ޓައިވާނުގައި ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ނަން ބަދަލު ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އެ ގައުމުގެ ޒުވާނުން ގެންދަނީ "ސަލްމަން" އަށް އެ މީހުންގެ ނަން ބަދަލު ކުރަމުންނެވެ. އެ މީހުން ނަން ބަދަލު ކުރަމުން ދަނީ ރެސްޓޯރެންޓެއްގައި އޮތް ޕްރޮމޯޝަނެއްގައި ބައިވެރިވުށެވެ.

އެގޮތުން ފާއިތުވި ދުވަސްތަކުގައި ސަރުކާރުގެ އެކި އޮފީސްތަކަށް ޒުވާނުންގެ ތެރެއިން 150 މީހަކު ވަނީ އޮފިޝަލްކޮށް އެ މީހުންގެ ނަން ބަދަލު ކުރަން ހުށަހަޅައިފައެވެ.

މިއީ ސޫޝީ ރެސްޓޯރެންޓަކާ ގުޅުން ހުރި ޕްރޮމޯޝަނެއް ކަމަށް ވެއެވެ.


ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އެ މީހުންގެ އައިޑީކާޑްގަައި "ގުއި ޔޫ" ނަން ވާނަމަ، އިތުރު ފަސް މީހަކާއެކު ސޫޝީ ކެއުމުގެ ފުުރުސަތު ލިބޭނެއެވެ. ގުއި ޔޫއަކީ ޗައިނާ ބަހުން ސޫޝީއަށް ކިޔާ ނަމެވެ.

ޓައިވާންގެ މީހުންނަށް އެ މީހުންގެ ނަން އޮފިޝަލްކޮށް ބަދަލު ކުރެވޭނީ ތިނަ ފަހަރެވެ.

ނަމަވެސް މިގޮތަށް ޓައިވާން މީހުން ނަން ބަދަލު ކުރާތީ ސަރުކާރުގެ އޮފިޝަލުން ހިތްހަމަ ނުޖެހެއެވެ.

އެގޮތުން ޓައިވާންގެ ޑެޕިޔުޓީ އިންޓިރިއާ މިނިސްޓަރު ޗެން ޓިސަންގް-ޔެން ވިދާޅުވީ، މިގޮތަށް ނަން ބަދަލު ކުރުމަކީ ވަގުތު ފާއިތުވާ ކަމެއް ކަމަށާއި، މިއީ ހަމަ ބޭކާރު ލިޔެކިޔުންތަކާ ގުޅޭ މަސައްކަތް ކަމަށެވެ.

ބައެއް މީޑިއާތަކުން ވަނީ މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ އިންޓަވިއު ވެސް ނަގައިފައެވެ. އެގޮތުން އެކަކު ބުނީ، އޭނާ ނަން ބަދަލު ކުރުމަށްފަހު އެ ރެސްޓޯރެންޓަށް ގޮސް ރަހުމަތްެރިންނާ އެކީ 235 ޑޮލަރުގެ ކެއުން ކެއި ކަމަށެވެ. އޭނާ ނަން ބަދަލުކޮށްފައި ވަނީ ބައޯ ޗެންގް ގުއި ޔޫ އަށެވެ.