ބޭންކް އޮފް އެމެރިކާއިން އޮޅިގެން 1,000,017.98 ޑޮލަރުގެ ޗެކެއް މީހަކަށް ދެވުމުން ޗެކް އަބުރާ ބޭންކް އާ ހަވާލުކޮށްފިއެވެ.

އެމެރިކާގެ ކަރިލިއޯނާގައި ދިރިއުޅެމުން އަންނަ އެރިކް ޖެބްރިއޯލް ބުނެފައިވާ ގޮތުގައި މިމީހާއަށް މިޗެކް ލިބިފައިވަނީ ޕޯސްޓް މެދުވެރިކޮށެވެ.

" ފުރަތަމަ ހީވީ ހަމަ މިލިޔަނަރަކަށްވީއޭ، ނޭނގެ ހުރެވުނު ތަނެއް ވެސް ފުންމަމުން އުޅެވުނީވެސް. " އެރިކް އޭނާގެ އިޙްސާސްތައް ބޭރުގެ މީޑިޔަތަކާއި ހިއްސާ ކުރިއެވެ.

އެރިކް ބުނި ގޮތުގައި އޭނާ ފުރަތަމަ މިގޮތަށް އިހްސާސްތައް ހުރި ނަމަވެސް ފަހުން މިލާރި ބޭނުން ކުރާނަމަ މި ކުރެވެން އުޅެނީ ގޯސް ކަމެއްކަން އިޙްސާސްވިކަމަށެވެ. އަދި އެ ޗެކް ބޭންއާއި ހަވާލު ކުރީ އޭގެ ވެރިފަރާތަކީ އެމީހާ ނޫންކަން އެމީހާއަށް އެނގޭތީ ކަމަށްވެސް މިމީހާ ބުނެފައިވެއެވެ.

ސެންޓްރަލް ބޭންކް އޮފް އެމެރިކާއިން ބުނެފައިވަނީ މިއީ އޮޅިގެން ދެވުނު ޗެކެއް ކަމަށެވެ. އަދި މިފަދަ ހާހެއްހާ ޗެކްއެއް ނުބައި އެޑްރެސްތަކަށް ފޮނުވުނު ކަމަށާއި އަދި އެ ޗެކްތަކަށް ފައިސާ ނުނެގޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެނގޭތަ

    ބޭންއަކުން ބޭން ޖަހާނީ. ޗެކް ފޮނުވާނީ ބޭންކަކުން.