ހޮލީވުޑްގެ އެކްޓަރ އާމީ ހެމާސްގެ މައްޗަށް މި ވަނީ ރޭޕްގެ ތުހުމަތު އަމާޒުވެފައެވެ. އޭނާގެ މައްޗަށް ރޭޕްގެ ތުހުމަތު އަމާޒުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ އަންހެނެކެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އަންހެން މީހާ ބުނިގޮތުގައި، ހެމާ ވަނީ މީގެ ހަތަރު އަހަރު ކުރިން އެތައް ގަޑިއިރެއް ވަންދެން އޭނާ ރޭޕް ކޮށްފައެވެ.

"އަހަރެން ހީކުރީ އޭނާ އުޅުނީ އަހަރެން މަރާލަން ކަމަށް". އެތައް ނޫހެއްގައި ޖަހާފައިވާ އޭނާގެ ހަބަރުގައި ވެއެވެ.

އެ އަންހެން މީހާ އެ ވާހަަކަ ހިއްސާކޮށްފައި ވަނީ މަޝްހޫރު ގާނޫނީ ވަކީލް ގްލޯރިއާ އަލްރެޑް އާއެކުގައެވެ. އާމީ ހެމާގެ މައްޗަށް ކުރެވޭ އެ ތުހުމަތުތައް އޭނާގެ ގާނޫނީ ވަކީލު ދޮގު ކުރރެއެވެ.

އާމީގެ ހެމާގެ މައްޗަށް މީގެ ކުރިންވެސް ޖިންސީ ތުހުމަތުތަކެއް ކުރެވުނެވެ. އަދި ހޮލީވުޑްގައި އޭނާއަށް ލިބުނު ޕްރޮޖެކްޓްތައް ފެނަަށް ދިޔައީވެސް އެތައް އަންހެނެއް އޭނާއާ ގުޅޭގޮތުން ދެއްކި ޖިންސީ ވާހަކަތަކާއި، ކެނެބިސް ބޭނުން ކުރާ ކަމަށް ބުނެ ދެކެވުނު ވާހަކަތަކާއި ގުޅިގެންނެވެ.

"އޭނާ އަހަރެން ރޭޕް ކޮށްފައި ވަނީ އެތައް ގަޑިއިރެއް ވަންދެން ލޮސް އެންޖަލަސްފައި، އެެއިރު އޭނާ ވަނީ އެތައް ފަހަރެއްގެ މަތިން އަހަރެންގެ ބޯ ފާރާލާ ޖަހާފައި، އަދި އަހަރެންގެ މޫނަށް އޭނާ އަނިޔާވެސް ކުރި އެ ހަތަރުގަޑިއިރު ތެރޭގައި، އަހަރެން އޭނާ ކައިރިން ސަލާމަތްވާން މަސައްކަތް ކުރިން، އަހަރެން ހީކުރީ އޭނާ އުޅުނީ އަހަރެން މަރާލަން ކަމަށް".އެ އަންހެން މީހާ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވެއެވެ.

އެ އަންހެން މީހާ ބުނާގޮތުގައި، އޭނާއާ ހެމާ އާ ދިމާވީ ފޭސްބުކުންނެވެ. އަދި އޭނާ ހެމާ ދެކެ ލޯބިވި ކަމަށާއި، ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އެއިރު އޭނާ ހުރީ ކައިވެނި ކޮށްގެން ކަމަށްވެސް ބުންޏެވެ.

ލޮސް އެންޖަލަސް ފުލުހުން ވަނީ އޭނާއާ ގުޅޭގޮތުން ދައްކާ ޖިންސީ މައްސަލަތައް ބަލަމުންދާ ކަމަށް ބުނެފައެެވެ.

އާމީ ހެމާ ކުޅެފައިވާ ބައެއް ފިލްމްތަކަށް ބަލާއިރު، ކޯލްމީ ބައި ޔުއާ ނޭމް، ދަ މޭން ފްރޮމް ޔޫ،އެން،ސީ،އެލް،އީ، ރެބެއްކާ، ދަ ސޯޝަލް ނެޓްވޯކް ހިމެނެއެވެ. އޭނާގެ ދެން އެންމެ އަވަހަށް ނެރެން ހަމަޖެހިފައިވާ ފިލްމަކީ ޑެތް އޮން ދަ ނައިލް އެވެ.