އަމިއްލަ ނަފުސަށް އިތުބާރު އޮންނަ ނަމަ ނުވަތަ ކަމެއް ކުރުމަށް އަޒުމު ކަނޑައަޅައި އެކަމަށް ގަދައަޅާ މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ހާސިލު ކުރެވޭނެއެވެ. އެކަން ސާބިތުކޮށްދިން އެކަކީ އޮސްޓްރޭލިޔާގެ އުމުރުން 38 އަހަރުގެ ފަތުންތެރިޔާ ތަހްނީ އަފުހާމަންގޯ އެވެ.

އޭނާ ވަނީ ހަ ފަހަރު މަތިން 200 މީޓަރަށް ފްރީ ސްޓައިލް ފެތުމުގެ ރިކޯޑު ގާއިމް ކޮށްފައެވެ.

އޭނާ ޑޯވިން ސްވިމިން ކުލަބުގައި ފެތުމުގެ ތެރޭގައި 3:37:72 މިނިޓުގެ ތެރޭގައި 200 މީޓަރަށް ފެތުމުން ދުނިޔޭގެ ރެކޯޑު ހާސިލު ކުރުމުގެ ޝައުގުވެރިކަން އުފެދުނީ އެވެ.

ތަހްނީއަށް މިކަން ކުރެވިދާނެކަން އެންމެ ފުރަތަމަ ޔަގީން ކުރެވުނީ އޭނާގެ މަންމަ ޑޮންނާ ރައުޝަމްއަށެވެ. ޑޮންނާއަށް މިކަން އިހްސާސްވުމުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން އުމުރުން 35 އަހަރުން މަތީގެ މީހުންގެ ތެރެއިން 200 މީޓަރަށް ފެތުމުގެ ދުނިޔޭގެ ރިކޯޑު ހޯދުމަށް ތަހްނީ ބައިވެރި ކުރެވުނެވެ.

އޭގެފަހުގައި ކުރަންވާ ކަރުދާހުގެ މަސައްކަތްތައް ފުރިހަމަކޮށް ތަހްމީއަށް އޮފިޝަލީ ރިކޯޑު ހޯދައި ދިނުމަށް ދެ އޮފިޝަލުންގެ ހާޒިރުގައި ފެތުން ކުރިއަށް ގެންދިޔުމަށް އެދުނެވެ.

މި ކަރުދާހުގެ މަސައްކަތްތަކަކީ އިނގިރޭސި ވިލާތުގެ އިންޓަނެޝަނަލް އޮތޯރިޓީއަށް ހުށަހެޅުމުގެ ކުރިން އޮސްޓްރޭލިޔާގެ އޮތޯރިޓީއިން ފާސްކުރަން ޖެހޭ ލިޔެ ކިޔުންތެކެކެވެ.

އޭގެ ފަސް ހަފްތާ ފަހުން ތަހްމީއަށް ފެތުމުން ދުނިޔޭގެ ރިކޯޑު ގާއިމް ކުރުމުގެ ލަގަބު ރަސްމީކޮށް ލިބުނު ކަމުގެ މެއިލް ލިބުނެވެ.

މިއީ ތަހްމީއަށް ވަރަށް އުފާވެރި އަދި ފާހަގަ ކުރަން ބޭނުންވާނެ ފަދަ އަގުބޮޑު ވަގުތެކެވެ. އެއީ އޭނާގެ ހުރިހާ ބުރަ މަސައްކަތާއި ހިތްވަރުގެ ނަތީޖާ ލިބުމުންނެވެ