ރެޕް ލަވައަކީ މިހާރަކަށް އައިސް ވަރަށް ބޮޑަށް އާންމުންގެ ތެރޭގައި މަގުބޫލުވެފައިވާ ބާވަތެއްގެ މިއުޒިކްއެކެވެ. މިގޮތުން މިފަދަ މިއުޒިކްއަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް ހިފާލާފައިވާ މިއުޒިކްއަކަށްވާއިރު މި މިއުޒިކް ޖޯންރާއަށް ދިވެހި އާ އެތައް ފަންނާނުންނެއްވެސް ދަނީ ކޮންމެ ދުވަހަކުހެން ތައާރަފްވަމުންނެވެ. މިފަދަ މިއުޒިކް ޖޯންރާއެއް ދިވެހީންގެ މެދުގައި އެހާ މަގުބޫލުވެފައިވަނީ ކީއްވެތޯ ބަލާލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

ދިވެހީންނަކީ ރެޕް މިއުޒިކްއަށް އާ ބައެކޭ ބުނެވެން ނެތް ނަމަވެސް މި ބާވަތުގެ މިއުޒިކް ދިވެހިންގެ ތެރޭގައި އަށަގަންނަން ފަށާފައިވަނީ މި ފާއިތުވެދިޔަ މަދު އަހަރުތަކުގެ ތެރޭގައެވެ. ރާއްޖޭގެ މިއަދުގެ ޒުވާނުން އެމީހުންގެ ޅަ އުމުރުގައި ދިޔައީ ބޭރު ދުނިޔޭގެ މަޝްހޫރު ރެޕް އާޓިސްޓުންކަމުގައިވާ އެމިނެމް އަދި 50 ސެންޓް ފަދަ ތަރިންގެ މިއުޒިކްއަށް ސަޕޯޓުކުރަމުންނެވެ.

މިގޮތުން ބައެއް ފަރާތްތަކުން ރެޕް މިއުޒިކް މަގުބޫލުވެފައިވާ މައިގަނޑު އެއް ސަބަބަކީ މި ބާވަތުގެ މިއުޒިކްއަކީ ދިވެހި އެތައް ފަންނާނުންނެއް ބޭރު ގައުމުތަކުގެ އާޓިސްޓުންގެ ފަރާތުން އުގެނުމަށްފަހު ދިވެހިންގެ ތެރެއަށް ގެނެސްދީފައިވާ ހުނަރުވެރިކަމެއްގެ ސަބަބުން ކަމަށް ގަބޫލު ކުރެވެއެވެ. އަދި ރެޕް މިއުޒިކްގެ އަސްލު ހުނަރުވެރިކަން ދިވެހި ފަންނާނުންގެ ތެރޭގައިވެސް ހުރިކަން މިދާއިރާގެ އެތައް ފަންނާނުންނެއް ދަނީ ސާބިތުކޮށްދެމުންނެވެ.

މީގެ އިތުރުންވެސް ރެޕް މިއުޒިކްއަކީ ދިވެހި ގިނަ ފަރާތްތަކަށް އެބައެއްގެ ހަޔާތާއި ގުޅިފައިވާ އެއްޗެއްކަމުގައިވެސް ވަނީ އިހުސާސްކުރެވެން ފަށައިފައެވެ. އަދި މިއީ ދިވެހިންގެ ހަޔާތުގެ އެކި އެކި ވާހަކަތައް އާދަޔާޙިލާފްގޮތަކަށް ގެނެސްދިނުމަށް ބޭނުންކުރެވޭ އެއްޗެއްކަމުގައި ވުމާއިއެކުގައި ވެސް މި ބާވަތުގެ މިއުޒިކް ވަނީ ވަރަށް ބޮޑަށް މަގުބޫލުވެފައެވެ. މިއީ ދިވެހިންގެ މެދުގައި އަދި ވަކިން ހާއްސަކޮށް ޒުވާނުންގެ މެދުގައި ރެޕް މިއުޒިކްއަށް އެހެން ބާވަތްތަކުގެ މިއުޒިކްއަށްވުރެ އިސްކަމެއް މިހާރަކަށް އައިސް ދެވެމުންދާ ބައެއް ސަބަބުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޔާސިރު

    މިއުޒިކް އިޒް ހަރާމް ޑޯންޓު ޓޯކް އެބައުޓް މިއުޒިކް

    • ގަމާރު

      އައި ލަވް މިއުޒް

  2. އިބްރާހިމް

    އަސްލު މިހާރުގެ ގިނަ ރެޕް ލަވަތަކަކީ ކުރިީގަ ދިވެހިން އެބުނާ ޅެމާއި ރައިވަރުގެ ހަމަތަކަށް ފުދޭ ޅެންތަކެއް. ފަހުގެ ދިޮވެހި އެހެން ލަވަތަކުން އެކަމެއް ނުފެނޭ. ސިބްބޮލިކް އަދި ބީޓޮލޮޖީ ކަހަލަ ކުދިންންށް ވަރަށް ޝުކުރު. ދިވެހި ޒުވާނުިން ދިވެހި ލަވަޔަށް އަލުން ލޯބި ޖެއްސެވޭ ހަމަ ތިބޭފުޅުން

  3. ސީނު

    ރެޕް އޭ ކިޔަސް އެއީ މިއުޒިކް.....މިއުޒިކް ހަރާމް

  4. ދޮނާ

    އަންހެން ދުޅާ މީހުން ރެޕްކުރީމަ ކަމަކު ނުދާނެ........

  5. ގަމާރު

    ރެޕް ލަވަ ޖެހީމަ މަންމަ ރުޅިނާންނާނެ ގޮތެއް އެބަ އޮޔް ތަ؟
    ޕްލީސް