ރާއްޖޭގައި ޒުވާނުންގެ މެދުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މީސް މީޑިއާ އެޕްތަކުގެ ތެރެއިން ޓިކްޓޮކްއަކީ ފާހަގަކޮށްލެވޭ އެއް އެޕެވެ. މި އެޕް ރާއްޖޭގެ ޒުވާނުންގެ މެދުގައި މަޝްހޫރު ވުމުގެ އިތުރުން، މި އެޕް މެދުވެރިކޮށް ހުނަރުވެރިކަން ދައްކާ އެތައް ހާސް ބަޔަކުވެސް މި ރާއްޖޭގައި އެބަތިއްބެވެ. މީގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ފިލްމީ ދާއިރާއަށް ނުކުމެފައެވެ.

މިގޮތަށް އެތައް ބައެއްގެ ހުނަރުވެރިކަން މި އެޕް މެދުވެރިކޮށް ހޯދާއިރު، ރާއްޖޭގައި މިހާރު ފާހަގަކޮށްލެވޭ ބައެއް މަޝްހޫރު މީހުންނާއި ބައެއް އިދާރާތައް ޓިކްޓޮކް އެކައުންޓްތައް ވަނީ ވެރިފައި ކޮށްފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ބައެއް ފިލްމީ ތަރިންނާއި ބައެއް މިނިސްޓަރުންނާއި، ބައެއް ސަރުކާރުގެ އިދާރާތަކާއި، ޓިކްޓޮކް އިން މަޝްހޫރުވި ތަރިން ހިމެނެއެވެ.

މި ތަރިންނާއި، އިދާރާތައް ވެރިފައިވިތާ ދުވަސްކޮޅެއް ވެފައިވާއިރު، މިހާރު ރާއްޖޭގެ މަޝްހޫރު މޮޑެލް ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އާއި މިހާރު ލަވަކިޔުމުގެ ދާއިރާގައި ފިޔަަޖަހަމުން އަންނަ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ގެ ދަރިކަނބަލުން ލައިބާ އަހުމަދު މަހްލޫފް (އެލީ)ގެ ޓިކްޓޮކް އެކައުންޓްވެސް ވަނީ ވެރިފައި ކޮށްފައެވެ.

ފާޒިލްގެ ޓިކްޓޮކް އެކައުންޓަށް ބަލާއިރު، އެ އެކައުންޓްގައި 10 ވީޑިއޯއެއް މިހާރު ވަނީ ހިއްސާ ކޮށްފައެވެ. އޭގެ ތެރޭގައި ބައެއް ފިޓްނެސް ވީޑިއޯތަަކާއި، ކުރީގެ ޝޫޓްތަކުގެ ވީޑިއޯތައް ހިމެނެއެވެ. އޭނާގެ ޓިކްޓޮކް އެކައުންޓްގައި 1578 ފޮލޯވަރުން އެބަ ތިއްބެވެ. އަދި 5232 ލައިކް ލިބިފައި ވެއެވެ.

އެލީގެ ޓިކްޓޮކް އެކައުންޓަށް ބަލާއިރު، އެ އެކައުންޓްގައި ތިން ވީޑިއޯއެއް ހިއްސާ ކޮށްފައި ވެއެވެ. އޭގެ ތެރޭގައި އޭނާ އެންމެ ފަހުން، އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިއަކާ އެކު ކިޔާފައިވާ ލަވައިގެ ތަންކޮޅަކާއި، އޭނާ ކިޔާފައިވާ ހަނގާ ވީޑިއޯގެ ތަންކޮޅެއް ހިމެނެއެވެ.

ޓިކްޓޮކްއަކީ އެތައް ތަރިންނެއް ފިލްމީ ދާއިރާއަށް ނެރެދިން ޕްލެޓްފޯމެކެވެ. އެތައް ތަރިން މި ޕްލެޓްފޯމުން މިހާރުވެސް ފެނިގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކީކޭ ބުނާނީ...

  ކިހާ ތާހިރު. ނފޫޒު ގެ ބޭނުން ނުކުރެވޭ. މިއަދުވެސް ދައުލަތުގެ މީޑިިއާއަށް އަރައި ހުރެ ބުލީއެކޭ އެލީއެކޭ ކިޔާއިގެން ވެސް އިޝްތިހާރު ކުރެވޭތޮޯ.

  23
  1
 2. ދަރަނި ދަންތުރަ

  މިސޮރު ފިޓުވެގެން ތިޔައުޅެނީ އޮޅުވާލާ މަކަރުހަދަންތަ ؟

  23
  2
 3. ޕަކާސް

  އެލީއަށް 152 ފޮލޮވާރސް އެކަމަކު އެކައުންޓް ވެރިފައިޑް ރުފިޔާ ހުރިއްޔާ ވާނެނު ދޯ ކޮންމެމިހަކަށްވެސް ތިކަން.

  27
  2
  • ޥެރިފައިޑް

   އެންމެ ފޮލޯވަރެއް ނެތަސް ވެރިފައިކުރެވޭނެ

 4. ނިކަމެތި

  ދެން ބުނާނެ ބުލީ ކުރިއްޔޭ.

  24
  2
 5. ދުދޯރު

  މަހްލޫފުގެ ދަރިކަނބަލުންނަށް ކުރި އެރުމެއް ލިބިގެން / ލިބޭތީ ނުތަނަވަސް ކަމެއް ނެތެވެ.
  މައްސަލައަކީ ދިވެހި ޒުވާނުން އުޅޭ ހާލުބަލަން ހަވާލުކުރީމައި ތިކުރާ ކަންކަމެވެ. ޒިންމާ އަދާ ނުކޮށް، ދަރިފުޅު ކުރިއަށް ނެރެ ތިޔަ ހިންގާ ކަންކަމެެވެ.

  32
  2
 6. ހަސަން ތަކުރު

  މަގާމުގެ ބޭނުން ނުހިފަމޭ ބުނިއަސް ކިހިނެތް ގަބޫލު ކުރާނީ؟ 152 ފޮލޯވާރސް އިންދަވެސް ވެރިފައިޑް

  20
 7. ޟަރ

  13 އަހަރު ވެއްޖެތަ އެލީއަށް. ޓިކްޓޮކް ގަ އުޅެވޭނީ 13 އަހަރުން މަތީ ކުދިންނަށް

  19