ބޮލީވުޑުގެ ''ދަބަންގް ގާރލް'' ސޮނާކްޝީ ސިންހާއަށް ފާޑުކިޔައި ފަރާތްތަކަށް ބުނެލަން އޮތީ ކޮން އެއްޗެއް ތޯ ސުވާލު ކުރުމުން އެފަދަ މީހުންނަށް އެހާ އަޅާނުލާ ކަމަށް ބުނެ ރައްދު ދީިފިއެވެ.

''ކުރީގައި މީހުން ފާޑު ކިޔުމުން އެކަމާއި ދެރަވޭ. މީސް މީޑިޔާގައި އަހަރެންނޭ ކިޔައިގެން ދައްކާ ވާހަކަ ތަކުން އުދަނގޫވޭ. ކުރީގައި އެފަދަ ބައެއް ފާޑުކިޔުންތަކަށް ރައްދު ވެސް ދެން މީސް މީޑިޔާގައި. ނަމަވެސް މިހާރު އަހަރެންނަށް އާދެވިފަ މި ހުރި ހިސާބުން އެފަދަ އެއްވެސް ފާޑުކިޔުމަކަށް ޖެހިލުމެއް ނުވެ. އެކަންތައްތަކުން އަހަރެންނަށް އަރައިގަނެވިއްޖެ'' ނޫސްވެރިއަކު ކުރި ޖަވާބުދެމުން ސޮނާކްޝީ ބުނެފައިވެއެވެ.

އެފަދަ ފާޑުފާޑުގެ ކަންތައްތައް ކުރާ މީހުންނަކީ ފޯނުން މީހުންގެ ތެރޭގައި ނަފުރަތު އުފައްދަން އުޅޭ ބައެއް ކަމަށް ވެސް ސޮނާކްޝީ ބުނެފައިވެއެވެ.

''ކުރިމަތިލާން ނުކެރި ފޯނުން މިފަދަ ނަފުރަތު އުފައްދާ މީހުންނަކީ އަހަރެންގެ ދިރިއުޅުމަށް މުހިންމު ބައެއް ނޫން. އަހަރެން މީސް މީޑިޔާގައި މިއުޅެނީ އަހަރެން އެކަނި. މީގެފަހުން ވެސް އަހަރެން ކަންތައް ކުރާނީ އެހެން. ހުރިހާ ކަމެއް ވެސް ކުރާނީ ކަން އޮންނަ ގޮތަށް'' ސޮނާކްޝީ ބުނެފައިވެއެވެ.

ފިލުމީ މަސައްކަތަށް އެންމެ ބޮޑު ހުރަހެއް އެޅިފައިވަނީ މިދިޔަ އަހަރު ކޮރޯނާ ވައިރަސްގެ ސަބަބުން ކަމަށާއި އެކަމުގެ ސަބަބުން އޯޓީޓީ ޕްލެޓް ފޯމު ފުޅާ ދާއިރާއެއްގައި ތަޢާރަފް ވަމުންދާ ކަމަށާއި ނަމަވެސް ސިނަމާ ތަކުގައި ފިލުމު އެޅުވުމަކީ މުޅިން ތަފާތު އިހްސާސެއް ކުރުވާ ކަމެއް ކަމަށް ވެސް ސޮނާކްޝީ ބުނެފައިވެއެވެ.