ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް އެންމެ ފޯރިއާއި އެކު ކުޅެވޭ އޮންލައިން ގޭމުތަކުގެ ތެރެއިން ޕްލޭޔާސް އަންނޯން ބެޓްލް ގްރައުންޑް (ޕަބްޖީ) ވަނީ މިދިޔަ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާގައި މަނާ ކުރެވިފައެވެ.

ނަމަވެސް އިންޑިޔާގައި ޕަބްޖީ ކުޅޭހިތްވާ ފަރާތްތަކަށް އުފާވެރިކަމުގެ ސިގްނަލްއެއް ލިބިގެން ދިޔައީ އިންޑިޔާގައި އައު އިންވެސްޓްމަންޓް ސްޓްރެޓެޖީއަށް ބޭނުންވާ ވަޒީފާގެ މަގާމްތަކަށް މީހުން ހޯދުމަށް އިޢުލާން ކުރުމާއި ގުޅިގެންނެވެ.

ލިވްމިންޓްގެ ރިޕޯޓްތައް ބުނާގޮތުގައި ކްރޯފްޓުން ވަނީ މި މަހުގެ 18 ވަނަ ދުވަހު މި ވަޒީފާ ތަކަށް ބޭނުންވާ މީހުން ހޯދުމަށް އިއުލާން ކޮށްފައެވެ.

ކްރާފްޓުން ބުނެފައިވާ ގޮތުގައި މި ސްޓްރެޓެޖިކް އެނަލިސްޓްއަކީ ކްރާފްޓަންއާއި އިންޑިޔާ މާޖު ކުރުމަށް ކުރެވޭ އިންވެސްޓެއް ކަމަށެވެ. އިންޑިޔާގެ ވީޑިއޯ ގޭމްތަކާއި އީ ސްޕޯޓްސްއާއި އެންޓަޓެއިންމަންޓާއި އައިޓީއަށް ވަނީ 725 ކްރޯރް ރުޕީސް އިންވެސްޓް ކޮށްފައި ކަމަށް ވެސް ކްރޯފްޓަން އިން ބުނެފައިވެއެވެ.

އިންޑިޔާއިން ޕަބްޖީ މަނާކުރުމުން ޓެންސެންޓުން ވަނީ އައިޕީ އެޑްރެސްގެ ރައިޓްސް ވެސް ނަގާފައެވެ. އޭގެ ފަހުން އިންޑިޔާގައި އަލުން ޕަބުޖީ ރީ ލޯންޗު ކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ.

ޕަބްޖީ ކޯޕްގެ ފަރާތުން ވަނީ މައިކްރްސޮފްޓާއި އެކު ވެސް އެއްބަސްވުމެއް ހަދާފައެވެ. އެއީ މައިކްރޮސޮފްޓްގެ ''އަޒުއަރ ޕްލެޓްފޯމް'' ގައި ވެސް ހޯސްޓް ކުރެވޭނެ ގޮތް ހެދުމަށެވެ.

މި ގޭމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަކީން ހާއްސަކޮށް ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އޮންލައިން ގޭމެކެވެ. ނަމަވެސް ގޭމްގައި ދައްކުވައިދޭ އަނިޔާވެރި މަންޒަރުތަކުގެ ސަބަބުން ބައެއް ފަރާތްތަކުން ދަނީ މިގޭމާއި ދެކޮޅަށް ތަކުރާރުކޮށް ވާހަކަ ދައްކަމުންނެވެ.