13 އަހަރު ވެފައި ތިބޭ ކުދިންނަށެވެ.

އޭގެ އިތުރުން އިންސްޓަގްރާމުން ބުނެފައިވަނީ ބޮޑަތި މީހުންގެ އެކައުންޓް ތަކަށް އެކްސްޕްލޯ ޕޭޖުންވެސް 18 އަހަރުން ދަށުގެ ކުދިން ބޭނުން ކުރަމުންދާ އެކައުންޓް ނުފެންނަ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.