ކެނެރީ އައިލެންޑްގެ ޓެއިޑް ފަރުބަަދަ މަތިން ހަނދު އޮއްސެންދާ މަންޒަރު ފެންނަ ވީޑިއޯ އަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ޓެލެސްކޯޕެއް ބޭނުން ކޮށްގެން ނަގާފައިވާ ވީޑިއޯ އިން ހަނދު ފެންނަނީ ވަރަށް ބޮޑުކޮށެވެ.

މިއީ މެއި މަހުގެ 30 ވަނަ ދުވަހު ޑެނިއެލް ލޮޕޭޒް ނަގާފައިވާ ފުޓޭޖެކެވެ.

މިވީޑިއޯ އިން ބައެއް މީހުން ވެސް ފެނެއެވެ. ވީޑިއޯ އިން ފެންނަ މީހުން ތިބެނީ ޓެލެސްކޯޕް ހުރި ސަރަހައްދަށް ވުރެ 16 ކިލޯމީޓަރު ދުރުގައެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ހަނދު އޮއްސެންދާއިރު ވެސް ފަރުބަދަ މަތީގައި ތިބި މީހުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ވީޑިއޯ ކޮށްފައި ވަނީ ޓެލެސްކޯޕެއް ބޭނުންކޮށްގެން ނަމަވެސް ވީޑިއޯ އިން ހަނދުން ފެންނަނީ ހަނދުގެ އަސްލު ސައިޒްގައެވެ.

އިރުއޮއްސޭ މަންޒަރާއި އިރު އަރާ މަންޒަރު ބަލަން މީހުން ބޮޑު ސަމާލުކަމެއް ދިން ނަމަވެސް އާންމު ގޮތެއްގައި ހަނދު އަރާ މަންޒަރާއި ހަނދު އޮއްސޭ މަންޒަރު ބަލަން މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. އެފަދަ ސަމާލުކަމެއް ހަނދަށް ދެވޭނަމަ މިފަދަ ރީތި މަންޒަރުތައް ފެންނާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    ކިޔާލާއިރު ހީވަނީ އާދަޔާ ހިލާފު ކަމެއްހެން. ޢެކަމު ހަމަ އެކަނި ތަފާތަކީ ވީޑިއޯ ޒޫމްކޮށްފައިހުރި ދުރިމިނާ. ދޭތެރޭ މެދުން ކެމެރާޔާ އެހާ ދުރުގައި ތިބި ބަޔަކު ހަނދު ތެރެޔަށް ވާގޮތަށް ތިބިކަން. 1000 އެމް.އެމް ގެ ލެންސަކުން ފޮޓޯ ނަގާފަ ހުރި މީހަކަށް ތީކީ އާދަޔާ ހިލާފުކަމަށް ނުވާނެ