ތުއްތު ދަރިފުޅު ރޯން ފަށައިފިނަމަ، ހުއްޓާލެއްވުމަކީ ބައެއް ފަހަރު ވަރަށް އުނދަގޫ ކަމެކެވެ. އެތައް ކަމެއް ކޮށްގެންވެސް، ދަރިފުޅު ހުއްޓާނުލެއްވޭ ގޮތްވެސްވެއެވެ. އާއްމު ތަނެއްގައި ނުވަތަ ޕަބްލިކް އިވެންޓަކަށް ދަރިފުޅު ގޮވައިގެން ގޮސް އުޅެނިކޮށް، މިފަދަ ކަމެއް ދިމާވެއްޖެނަމަ، އިތުރު ތަކުލީފުތަކެއް ބައެއް ފަހަރު އުފުލަން ޖެހޭތަން އާދެއެވެ.

މި ބައްޕައަށްވެސްވީ އެފަދަ ކަމެކެވެ. ތުއްތު ދަރިފުޅު ރޯން ފެށީ، ދޮށީ ދަރިފުޅުގެ މިއުޒިކް ކޮންސަޓް ބަލަން އިންދައެވެ. އެތައް ބަޔަކު ތިބޭ ތަނެއްގައި، ދަރިފުޅު ހުއްޓާލަން ހަދާނެ ގޮތް ހުސްވިއެވެ.

މިގޮތަށް ކަންތައް ދިމާވުމުން، އެންމެ ފަހުން މި ބައްޕަ އަށް ޖެހުނީ ތުއްތު ދަރިފުޅު ގޮވައިގެން ސްޓޭޖު މައްޗަށް އަރާ ނަށާށެވެ. ކަން ދިމާ ކުރިގޮތުން އެވަގުތު ސްޓޭޖު މަތީގައި ކުރިއަށް ދަނީ ދޮށީ ދަރިފުޅުގެ ނެށުމުގެ ހަރަކާތެކެވެ.

މި މަންޒަރު ފެންނަ ފޮޓޯތައް މީސް މީޑިޔާގެ އެކި ޕްލެޓުފޯމުތަކުގައި ދައުރުވަމުންދާއިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއީ ވަރަށް ލޯބި ފޮޓޯތަކެއްކަމަށެވެ. އަދި، މިއީ ވަރަށް ހިތްހަމަޖެހޭ ފޮޓޯތަކެއްކަމަށްވެސް، ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

މިއީ ސީދާ ކޮން ޤައުމެއްގައި ހިނގި ކަމެއްކަން، މީޑިޔާތަކަށްވެސް އެނގިފައިނުވެއެވެ. އެހެންނަމަވެސް، މި ކޮންސަޓް ކުރިއަށް ދިޔަ ސްކޫލަށް ކިޔަނީ މޯޝަން ސްކޫލް އޮފް ޑާންސްކަންވަނީ އެނގިފައެވެ.

ކިޔުންތެރިންގެ ހިޔާލު