މީގެ 20 އަހަރުކުރިން ތައާރަފްވި ޔާހޫ މެސެންޖާ ބޭނުންކުރުން ހުއްޓާލާނީ އެވެ.

ޒަމާނަށްއައި ބަދަލާއިއެކު އިތުރު މެސެޖިން އެޕްތައް ތައާރަފްވުމުގެ ސަބަބުން ޔާހޫ މެސެޖް ބޭނުންކުރާނެ މީހެއް ނެތުމުން އެ އެޕް ސަޓްޑައުންކޮށްލަން ނިންމީ އެވެ.

1998 ވަނަ އަހަރު ތައާރަފްވި މި އެޕް އަކީ ގޭގޭގައި ހުންނަ ކޮންޕިއުޓަރ ތަކުގައި އިންޓަނެޓް މެދުވެރިކޮށް ބޭނުންކުރަމުން އަންނަ މެސެޖިން އެޕް އެކެވެ. އެ ދުވަސްވަރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދި މި އެޕް ފުރަތަމަ ޔާހޫގެ ނަމުގައި ނިކުތުމަށްފަހު ޔާހޫ މެސެންޖާގެ ނަން ބަދަލުކުރީއެވެ.

ޔާހޫއިން އިއުލާންކުރި ގޮތުގައި އަންނަމަހުގެ 17 އިން ފެށީގެން މި އެޕް ނުލިބޭނެ ކަމަށެވެ. އަދި މީގެ ބަދަލުގައި އެހެން އެޕްއެއް ނެރޭނެ ކަމުގެ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

މިހާރު ސްނެޕްޗެޓް އާއި ފޭސްބުކް މެސެންޖާ ބޭނުންކުރި ނަމަވެސް އެ ޒަމާނުގައި އެންމެ ނަން ހިނގާނީ ޔާހޫ މެސެންޖާއެވެ. އަދި މި އެޕް އަކީ ތާރީހުގައި ލިޔެވިގެންދާނެ އެޕް އަކަށްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު