ރާއްޖޭގެ އެންމެ މަގުބޫލު އޮންލައިން ނޫސް ”ވަގުތު“ އިން ދާދި ފަހުން ޓިކްޓޮކް އެކައުންޓެއް ހަދާފައިވާއިރު ”ވަގުތު“ ގެ މި އެކައުންޓަށް އާއްމުންގެ ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.

މީގެ 3 ދުވަސް ކުރިން ހެދި މި އެކައުންޓަށް މިހައިތަނަށް 730ށް ވުރެން ގިނަ ފޮލަވާސް ލިބިފައިވާއިރު ޖުމްލަ 6 ވީޑިއޯ އަކަށް 1500 ވަރަކަށް ލައިކްސް އާއި 70،000 އާއި ގާތް ކުރާ އަދަދަކަށް ވިއުސް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ގިނަ ބަޔަކަށް ކަމުދިޔަ ވީޑިއޯގެ ސްކްރީން ޝޮޓެއް

މީގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މީގެ އެއް ދުވަސް ކުރިން ލާފައިވާ ސަގާފީ ނެށުމެއްގެ ވީޑިއޯއެވެ. މި ވީޑިއޯ 40،000ށް ވުރެން ގިނަ މީހުން ވަނީ ބަލާފައެވެ.

މި ވީޑިއޯ އަކީ ”ވަގުތު ހޭރިޔާ“ގެ ޓީމުން ހއ. ވަށަފަރުގައި މީގެ 3 ދުވަސް ކުރިން ނަގާފައިވާ ވީޑިއޯއެކެވެ. އެ ރަށުގެ ސަގާފީ ބޮޑުބެރާއި ނެށުން ”ވަގުތު“ ޓީމަށް ދައްކައިލުމަށްޓަކައި ރަށުގެ ޒުވާނުންތަކަކާއި ހަރު އުމުރުގެ ބަޔަކު ވަނީ ވަރަށް ފުރިހަމަ އަށް އެެކަންތައް އިންތިޒާމް ކޮށްފައެވެ.

@vaguthu_onlineHa. Vashafaru | Sagaafee #Vaguthu #heyriya #heyriyaa #Boduberu #naifarudohohkobe #Vashafaru #foryou #foryoupage #fyp♬ original sound - Vaguthu Online

އެކުވެރި އަދި ހިތްހެޔޮ ބަޔަކު ދިރިއުޅޭ ވަށަފަރުގައި އަދިވެސް ސަގާފީ ކުޅިވަރުތައް ފަނޑުނުވެ ކުޅެމުން އަންނަކަމީ އެރަށުގެ ރައްޔިތުން ނުހަނު ފަޙުރުވެރިވާ ކަމެކެވެ. އެއީ ގިނަ ރަށްތަކުން މިހާރު މި ކުޅިވަރުތައް އުވެމުން ދާތީއެވެ. ބޮޑު ތަރުހީބެއް ލިބުނު ވީޑިއޯގެ ލިންކް މަތީގައިވާއިރު މިފަދަ އިތުރު ވީޑިއޯތައް ބެއްލެވުމަށް އަޅުގަނޑުމެންގެ ޓިކްޓިކް އެކައުންޓް ފޮލޯ ކުރައްވާށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޥަގުތު ފެއިލް

    މަގޭ ތަރުހީބެއް ނުލިބޭނެ

    5
    1
  2. Anonymous

    އިބްނުލްޤައްޔިމް رحمه الله ވިދާޅުވިއެވެ.

    “… ފަހެ ﷲ ތަޢާލާއަށް ކިޔަމަންތެރިވުން ނޫން ގޮތެއްގައި ވާހަކަ ދައްކާ ކޮންމެ މީހަކު ނުވަތަ ފުމެގެން އަޑު ނެރޭ އާލާތްތައް ނުވަތަ ފުމޭ އޮނު
    ނުވަތަ ޙަރާމް ވައްތަރުތަކުގެ ތާރަ ނުވަތަ ބެރު އެއީ ފަހެ ޝައިޠާނާގެ އަޑެވެ. ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމުގެ ޢަމަލެއް ކުރުމަށް ހިނގާފައިދާ ކޮންމެ މީހަކީ ފަހެ ޝައިޠާނާގެ ލަޝްކަރުގައިވާ މީހެކެވެ. އަދި އެއިލާހަށް ނުކިޔަމަންތެރިވުމުގެ ޢަމަލެއް ކުރުމަށް ސަވާރުވެގެންދާ ކޮންމެ މީހަކީ ފަހެ ޝައިޠާނާގެ ސަވާރަވުމުގެ ތެރެއިންވާ މީހެކެވެ. ސަލަފުން ވިދާޅުވެފައިވަނީ މިފަދައިންނެވެ. އެއީ އިބްނު އަބީ ޙާތިމް، އިބްނު ޢައްބާސްގެ އަރިހުން ޛިކުރު ކުރައްވާފައިވާ ފަދައިންނެވެ: އޭނާގެ ލަޝްކަރަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމަށް ހިނގާފައިދާ ކޮންމެ މީހެކެވެ.” [إغاثة اللهفان]

  3. ޞބބ

    އިބްނުލްޤައްޔިމް رحمه الله ވިދާޅުވިއެވެ.

    “… ފަހެ ﷲ ތަޢާލާއަށް ކިޔަމަންތެރިވުން ނޫން ގޮތެއްގައި ވާހަކަ ދައްކާ ކޮންމެ މީހަކު ނުވަތަ ފުމެގެން އަޑު ނެރޭ އާލާތްތައް ނުވަތަ ފުމޭ އޮނު) ނުވަތަ ޙަރާމް ވައްތަރުތަކުގެ ތާރަ ނުވަތަ ބެރު އެއީ ފަހެ ޝައިޠާނާގެ އަޑެވެ. ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމުގެ ޢަމަލެއް ކުރުމަށް ހިނގާފައިދާ ކޮންމެ މީހަކީ ފަހެ ޝައިޠާނާގެ ލަޝްކަރުގައިވާ މީހެކެވެ. އަދި އެއިލާހަށް ނުކިޔަމަންތެރިވުމުގެ ޢަމަލެއް ކުރުމަށް ސަވާރުވެގެންދާ ކޮންމެ މީހަކީ ފަހެ ޝައިޠާނާގެ ސަވާރަވުމުގެ ތެރެއިންވާ މީހެކެވެ. ސަލަފުން ވިދާޅުވެފައިވަނީ މިފަދައިންނެވެ. އެއީ އިބްނު އަބީ ޙާތިމް، އިބްނު ޢައްބާސްގެ އަރިހުން ޛިކުރު ކުރައްވާފައިވާ ފަދައިންނެވެ: އޭނާގެ ލަޝްކަރަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމަށް ހިނގާފައިދާ ކޮންމެ މީހެކެވެ.” [إغاثة اللهفان]

  4. ހއ. އަތޮޅަށްނުދާ މާލެ ރަށްވެއްސެއް..

    "އެކުވެރި އަދި ހިތްހެޔޮ ބަޔަކު.." މިއީ ހއ. އަތޮޅަށް ގޮސް ތަޖުރިބާކޮށް، އަންނަ މީހުންގެ ދުލުން ވަރަށް އިވޭ އިބާރާތް ކޮޅެއް.

    4
    2