ރާއްޖޭގެ މަޝްހޫރު މޮޑެލް އަދި ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އަކީ މިހާރު ގިނަ ދިވެހިންނަށް އާ ނަމަކަށް ނުވާނެއެވެ. ފާޒިލްގެ ދުޅަހެޔޮކަމާއި އާއްމުންގެ ޝައުގުވެރިކަމާއި ތައުރީފާއި އެއް ވަރަށް އޭނާ އަށް އުނދަނގޫތަކާއި ފާޑު ކިޔުމާއި ވެސް ކުރިމަތިލާާން ޖެހޭ ފަހަރުތައް އާދެއެވެ. އެެހެންނަމަވެސް ރާއްޖެއިން ބޭރުގެ މޮޑެލް އިންނާއި އެކުގައި ވެސް މަސައްކަތް ކޮށްފައިވާ ފާޒިލް އަކީ ބޭރުގެ ބައެއް ފަންނާނުންނާއި ގާތުން ދިމާވެ، އެ ތަރިންނާއި ގާތް ގުޅުމެއް ބޭއްވުމުގެ ފުރުސަތު ލިބިފައިވާ މީހެކެވެ.

އެގޮތުން ބޮލީވުޑްގެ މަގްބޫލް ބަތަލާ އަދި މިސް ސްރީލަންކާ ޖެކަލައިން ފެނާންޑޭޒް އާއި އޮތް ގާތްކަމާއި ގުޅިގެން ފާޒިލް އޭނާ އަށް ދިން ހަދިޔާ އެއް އޭނާ އަށް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ. ޓިކްޓޮކްގައި އޭނާ ހިއްސާ ކުރި ވީޑިއޯ އަކުން ފެންނަނީ ޖެކޮލައިން އެ ހަދިޔާ އަށް ތައުރިފް ކުރާ މަންޒަރެވެ. ޖެކޮލައިން އަށް ފާޒިލް ދީފައި ވަނީ ވޭލް ޝާކް އެއް ގޮތަށް ހަދާފައިވާ ނަކަލެއް އެލުވާފައިވާ ތަޅުދަނޑިލާ އެއްޗެކެވެ.

" އަހަރެންގެ އެކުވެރި ފާޒިލް އަހަންނަށް ގެނެސްދިން ވޭލްޝާކް ކީ ޗޭން އެއް މިއީ. މިއީ އަހަރެން އަބަދުވެސް އުފާވާނެ ހަދިޔާއެއް." އޭނާ ބުންޏެވެ.

@fitfazil

Any Jacqueline Fernandez fans out there ? @justf143 🥰 #bollywood #india #maldives #movies #jacqueline

♬ original sound - Fitfazil

ފާޒިލް އަށް ޖެކޮލައިން ވަނީ ޝުކުރު އަދާކޮށްފައެވެ. އެހެންނަމަވެސް ފާޒިލް އަށް އޭނާ އާއި ދިމާވީ ކޮން އިރަކު ކަން އަދި އެ ހަދިޔާ ދިނީ ކޮން އިރަކުކަން ފާޒިލް ހާމަކޮށްފައެއް ނުވެއެވެ.

ފާޒިލް ދަނީ އޭނާގެ ދޮޅަހެޔޮކަން ފެންނަ ވީޑިއޯތައް ވެސް މީސްމީޑިއާގައި ހިއްސާކުރަމުންނެވެ. އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން މާޝަލް އާޓް ނުވަތަ ކަރާޓީގެ ހުނަރު ދައްކާލާ ކުރު ވީޑިއޯކޮޅަކާއި އެކު ފާޒިލް ވަނީ މެސެޖެއް ވެސް ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފާތުން

    ތީ ކޮންޒަމާނެއް ވެއްޖެއް ކަމެތް👎

  2. ހަލީމަ ދައިތަ

    ޖެކްލީން އާ ތިހާ ރައްޓިސް އިރުގަ އޭނަ އަށް ކިޔާ ދިނިންތަ ސަރުމީލާ ވާހަކަ.. 😝😝😝

    29
  3. ޫުue

    ކޮން ޒަމަނެއްގެ ވިޑިޔޮއެއް ތީ ތިޔަ މަކުރިގެ ވިޑިޔޯއެއް

    9
    1
  4. އެމަންޖެ

    ޔާމީން ވެރިކަމުގަ ކޮއްފަ ހުންނަކަންކަން ކެނެރީ ދައުރުގަ ނަންވާނީ.