އެމެރިކާގެ ފްލޮރިޑާގެ އަންހެނަކު ވަރަށް ތުއްތު އިރުއްސުރެ ކުޑަ އަންހެން ކުއްޖަކު ބަލައި ބޮޑުކުރި ފަހުން ކުށްވެރިވެ 18 އަހަރަށް ޖަލަށް ލާން މިއަދު ކޯޓުން ޙުކުމް ކޮށްފިއެވެ.

ގްލޯރިއާ ވިލިއަމްސް ނަމަކަށް ކިޔާ އަންހެން މީހާގެ މައްޗަށް ބޮޑު ޙުކުމެއް އައީ އޭނާ ބަލައި ބޮޑުކުރި ކުޑަކުއްޖާ އަކީ އޭނާ ވަގަށް ނެގި ކުއްޖެއް ކަމަށް ވާތީއެވެ. ގްލޯރިއާ ވަނީ 1988 ވަނަ އަހަރުގެ ޖުލައި މަހު އޭނާ އޭރު މަސައްކަތް ކުރި ހޮސްޕިޓަލްގައި އޮތް ތުއްތު ކުއްޖަކު ވަގަށް ނަގައިގެން ގެއަށް ގެނެސްފައެވެ.

އަމިއްލަ ދަރިއެއްގެ ގޮތުގައި ދެކިގެން ހުރިހާ ކަމެއް ކޮށްދީގެން ދަރިފުޅު ބޮޑުކުރި ފަހުން އެއީ ގްލޯރިއާ ވަގަށް ނެގި ކުއްޖެއްކަން އެނގި އެންމެ ފަހުން އޭނާ މިވަނީ ކުށްވެރިވެފައެވެ.

ގްލޯރިއާ ގެންގުޅުނީ އޭނާގެ ދަރިއެއް ނޫންކަން އެނގުނީ އެދަރިފުޅަށް 18 އަހަރު ވެގެން ޑްރައިވިން ލައިސަންސް ނަގަން އުޅުމުންނެވެ. އޭނާގެ ސައްހަ އުފަންދުވަހުގެ ސެޓްފިކެޓެއް ނެތުމުން ސޯޝަލް ސެކިއުރިޓީ ނަމްބަރެއް ވެސް އޮތީ ނުލިބިއެވެ.

އެކަމާއި ދަރިފުޅު ސުވާލު ކުރުމުން ގްލޯރިއާ އެންމެ ފަހުން ވަނީ ހަޤީޤަތް ކިޔައިދީފައެވެ.

ގްލޯރިއާ ހައްޔަރު ކުރުމުން ގްލޯރިއާ އަށް މަންމަ ކިޔައިގެން އުޅުނު ކުއްޖާ ވަނީ އޭނާގެ މައިންބަފައިން ކައިރިއަށް ގޮސްފައެވެ. ނަމަވެސް ގްލޯރިއާ އަށް އަބަދު ދިނުމާއި ދެކޮޅަށް އެކުއްޖާ ވަނީ ވާހަކަ ދައްކާފައެވެ.

ގްލޯރިއާގެ މައްޗަށް ހިނގި ޝަރީޢަތުގެ އަޑުއެހުންތަކަށް ވެސް އެކުއްޖާ ހަޒީރުވިއެވެ. ނަމަވެސް ހުކުރު ދުވަހު ޙުކުމް ކުރަން ބޭއްވި ޝަރީޢަތައް އޭނާ ހާޒިރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު