ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އޭނާގެ އަމިއްލަ މީސް މީޑިއާ ޕްލެޓްފޯމް ލޯންޗު ކުރަން ނިންމައިފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޖޯ ބައިޑެންއާ ވާދަކޮށް ޓްރަމްޕަށް އިންތިހާބު ނާކާމިޔާބު ވުމުން ޓްރަމްޕް ވަނީ އޭނާގެ ސަޕޯޓަރުންނަށް ހަމަނުޖެހުން ހިންގުމަށް ގޮވައިލައިފައެވެ. މިކަމާ ގުޅިގެން ޓްވިޓާ އަދި ފޭސްބުކް ފަދަ ބޮޑަތި މީސް މީޑިއާ ޕްލެޓްފޯމްތަކުން ޓްރަމްޕް ވަނީ ބޭން ކޮށްފައެވެ.

މިދިޔަ އަހަރު ޓްރަމްޕުގެ ކެމްޕެއިން ތަރުޖަމާނެއްގެ ގޮތުގައި ހުރި ޖޭސަަން މިލާ ބުނެފައިވަނީ ޓްރަމްޕް ވަރަށް އަވަހަށް އެނބުރި މީސް މީޑިއާ އަށް އަންނަ ކަމަށެވެ. ފޮކްސް ނިއުސްއަށް މިލާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކުރިއަތް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ޓްރަމްޕް އޭނާގެ އަމިއްލަ މީސް މީޑިއާ ޕްލެޓްފޯމަކާއެކު ފެނިގެން ދާނެ ކަމަށެވެ.

އެންމެން ޓްރަމްޕް އޭނާގެ އަމިއްލަ ޕްލެޓްފޯމް އިން ކުރާ ކަމެއް ބެލުމަށް ތިބޭނެކަން މިލާ ފާހަގަ ކުރިއެވެ.

ޓްވިޓާއިން ޓްރަމްޕް ބޭން ކުރިކަން އިއުލާން ކޮށްފައިވަނީ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުއެވެ. ޓްވިޓާއިން ބުނެފައިވަނީ ޓްރަމްޕް ބޭން ކުރީ ކުރިއަތް ލިބިދާނެ ގެއްލުމަކަށް ބަލާަފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު