ދެކުނު ކޮރެޔާގެ ''ނޭޝަންސް ފަސްޓް ލަވް'' ގެ ލަގަބް ދެވިފައިވާ ބައެ ސުޒީއާއި އިންޑިޔާގެ ޓެލެގޫ އެކްޓަރ ރާމް ޗަރަންއާއި އެކު ޓެލެގޫ ފިލުމަކުން ފެނިދާނެ ކަމުގެ އިޝާރާތެއް ދެކުނު އިންޑިޔާގެ ޑައިރެކްޓަރ ޝަންކަރު ދީފިއެވެ.

ޝަންކަރު ބުނެފައިވާ ގޮތުގައި އޭނާވަނީ ސުޒީއާއި އެކު މި ޓެލެގޫ ފިލުމުގެ ވާހަކަތައް މަޝްވަރާ ކޮށްފައެވެ. އަދި ސުޒީގެ ފަރާތުން ޔަގީންކަން ދީފައި ނެތް ނަމަވެސް ރާމް ޗަރަންއާއި ބައެ ސުޒީގެ ޕޯސްޓަރތައް ވަނީ މީސް މީޑިޔާގައި އާއްމުވާން ފަށައިފައެވެ. މި ދެ ފަންނާނުންގެ ފޮޓޯތައް ގިނަ ބަޔަކު ދަނީ މީސް މީޑިޔާގައި ހިއްސާ ކުރަމުންނެވެ.

ބައެ ސުޒީއަކީ ދެކުނު ކޮރެޔާގެ ކޭ ޕޮޕް ލަވަކިޔާ ގުރޫޕެއް ކަމުގައިވާ މިސް އޭގެ ގުރޫޕުގެ ލަވަކިޔުންތެރިއެއްގެ އިތުރުން ދެކުނު ކޮރެޔާގެ ޑްރާމާތަކާއި ފިލުމުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ އަދި ދެކުނު ކޮރެޔާގެ ގިނަ ފަންނާނުންތަކެއް އޭނާއާއި އެކު މަސައްކަތް ކޮށްލުމަށް ބޭނުންވާ ފަންނާނެކެވެ.

ޖޭވައިޕީ އެންޓަޓެއިންމަންޓު އެޖެންސީގެ ބައެ ސުޒީ އެންމެ ފަހުން ކުޅެފައިވާ ޑްރާމާއަކީ ނެޓްފްލިކްސްއިން ދެއްކި ''ސްޓާޓް އަޕް'' އެވެ. މިއީ ދެކުނު ކޮރެޔާގެ ޑްރާމާތައް ބަލާ ފަރާތްތަކުގެ މެދުގައި ވަރަށް މަގުބޫލުވެގެން ދިޔަ ޑްރާމާއެކެވެ. މި ޑްރާމާގައި ސުޒީއާއި އެކު ދެން ފެނިގެން ދިޔައީ ނަމް ޖޫ ހުއަންގްއާއި ކިމް ސޫ ހުއަންއެވެ.

ޓެލެގޫ ފިލުމު އިންޑްސްޓްރީގެ ފާހަގަ ކޮށްލެވޭ ފަންނާނެއް ކަމުގައިވާ ރާމް ޗަރަންގެ އެންމެ ފަހުގެ ފިލުމަކީ ''އާރްއާރްއާރް''އެވެ. އެސްއެސް ރާޖުމޯލީ ޑައިރެކްޓްކޮށްފައިވާ މި ފިލުމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޫބަރު 1 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަރަމަނަ

    މިހާރުވެސް ހަމަ ހިނިއަންނަނީ... ތިޔަ ޝަންކަރަކާ ރާމް ޗަރަންއެއް ބެއި ސުޒީއާ މުޢާމަލާތު ކުރާނެ ގޮތެއް ނޭނގިގެން އުޅޭނެ ހާލު ހިތަށް ސިފަކޮށްލާފަ!!!😂😂😂😂

    2
    2
  2. ހަހުރަ

    މަހިތަށް އަރާ ހާދަ ބޮޑު ޖޯކަކަށް ވާނޭ ތިޔަ ބެއި ސުޒީއެއް ތެލުގޫ ބަހުންނާ ހިންދީ ބަހުން ޑައިލޮގު ކިޔަން ނޭނގިއްޖެއްޔާ!!! މިހާރުވެސް ހަމަ ތިހެން ހިތަށް އަރާފަ ހެވެނީ!!! 🤣🤣🤣🤣🤣🤣🤣🤣🤣🤣

    3
    1
  3. ތަރަފަނަ

    އަދި ތިޔަށްވުރެ މާ ޖޯކުވާނެ ކަމެއް ބުނަންތަ؟ ރާމް ޗަރަން ކޮރެއާ ބަހުން ވާހަކަ ދައްކަން އުޅެން ހަދައިގެން ލިބޭނެ ލަނޑު ހިތަށް އަރާފަ އަދި މާގަދައަށް ބިނދި ބިނދިފަ ހެވޭނެ!!!🤣🤣🤣🤣🤣🤣🤣🤣

    2
    1