އެ އާއިލާގެ އުފާވެރި ދިރިއުޅުން ނިމުމަކަށް އައީ ކައިވެނި ރޫޅުނު ހިސާބުންނެވެ. ދެމަފިރިން ވަކިވިއިރު، އެ މީހުންގެ ހަތް ދަރިން ތިއްބެވެ. އެ ދަރިންގެ ތެރެއިން ބޮޑު ތިން ދަރިން ދިޔައީ ބައްޕަ ކައިރިއަށެވެ. ކުޑަ ހަތަރު ކުދިން އުޅެމުން ދިޔައީ މަންމަ ކައިރީގައެވެ.

މި ކުދިންގެ ތެރޭގައި އެންމެ ދޮއްޓަށް ހުންނަނީ އަންހެނެކެވެ. ރަނގަޅު ފެންވަަރުގައި ކިޔަވައިގެން އުޅެމުން ދިޔައީ އޮފީހެއްްގައެވެ. އޮފީހުގައި އުޅެމުން ކުއްލި ގޮތަކަށް ނަޒްވާ (ޢަސްލު ނަމެއް ނޫން) ރާއްޖެއިން ބޭރަށް ދިޔައެވެ. އެނބުރި ރަށަށް އައީ ތިން މަސް ދުވަސް ފަހުންނެވެ.

އެ އައިއިރު ނަޒްވާ ހުރީ ކޮންމެވެސް ވަރަކަށް ފަލަވެފައެވެ. އޭނާ ރަށަށް އައީ ބަނޑު ހިންދާ ބެލްޓެއްވެސް ހިފައިގެންނެވެ. ނަޒްވާ ރަށަށް އައިއިރު އޭނާ ބަނޑުބޮޑެވެ. އެކަމަކު އެއިރު، ރަށުގެ އެއްވެސް މީހަކަށް އެކަމެއް ނޭނގެއެވެ.

މިއީ ނަޒްވާ ރަށަށް އައިތާ ތިން ވަނައަށް ވީ ދުވަހެވެ. ހެނދުނު އިރުއެރުމާއެކު މުޅި ރަށު ތެރޭގައި ފެތުރިގެން ދިޔަ އަޑަކީ ވިހެއުމަށްފަހު މަރާލާފައި އެއްްލާލާފައި އޮތް ކުއްޖެއް ގޮނޑު ދޮށުން ފެނުނު ވާހަކައެވެ. އެ ވާހަކަ މުޅި ރަށަށް ފެތުރުމުން ރަށުގެ ގިނަ ބަޔަކު އެ ސަރަހައްދަށް ދިޔައެެވެ.

ދިޔައިރު މަރާލާފައި އޮތް ތުއްތު އަންހެން ކުއްޖަކު ގޮނޑު ދޮށުގައި އޮއްވާ ފެނުނެވެ. އެ ކުއްޖާ ގޮނޑު ދޮށުން ނަގައިގެން ގޮސް އަތިރިމަތީގައި ހުރި އައްޓެއްގެ ބާއްވައިފިއެވެ. ރަށުގެ ސިއްހީ މަރުކަޒުން އައިސް އެ ކުއްޖާ ބެލިއެވެ. އަދި އެ ދުވަހު ރަށުގައި ކުރިއަށް ދިޔައީ ވިހެއީ ކޮން އަންހެނެއްތޯ ބެލުމެވެ. ރަށުގެ ގިނަ އަންހެން ވެރިން އެއްކޮށްގެން އެ މަސައްކަތް ފެށިއެވެ.

އަދި އެރޭ ފުލުހުންވެސް އެރަށަށް ދިޔައެވެ. އައިސް އެ މައްސަލަ ތަހުގީގު ކުރަން ފެށިއެވެ.

އެއްވެސް ވަރަކަށް އެއިރު އެއީ ނަޒްވާގެ ދަރިއެއްކަމަށް ނުބުނި ނަމަވެސް، އޭނާގެ އުޅުން ހުރިި ގޮތުން ބަޔަކަށް ޝައްކުވިއެވެ. އަދި އެރޭ ނަޒްވާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެެންގޮސްފައެވެ.

އެރޭ ވަރަށް ބޯކޮށް ގުގުރުމާއެލު ވާރޭވެހެމުން ދިޔައެވެ. ނަޒްވާ ފުލުހުން ކުރި ސުވާލުތަކަށް ޖަވާބުދޭން ފެށީ މުޅި ރަށަށް އޭގެ އަސަރު ކުރިވަރުގެ ވިދުވަރަކާއި އެކުއެވެ. އަދި ފުލުހުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ނަޒްވާ ވަނީ އެއީ އޭނާގެ ދަރިއެއްކަން އެއްބަސްވެފައެވެ. އަދި އެއީ އޭނާ ނަހަލާލަށް ވިހެއި ދަރިއެއްކަންވެސް އޭނާ ބުންޏެވެ.

