ޕްރިންސް ހެރީ އާއި މޭގަން މާކެލް ބޮޑު ރަސްމިއްޔާތެއްގައި ކައިވެނި ކުރުމުގެ ތިން ދުވަސް ކުރިން ޕްރިންސް ހެރީއާއި މޭގަން ސިއްރުން ކައިވެނި ކޮށްފައިވާ ކަމަށް ފެތުރިފައިވާ އަޑުތައް އެދެމަފިރިން ދޮގުކޮށްފައެވެ. އާއްމުންނަށް ސިއްރުން ހެރީ އާއި މޭގަން ކައިވެނި ކުރިކަމަށް ބުނާ ވާހަކަތަކަށް ޖަވާބުދެމުން ހެރީއާއި މޭގަން ބުނެފައިވަނީ ޝާހީ ކައިވެނީގެ ކުރިން ސިއްރުން ކައިވެނި ކޮށްފައި ނުވާނެ ކަމަށެވެ.

ކެއިންޓަން ޕެލަސްގައި އާރކްބިޝޮޕް އޮފް ކެންޓަބަރީގައި ހެރީއާއި މޭގަން އެމީހުންގެ ކައިވެނީގެ ހުވާތައް ސިއްރުން ކޮށްފައިވާ ކަމަށް ޝާހީ އާއިލާ އިން ދާދިފަހުން ބުންޏެވެ.

މިކަމާއި ބެހޭގޮތުން ހެރީއާއި މޭގަން ޖަވާބުދާރީ ވެފައިވަނީ އޮޕެރާ ވިންފޭގެ ޝޯގައި އިންޓަވިއު ދިންތާ ދެ ހަފުތާ ފަހުންނެވެ. ކައިވެނީގެ ސެޓްފިކެޓާއި އެކު މޭގަންއާއި ހެރީ ވަނީ ކައިވެންޏާއި ބެހޭގޮތުން އަރާފައިވާ އަޑުތަކަށް ޖަވާބު ދާރީވެފައެވެ.

އޮޕެރާގެ އިންޓަވިއުގައި މޭގަން ބުނެފައިވަނީ ކައިވެނީގެ ތިން ދުވަސް ކުރިން ވަކީން ކައިވެނީގެ ހުވާތައް ކޮށްފައިވާ ކަމަށާއި އެކަން އެއްވެސް ބަޔަކަށް ނޭގޭ ކަމަށެވެ.

ނަމަވެސް އާރކްބިޝޮޕް އޮފް ކެންޓަބަރީގެ އިސް ފަރާތަކުން ބުނެފައިވަނީ އެ ދުވަހު އެމީހުން ކައިވެނި ކޮށްފައި ނުވާ ކަމަށާއި މޭގަންއަށް އެކަން އޮޅުން އަރާފައިވާ ކަމަށެވެ. އަދި ޖެނެރަލް ރެޖިސްޓަރ އޮފީހުން ފުރަތަމަ ފަހަރަށް ހެރީއާއި މޭގަންގެ ކައިވެނީގެ ސެޓްފިކެޓް ހިއްސާ ކޮށް އަރާފައިވާ އަޑުތައް ވަނީ އިތުރަށް ސާފުކޮށްދީފައެވެ.

ހެރީއާއި މޭގަންގެ ކައިވެނި ކުރެވިފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ވިންޑްސޯގެ އެސްޓީ ޖޯޖް ޗެޕަލްގައި އެތައް މިލިއަން މީހުނެއްގެ ހާޟިރުގައި ކަމަށް ވެސް ފެކަލްޓ އޮފީހުގެ ކުރީގެ ޗީފު ކުލާކް ސްޓެފަން ބޯޓަން ބުނެފައިވެއެވެ.