ގިނަ ބަޔެއްގެ މެދުގައި މަޤްބޫލު ނޫހެއް ކަމުގައިވާ ސީ.އެން.އެންގެ ޕޮރޮގްރާމްތަށް ހުށަހަޅައިދެމުން ދިޔަ އުމުރުން 61 އަހަރުގެ އެންތޮނީ ބޯޑެއިން އަމިއްލަޔަކަށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެންތޮނީ މަރުވެފައި އޮއްވާ ފެނުނީ ސީ.އެން.އެން ގެ ސީރީސްއެއް ކަމަށްވާ " ޕާރޓްސް އަންނޯން ވިތް ސީ.އެން.އެން " މި ސީރީސްގައި މަސައްކަތް ކުރަމުންދާ ދަނޑިވަޅެއް ގައެވެ. އެންތޮނީ މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅެމުން އަންނަ ހޮޓެލްގައި އޭނާގެ ކޮޓަރީގައެވެ.

ސީ.އެން.އެން އިން މިމީހާ މަރުވެފައިވާކަންވަނީ ކަށަވަރުކޮށްދީފައެވެ. މިގޮތުން ސީ.އެން.އެން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސީ.އެން.އެންގައި މަސައްކަތް ކުރަމުން ދިޔަ އެންތޮނީ މަރުވެފައިވާކަން މިހިއްސާ ކުރަނީ ފުން ހިތާމައާއެކު ކަމަށެވެ. އަދި އޭނާއަކީ ކުރާ ކޮންމެ ކަމެއް ވަރަށް ޝަޢުޤުވެރި ކަމާއެކު ކުރާ ވަރަށްވެސް ހިތްވަރު ގަދަ މީހެއް ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެންތޮނީ މަރުވެފައިވާ ކަން އެނގުނީ އޭނާގެ ރަޙްމަތްތެރިއެއް ކަމަށްވާ ފުރާންސްގެ މަޝްހޫރު ކައްކާ އެރިކް ރިޕާޓް އޭނާގެ ކޮޓަރިއަށް ގޮސް ތަކި ޖެހުމުން ޚަބަރެއް ނުވުމުން ދޮރު ހުޅުވައިގެން ބެލި ބެލުމުންނެވެ.

ފުލުހުން މިމައްސަލަ އިތުރަށް ތަޙްޤީޤް ކުރަމުންދާއިރު، އެންތޮނީ އަކީ މަޝްހޫރު ކައްކާއެއްވެސް މެއެވެ.

 

ކިޔުންތެރިންގެ ހިޔާލު