އެންޒައިޓީއަށް ފަރުވާކުރާ ޒުވާންކުދިން އެ ގޮތުގައި ދެމި ހުންނަނީ ބައެއް ފަހަރުކަމަށް ފަހުގެ ދިރާސާއަކުން ހާމަވެއްޖެއެވެ.

އެ ދިރާސާއިން ހާމަވާގޮތުގައި ޒުވާންކުދިން އެކަމަށް ފަރުވާ ކުރި ނަމަވެސް ދާއިމީ ފައުވާއެއްގެ ގޮތުގައި ދެމިހުންނަނީ 20 އިންސައްތަ ކުދިންނަށް އެކަނި ކަމަށެވެ.

ޖާނަލް އޮފް ދަ އެމެރިކަން އެކަޑަމީގައި ޕަބްލިޝް ކޮށްފައިވާ މި ދިރާސާގައި ވަނީ 10 އަހަރާއި 25 އަހަރުގެ އެންޒައިޓީ ހުންނަ 319 ކުދިން ބޭނުންކޮށްފައި އެވެ.

އަދި އެމީހުންނަށް ދެވެންއޮތް ހުރިހާ ފަރުވާތަކެއް ދިން ނަމަވެސް އެގޮތުގައި ދެމިހުރީ ބައެއް ކުދިންގެ ރިޕޯޓްތަކުންނެވެ.

އެގޮތުން ދިރާސާއިން ހާމަވާގޮތުގައި އެއްބައި ޕޭޝަންޓުންގެ އެންޒައިޓީ ލެވެލް 30 އިންސައްތަ އަށް ތިރިވި ނަމަވެސް ދުވަސްތަކުން އެ އިންސައްތަ އިތުރުވަމުންދާ ކަމަށެވެ.

ދިރާސާ ކުރިއަށް ގެންދިޔަ ފަރާތް ބުނިގޮތުގައި ގަވައިދުން މެންޓަލް ހެލްތް ޗެކް އަޕްއެއް ބޭނުންވާނެ ކަމަށެވެ. އަދި އަންހެން ކުދިންނަށް އެންޒައިޓީ އާންމުވާލެއް ފިރިހެންކުދިންނާއި އަޅާބަލާއިރު އިތުރުކަމަށްވެސް ބުނެއެވެ.

އެންޒައިޓީ ނުވަތަ ކަންކަމާ ހާސްވެ ކަންބޮޑުވުމަކީ ރާއްޖޭގައި ވެސް އާންމުވަމުންއަންނަ ނުރައްކާތެރި ބައްޔެކެވެ. މިއީ އަވަހަށް ފަރުވާ ހޯދިއްޖެނަމަ ރަނގަޅު ކުރެވިދާނެ ބައްޔެކެވެ.