މަޝްހޫރު ލަވަކިއުންތެރިޔާ ޝަކީރާ އާއި އޭނާގެ ފިރިމީހާ އަދި ބާސެލޯނާގެ ތަރި، ޖެރާޑް ޕީކް ސްޕެއިންގައި ދިރިއުޅެމުންދާ ގެއަށް ވަގުންތަކެއް ވަދެ، އެގެއިން ވައްކަން ކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައި ޝަކީރާ އާއި ޖެރާޑް ޕީކް ގޭގައި ނެތް ވަގުތެއްގައި ކަމަށް ވެއެވެ. ނަމަވެސް ވަގުން އެގެއިން ވައްކަންކުރި ވަގުތު، އެދެމީހުންގެ މައިންބަފައިން ގޭގައި ނިދާފައި ތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާގައި އެގެއިން ގިނަ ޢަދަދެއްގެ ގަހަނާ އާއި އަގުބޮޑު ގަޑިއާއި އެނޫންވެސް ބައެއް ތަކެތި ވަގަށް ނަގާފައިވާއިރު، މިކަމާއި ގުޅިގެން ޝަކީރާ އާއި އޭނާގެ ފިރިމީހާގެ ފަރާތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ބާސެލޯނާގެ ފުލުހުން މިހާރު މި ހާދިސާ ތަހުޤީޤު ކުރަމުންދާއިރު، މިހާތަނަށް ވައްކަމާއި ގުޅުންހުރި މީހަކު ހައްޔަރުކުރި ކަމެއް ނޭނގެއެވެ. އޮފިޝަލުންނާއި ޙަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، އެގެއަށްވަދެ ވައްކަން ކުރި މީހުންގެ ފިންގަޕްރިންޓް ނުވަތަ އެމީހުން ދެނެގަނެވޭނެ އެއްވެސް އެއްޗެއް ގެއިން ފެނިފައިނުވާ ކަމަށެވެ.
މީގެ ކުރިންވެސް ފުޓުބޯޅަ ތަރިންނާއި ބައެއް މަޝްހޫރު ފަރާތްތައް ދިރިއުޅޭ ގެތަކަށް ވަގުން ވަދެ ވައްކަން ކުރާ މައްސަލަ ފެންމަތިވެފައިވާއިރު، އެފަދަ ގެތަކަށް ވަންނަނީ "ޕްރޮފެޝަނަލް ވަގުން" ކަމަށް އޮފިޝަލުން ބުނެއެވެ. އެގޮތުން 2016 ވަނަ އަހަރު ރެއާލް މެޑްރިޑްގެ ތަރި ރަފައެލް ވެރޭން ދިރިއުޅެ ގެއަށްވެސް ވަގުންތަކެއް ވަދެފައިވާއިރު، އެމީހުންވެސް އަތުލައިގަނެވިފައެއް ނުވެއެވެ.
އެ ރަނގަޅު ވާނެ.
އދ. އިން އަވަހަށް ވަކިވޭ
މަ އެވަރަށް ބުނީމެ ޕީކޭ ގާތު ބާކް ނުކުރާށެވެ.
ކީކޭ ދެން ބުނާނީ....