އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިއަކާ އެކު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ގެ ދަރިކަނބަލުން ލައިބާ އަހުމަދު މަހްލޫފް (އެލީ)، ކިއާފައިވާ ލަވަ އަށް ލިބުނު ވިއުސްގެ އަދަދު ލައްކައަކާ ގާތްކޮށްފިއެވެ.

"ޖީނޭކީ ވަޖާ" ނަމަކަށް ކިއާ މި ލަވަ އާންމު ކުރީ ޒީ މިއުޒިކް ކޮމްޕެނީގެ ޔޫޓިއުބް ޗެނަލްގައެވެ. މި ލަވަ ޔޫޓިއުބްގައި އާންމު ކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް، ވީޑިއޯ ލަވައިގެ ވިއުސް ވަނީ މިހާތަނަށް 99،000 އަށް ވުރެ މައްޗަށް އަރައިފައެވެ.

މިއީ ދިވެހި ކުޑަ ކުއްޖަކު ކީ ލަވައެއް މަދު ވަގުތުކޮޅެއްގެ ތެރޭގައި މިހާ މަގުބޫލުވެގެން ދިޔަ ފުރަތަމަ ފަހަރެވެ.

އެލީގެ ލަވަތައް، އޭނާ އެންމެ ތުއްތު އިރުއްސުރެ މީސް މީޑިއާގައި ފެނެއެވެ. އެންމެ ފުރަތަމަ ބައްޕައާ އެކުގައި ލަވަ ކިޔަން ފެށި އެލީ މިހާރު ފެންނަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ލަވަ ކިޔުންތެރިންނާ އެކީގައި ލަވަ ކިޔަމުން އަންނަ މަންޒަރެވެ.

މި ފަހަރު އޭނާ ލަވަ ކީ، އިންޑިއާގެ ފިލްމު އިންޑަސްޓްރީ އަދި ބޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ، ޖާވިދު އަލީއަކީ "ތުހީ ހަގީގަތު"، "އޭކް ދިން"، "ތުމް މިލޭ" ފަދަ ލަވަތަކުން ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ކުޅަދާނަ ފަންނާނެކެވެ.

އަދި މިއީ އެލީ ހިންދީ ބަހުން ކީ ފުރަތަމަ ލަވައެވެ. މި ލަވައިގެ ހާއްސަ ކަމަކީ ވީޑިއޯގައި ޖާވިދު އަލީ އާއި އެލީގެ ބައިވެރިވުން ފެނުމެވެ. މި ލަވަ މިހާ ބޮޑަށް މަގުބޫލްވީ އެލީ އާއި ޖާވިދު އަލީގެ ބައިވެރިވުން އޮތުމުން ކަމަށް ވުން އެކަށީގެންވެއެވެ.

މިނިސްޓަރު މަހްލޫފް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ލަވައިގެ މަސައްކަތް ނިންމުމަށްޓަކައި ފާއިތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި ޒީ މިއުޒިކް ކޮމްޕެނީ އާއި ޖާވިދު އަލީގެ އިތުރުން މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ލަަވައަކީ އެލީގެ ފުރަތަމަ އޮރިޖިނަލް ހިންދީ ލަވައެކެވެ. މަހްލޫފް ކުރިން ވިދާޅުވި ގޮތުގައި އެލީ އުމުރުން ތިން އަހަރުން ފެށިގެން ހިންދި ބަހުން ވާހަކަދައްކަން ފަށާފައިވާ ކަމަށެވެ. އަދި އެލީ ވަރަށް ބޮޑަށް ހިންދީ ލަވަތަކަށާއި ފިލްމްތަކަށް ޝައުގުވެރިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އެލީ ދާދި ފަހުން ވަނީ މޯލްޑިވިއަން އައިޑޮލް އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ހަމޫދު އަހުމަދާއެކު ލަވައެއް ކިއައިފައެވެ. ހަނގާ ކުރުމާ ދެކޮޅަށް ކީ މި ލަވައިގައި އެލީ އެކްޓުކޮށްފައިވެއެވެ. އަދި މި ލަވައަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ. ދާދި ފަހުން ނެރުނު މަހްލޫފް އާއި އެލީގެ "ކިޔާ ދޫ ތަކުން" ލަވަ އަށް ވެސް ލިބުނު ތަރުހީބު ވަކި ކުޑައެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަދީފް

    ފަހުރުވެރިވެ އުފާކުރަން ޖެހޭ ކަމެއްކަމުގަ ނުދެކެން.ދުނިޔޭގެ ޒީނަތް އެއީ ހެއްލުމެއް ކަމުގަ ނޫނީ ނުވެއެވެ. ވ.ވެދުން

    75
    10
  2. ނޫސްކިޔާމީހެއް

    މިއުޅެނީ ގުރްއާން މުބާރާތަކުން 01 ވަނަ ލިބިގެންނަމަ އަހަރުމެން ނުލާހިކު އުފާކުރާނަން.ނަމަވެސް ބޮޑު މުންކަރާތެއްގަ ބައިވެރިވެ އެކަން ކުލަގަދަކޮށް ފާހަގަކުރުން އެއީ ބަލައިގަނެވޭ ކަމެއްނޫން.މަމިބުނީ މަގޭ އިހްސާސް.އެއްވެސް މީހަކާ ޒާތީ ކަމެއް އޮވެގެނެއް ނޫން މިހެން މިބުނީ.ހުރިހާ މީހުންނަށް ހެޔޮ ވިސްނުން މިންވަރުކުރައްވާށި.

    48
    6
  3. ޙާއްސަ

    މިކަހަލަ ދުވަސް ވަރެއްގައި ކިހިނެއްބާ މި ލަވަ ކުޅުނީ މި.. ބޭސް ފަރުވާއައް ދާން ވިސާ ތަދު ދުވަސް ވަރެއްގައި

    39
    6
    • ހަގީގަތް

      ތިބުނީ ތެދެއް. މަ މިއުޅެނީ ދަރީގެ ސާޖަރީ އެއް ހަދަން ދާންވެސް ވިސާ ނުލިބިގެން

      33
      3
  4. ޑަރޭ

    ތީހަމަ އިންޑިޔާގެ ޕުރޮޕެގެންޑާ ތަންކޮޅެ އް.....ދިވެހިންނޭ ވިސްނާ ...ގަ އުމާދޭތެރޭ ވިސްނާ...

    32
    4
  5. ބުލީީ

    ކުޑަކުޑަ އަންހެން ކުއްޖަކަށް ބިރަކާނުލާ ހިލޭ ފިރިހެނަކާ އެކު ބައްދާ އޮޅުލާ ހެދުމަކީ މާބޮޑުކަމެއްނޫންކަން ވިސްނާދިނުމަކީ އެކުއްޖާގެ މައިންބަފައިންގެ ދީނީ ހޭލުންތެރިކަން ކުޑަކަން ހާމަކޮށްދޭ ކަމެއް. އަންހެންދަރިއަކު ޢިއްފަތްތެރިކަމާއެކު ބަލާބޮޑުކުރުމުން ލިބޭދަރުމަޔާއި ޘަވާބު މި މީހުންނަށް ހައްގުވާނެބާ؟

    22
    1
  6. މހ

    ލަވަކިޔާލެއް އެއްވެސް ރީއްޗެއްވެސް ނޫން!

    14