މާބަނޑު ދުވަސްވަރު ނޭފަތުން ލޭ އާދޭތަ؟ ދިރާސާތަކުން ދައްކާގޮތުގައި މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމަކީ ނުރައްކާތެރިކަމެއް ނޫނެވެ. އަދި ދުނިޔޭގެ ނިސްބަތުން މާބަނޑުވާ ކޮންމެ އަށް އަންހެނަކުން އެކަކުގެ ކަލުން ލޭއާދެއެވެ.

މިގޮތަށް ލޭއަންނަގޮތް މެދުވެރިވަނީ މާބަނޑުވުމުން އިތުރުވާ ޕްރޯޖެސްޓރޯން، އަދި އެސްޓްރަޖަން ހޯރމޯންގެ ސަބަބުން ނޭފަތުގެ އެތެރޭގައިވާ ލޭހޮޅިތައް ފުޅާވުމުންނެވެ. މިއާއެކު މާބަނޑުވުމުން ލޭދައުރުވުން އިތުރުވެ، ނޭފަތުގައި ހުންނަ ކުދިކުދި ލޭހޮޅިތަކުގެ ތެރޭގައި ޕްރެޝަރު މަތިވެ، ފަޅައިގެންދާގޮތްވެއެވެ. އަރިދަފުސް ރޯގާ ޖެހުމާއި ގިނަ ވަގުތު އޭސީގައި ހުރުމަކީ މިގޮތަށް ނޭފަތުން ލޭއައުމަށް މެދުވެރިވެދާނެ ސަބަބެކެވެ. ނޭވާލާނިޒާމުގެ އެލާޖީގެ މައްސަލަ ހުރުން، ސައިނަސް ދުޅަވުން،  ލޭމައްޗަށްދިއުން، ލޭހިލުން ކުރިމަތިކުރުވަފާނެ ބަލިތައް މާބަނޑު މީހާއަށް ކުރިމަތި ވެއްޖެނަމަވެސް ނޭފަތުން ލޭއައއުމަކީ އެކަށީގެންވާ ކަމެކެވެ.

ގިނަ ފަހަރު ނޭފަތުން ލޭއަންނަނީ ނޭފަތުގެ ކުރިމަތީ ބައިގައި ހުންނަ ކުދިކުދި ހިމަ ލޭޅިތަކުންނެވެ. މިހިސާބު ލޭހޮޅިތައް ފެޅުމުން އަންނަލޭ ގިނަފަހަރު އޭގެ ކަމެއް ނުކުރިޔަސް ނިކަން އަވަހަށް ހުއްޓޭނެއެވެ. ނަމަވެސް ނޭފަތުގެ ފަހަތު ބައިގައި ހުންނަ ތަންކޮޅެއް ބޮޑެތި ލޭހޮޅިތައް ފަޅައިގެން ދިއުމުން އަންނަ ލޭ ގިނަވެފައި، ހުއްޓުވަން އުދަނގޫވާނެ އެވެ. ނޭފަތުން އަންނަލޭ އަންނަން ފެށުމުން މިގޮތަށް ކަންތައްކޮށްލާށެވެ.

  • ތަނެއްގައި އިށީދެ ޝަހާދަތް އިގިލި އާއި ބޮޑުވައި އިގިލި އިން ނޭފަތުގެ ދެފަރާތުގައި ހިފަހައްޓާ ބާރަށް ފިއްތާލާށެވެ. މިގޮތަށް މިކަން ކުރާއިރު އަގައިން ނޭވާލާށެވެ.
  • ނޭފަތް ފިއްތާލައިގެން ގާތްގަނޑަކަށް 20-10 (ނޫނީ 10-5 މިނެޓް ވަރު) ވަރަކަށް މިނެޓް ވަންދެން ހުންނާށެވެ. މިގޮތަށް ހުންނައިރު ޕްރެޝަރު ދޫކޮށްލައިގެން ނުވާނެއެވެ. މާނައަކީ އޭފަތުގައި ފިއްތާގެން ހުންނަ ހުރުމަށް ދޫދީގެންނުވާނެއެވެ.
  • އަނގަ ހުޅުވައިގެން ހުރެ، ހަށިގަނޑު ކުރިޔަށް ލަންބާލާށެވެ. މިހެން ހެދުމުން ނޭފަތުގައި ހުރި ލޭތައް ބޭރުވާނެއެވެ. މިގޮތަށް ހެދުމުން ލޭތައް ފަހަތަށް ގޮސް، އަރުތެރެއިން ބަނޑަށް ވާޞިލްވިޔަނުދީ ހިފެހެއްޓޭނެ އެވެ.
  • ނޭފަތުން ލޭއައުން ހުއްޓުވުމަށްޓަކައި ނޭފަތް މަތީގައި އެއްޗަކަށް ލައިގެން ގަނޑުފެން ވެސް ޖެއްސިދާނެއެވެ. ގަނޑުފެން ޖެއްސުމުން ލޭހޮޅިތައް ހިމަވެ، ހިމަށްލައި، ލޭމަނާކުރަން އެހީތެރި ވެދޭނެއެވެ.
  • އޮށޯއްނުމުގެ ބަދަލުގައި ކޮޅަށްހުރެވޭތޯ ބަލާށެވެ.
  • އަނބުރައިގަންނަން އުޅޭހެން ހީވާނަމަ، ވާތް ފަރާތަށް ބުރަވާ ގޮތަށް ތަނެއްގައި އޮށޯންނާށެވެ.

މިގޮތަށް ހެދުމުންެވެސް ލޭމަނާ ނުވެއްޖެނަމަ ޑަކްޓަރަށް ދެއްކުން ބުއްދިވެރިއެވެ.

މައުލޫމާތު ނަގާފައިވަނީ: ބޭބީ ސެންޓަރ

ކިޔުންތެރިންގެ ހިޔާލު