އެޕާޓްމެންޓުގައި އަލިފާން ރޯވުމުން ތުއްތު ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރަން މަންމައަކު ބޭރުގައި ހުރި މީހެއްގެ އަތައް ދަރިފުޅު އެއްލާލި މަންޒަަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އުނދުނެއް މާ ގިނަ އިރުވަންދެން ރޯކޮށްފައި ހުރުމުންނެވެ. މި ހާދިސާގައި އެޕާޓްމެންޓު ބިލްޑިންއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

ފާއިތުވެދިޔަ އަންގާރަ ދުވަހު މި ހާދިސާ ހިނގައި ދިޔަ އިރު އެ ބިލްޑިންގައި ހުރި އެޕާޓްމެންޓެއްގެ ތެރޭގައި ހުރި މަންމައަކު ދަރިފުޅު ސަލާމަތް ކުރާނެ އެހެން ގޮތެއް ނެތިގެން އެންމެ ފަހުން ކަންތައް ކުރިގޮތް ފެންނަ ވިޑިއޯ މިހާރު ވަނީ އާންމު ވެފައެވެ.

ވިޑިއޯއިން ފެނިގެން ދަނީ އެޕާޓްމެންޓުގައި އަލިފާން ރޯވެ އަނދަމުން ދިޔަ ވަގުތު ތިރީގައި ހުރި މީހަކާއި މަންމަ ވާހަކަ ދައްކާ މަންޒަރެވެ. ކުޑަ އިރުކޮޅެއްގެ މަޝްވަރާ ކުރުމަކަށް ފަހު އޭނާ ނިންމީ ދަރިފުޅު ތިރީގައި ހުރި މީހާ ހިފާނެ ކަމަށް ބަލާފައި ދަރިފުޅު ތިރިއަށް އެއްލާލުމަށެވެ.

11 މަހުގެ އެ ތުއްތު ކުއްޖާ ސަލާމަތް ކުރުމަށް އެ ކުއްޖާގެ މަންމަ އެ ކުއްޖާ ދެވަނަ ފަންގިފިލާއިން އެއްލާލީ ތިރީގައި ހުރި މީހާއަށް ހިފޭ ގޮތަށެެެވެ. ނަސީބު ރަނގަޅުކަމުން ތިރީގައި ހުރި މީހާއަށް އެ ކުއްޖާ ބިންމަތީގައި ޖެހުމުގެ ކުރިން ހިފުނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ ކުއްޖާގެ ހަން މަށައިގެން ދިޔުމުގެ އިތުރަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ.

ކުއްޖާ ސަލާމަތް ކުރުމަށް ފަހު ކުއްޖާގެ މަންމަވެސް ވަނީ ކުޑަދޮރުން ފުންމާލައިގެން އަމިއްލައަށް ސަލާމަތްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލާދީނީ ކަމެއް

  2. މައްމަގެ ވިސްނުން ރަނގަޅު،

  3. ނަސީބެއްނު الحمد لله