ބަތަލާ ޕްރިޔަންކާ ޖޯނަސްއަށް މިއީ ވަރަށް ކާމިޔާބު އަހަރެކެވެ. އެތައް ބަޔަކު ކަމުދިޔަ ފިލުމު ''ދި ވައިޓް ޓައިގަރ'' ގައި މަސައްކަތް ކުރުމާއި އަމިއްލަ ބަޔޮގްރަފީއެއް ޝާއިޢު ކުރުމާއި އަމިއްލަ ރެސްޓޯރެންޓެއް ހުޅުވުމުގެ އިތުރަށް އެތައް ބޮޑެތި އިންޓަވިއުތަކެއްގައި ވެސް ޕްރިޔަންކާ ވަނީ ބައިވެރިވެފައެވެ.

މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ އިންޓަވިއުއަކީ ޕްރިންސް ހެރީއާއި މޭގަން މާކަލްއާއި އިންޓަވިއު ކުރި އޮޕެރާ ވިންފޭގެ ޝޯއެވެ. މި ޝޯގައި ބައިވެރިވެ ޕްރިޔަންކާ ވަނީ އޭނާގެ ކެރިއަރއާއި އަމިއްލަ ދިރިއުޅުމާއި އޭނާގެ ބަޔޮގްރަފީ ''އަންފިނިޝްޑް'' އާއި ފިރިމީހާ ނިކްއާއި އޭނާގެ ބައެއް ވާހަކަތައް ވެސް ހިއްސާ ކޮށްފައެވެ.

މި އިންޓަވިއުގައި ޕްރިޔަންކާ ވަނީ އޭނާގެ ފޮތް ''އަންފިނިޝްޑް'' ގައި ވެސް ހިއްސާ ކޮށްފައިނުވާ ބައެއް ވާހަކަތައް ހިއްސާ ކޮށްފައެވެ.

މި އިންޓަވިއުގައި ޕްރިޔަންކާ ލައިގެން ހުރި މަޑު ނޫ ކުލައިގެ ޖަމްޕްސުއިޓަކީ ވަރަށް އަގުބޮޑު ޖަމްޕްސުއިޓެކެވެ. އެއް ކޮނޑުލާފައިވާ މި ޖަމްޕްސުއިޓަކީ ''ފްރެންސޯ'' ޖަމްޕްސުއިޓެކެވެ.

ރޮލެންޓް މޯރެޓްގެ އެސްއެސް 21 ކަލެކްޝަންގެ މި ޖަމްޕްސުއިޓާއި އެކު ފްލޯރަލް ހޫޕްއަކާއި އެކު ޕްރިޔަންކާ އަރައިގެން ހުރީ ރިހި ކުލައިގެ ހީލްއަކަށެވެ.

މި އިންޓަވިއުގައި ޕްރިޔަންކާ އާދައިގެ މޭކަޕެއް ކޮށްލައިގެން ހުރިއިރު އޭނާ ލައިގެން ހުރީ 1495 ޔޫރޯގެ އަގުބޮޑު ހެދުމެކެވެ. މި ހެދުމުގެ އަސްލު ބްރޭންޑް ވެބްސައިޓްގައި މި ހެދުމުގެ އަގަކީ މިއީއެވެ.

ޕަރިޔަންކާ ނިއު ޔޯކުގައި ހުޅުވުމަށް ތައްޔާރުވެފައިވާ އިންޑިއާ ކާނާ ލިބޭ ރެސްޓޯރެންޓް ''ސޯނާ'' ހުޅުވުމުގެ ކުރިން ކުރާ ބައެއް ކަންތައްތައް މިއަދު ކުރިއަށްދާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނނނ

    އައްޗި މަ ހީިކުރިވަރެއް ނޫން

    • ރަދީފުލް ކުމާރު

      މަވެސް ހިތަށްއެރީ ހަމަ ތިހެން.

  2. އެހެން

    އަގު ހުރިކަން އިނގޭނެ ގިޔާމަތް ދުވަހު އޭރު ވަރައް
    އަގު ހުންނާނެ ތިޔަ ހެދުމުގައި 🤣

    7
    1
  3. ާހޯގުޅާ ފާތުމަ

    އަގުބޮޑެއް ނޫން! މިރާއްޖޭގެ ޕާރޓީ ތަކަށް ދާ ނިކަމެތީން ވެސް ލާނީ ތިޔައަގުގެ ހެދުން. އަދި ބްރައިޑް ލާހެދުން މާއަގުބޮޑުވާނެ. ޢެންމެން ގެންގެންގުޅެނީ ވެސް ސްމާރޓް ފޯން. މިހާރު އެންމެންވެސް ހަމަހަމަ. މިހާރު އަގުބޮޑޭ ބުނެވޭނީ ލައްކައެއްހާ ޑޮލަރަށް އަގުއަރާނަމަދޯ؟

    11
    1
  4. ހުސެން232323

    ބަތަލާއޭ؟

  5. ސުނިޔަންކާ

    ދިވެހި ރުފިޔާއިން ބަލާނަމަ 27,311.93 ރުފިޔާ