އެ ދަރިފުޅުގެ ބައްޕައަކީ ނަޒްވާ ބައްޕަކަމާއި، އެ ދަރިފުޅު ވިހެއުމަށާއި، މަރާލުމުގެ ހުރިހާކަމެއް ކުރީ ނަޒްވާގެ މާމަ އާއި ބައްޕަކަން ވެސް އޭނާ ވަނީ ކިޔާދީފައެވެ.

އިރުއޮއްސުނު ފަހުން ހުއްޓުމެއްނެތި އެރަށަށް ވާރޭވެހެމުން ދާތީ ރަށުގެ ގިނަ ބަޔަކު ތިބީ ބިރުންނެވެ. އެންމެ ފަހުން ވިއްސާރަ ހުއްޓާލީ އެ ކުއްޖާގެ ކަށުކަމާކެމީގެ ކަންތައް ނިންމާލުމަށްފަހު ވަޅުލި ހިސާބުންނެވެ. އޭގެ ފަހުން ވާރޭ ހުއްޓާލި ނަމަވެސް، ރަށު ތެރެ ފާޑަކަށް ނާމާންވެއްޖެއެެވެ.

އެރެއަށްފަހު ރަށު ތެރެއިން ކުޑަކުއްޖަކު ރޯއަޑު އިވެއެވެ. އަދި ކުޑަކުޑަ ކުއްޖަކު ރަށު ތެރެއިން ފެންނަކަމަށް ރަށުގެ ގިނަ ބަޔަކު ބުނެއެވެ. އެންމެ ފަހުން ރަށު ތެރޭގެ ހާލަތު ގޯސްވުމުން ކޮންމެ ދުވަހަކު ތަކްބީރު ކިޔަން ފެށީއެވެ. ރަށުގެ ނާމާންކަން ހަމައަކަށް އެޅެންދެންނެވެ.

އެ ހާދިސާއާ ގުޅިގެން ނަޒްވާވެސް އަދި އޭނާގެ ބައްޕަ އާއި މާމަވެސް ހައްޔަރުކުރިއެވެ. މިހާރު ނަޒްވާ ފަސް ދަރިން ތިބޭއިރު، އޭނާ އުޅެމުން ދަނީ އެކަނިވެރި ދިރިއުޅުމެއްގައެވެ. އޭނާގެ މިހާރު ތިބި ފަސް ދަރިންނަކީ އޭނާގެ ކުރީގެ ފިރިމީހާއަށް ލިބިފައި ތިބި ފަސް ދަރިންކަމަށް ވެއެވެ.

ނޯޓް: މިއީ އުތުރުގެ ރަށެއްގައި ހިނގި ހާދިސާއެކެވެ. ވާހަކަ ކިޔާދިން މީހާގެ އެދުމުގެ މަތިން އޭނާގެ ނަމާއި ރަށުގެ ނަން ވާނީ ސިއްރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ާފައިން

    އެއީ ﷲ ނަހީ ކޮއްފައިވާ ކަންކަން ކުރުމުން ވާނެ ގޮތްދެންވެސް އިސްލާހުވޭ

    10
  2. އަހުމަދު

    އެއީ ﷲ ނަހީ ކޮއްފައިވާ ކަންކަން ކުރުމުން ވާނެ ގޮތްދެންވެސް އިސްލާހުވޭ

    6
    2
  3. މަ

    ތީ ލާމު އަތޮޅުގަ ހިނގި ކަމެއް. އުތުރަކު ނޫން

    12
    1
    • ރިން

      ތިޔާ ލާމް ވީ ކަމެށް

  4. ލ.ދަނބިދޫ

    ތިކަހަލަ ކަމެއް އަހަރެމެން ރަށުގަ ވެސް ހިނގި މި ކޮމެންޓް ޖަހާލަ ދޭތި ޕްލީޒް....

    11
  5. ކޯޗް

    ބޯކޮށް ގުގުރުން

  6. ޝިފްޒަ

    ފެދޫ ގަހިނގި ކަމެށ

  7. ލާމު ދަނބިދޫ

    އަދިވެސް އެއްބައި މަދުކަމަށް ފެނެނޫ....

    1
    2
    • މަކު

      ކާކު؟

  8. މަރީ

    ސިޑި މަތިން ފެންނަ ކުއްޖާ މިވާހަކަ ކޮބާ

  9. ވާހަކަ

    އޭނަ މިހާރު ހުންނަނީ 4 ކުދިން. އެ ކުއްޖާ މަރާލާފަ ދެން ވެސް ވިހެއީ ނަހަލާލަށް. މައުލޫމާތު ފުރިހަމަ އެއް ނުވޭ

    13