އިންޑިއާގެ އަންހެެނެއްގެ ދަށްބަނޑުން 16 ކިލޯ ހުރި ޓިއުމަރެއް ނަގައިފިއެވެ.

އުމުރުން 20 އަހަރުގެ ޒުވާން އަންހެނެއްގެ ދަށްބަނޑުން އޮޕަރޭޝަންކޮށްގެން 16 ކިލޯގެ ޓިއުމަރެެއް ނަގާފައި ވަނީ މަދްޔާ ޕްްރަދޭޝްގެ ޕްރައިވެޓް ހޮސްޕިޓަލަކުންނެވެ. ހަ ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަންކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ބޯޕާލްގައި ހުންނަ އެ ހޮސްޕިޓަލްގެ މެނޭޖަރު ޑެވެންޑްރާ ޗަންޑޮލިއާ ވިދާޅުވީ، އެ ޓިއުމަރަކީ އޯވަރިއަން ޓިއުމަރެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެެއެވެ. އަދި އެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް ހޮސްޕިޓަލުން ބުނެފައި ވެެެއެވެ.

އެ އަންހެން މީހާގެ ބަރުދަނުގައި ހުރީ 48 ކިލޯ އެވެ.

”މީގެ ދެ ދުވަސް ކުރިން އެ އަންހެން މީހާ އައިސްފައި ވަނީ ރާޖްގަރްހްއިން، އަދި އޭނާގެ ޓިއުމަރު ވަރަށް ބޮޑު، އެއީ އޯވަރިއަން ޓިއުމަރެެއް، އެ އަންހެން މީހާގެ ބަރުދަނުގައި 48 ކިލޯ ހުރިއިރު، ޓިއުމަރުގެ ބަރުދަނުގައި 16 ކިލޯ ހުރި“. ހޮސްޕިޓަލުން ބުނެފައި ވެއެވެ.

އަދި މިފަދަ ޓިއުމަރުތައް ފުރާނައަށް ނުރައްކާވަރުވެެއެވެ. އަދި އޭނާއަށް ލަހުން އާދެވުނު ނަމަ ފުރާނައަށް ނުރައްކާވާ ވަރު ވެދާނެ ކަމަށް ހޮސްޕިޓަލުން ބުނެފައި ވެެއެވެ.