ބަތަލާ ޕްރިޔަންކާ ޗޯޕްރާއަކީ އެކްޓް ކުރުމާއި އެހެނިހެން ވެސް ކަންތައްތަކަށް ގާބިލު މީހެއްގެ އިތުރުން މީސް މީޑިޔާގައި ވެސް ވަރަށް ހަރަކާަތްތެރި އަދި އޭނާގެ ސަޕޯޓަރުންނާއި ވެސް ގާތް ގުޅުމެއް ބާއްވާ ފަންނާނެކެވެ.

ސަންތޯޝް ޕަޓްނައިކް ނަމަކަށް ކިޔާ މީހަކު ޓްވިޓާގައި އޭނާ ޖޯދުޕޫރުގައި ހުއްޓާ ވެސް ޕްރިޔަންކާއާއި ނިކްގެ ކައިވެނީގެ ހަފުލާއަށް ދަޢުވަތު ނުދިނީ ކީއްވެތޯ ކޮށްފައިވާ ސުވާލަށް ޕްރިޔަންކާ ރައްދު ދީފިއެވެ.

މި މީހާގެ ސުވާލަށް ރައްދުދެމުން ޕްރިޔަންކާ ބުނެފައިވަނީ ސަންތޯޝް ޕަޓްނައިކްގެ ފަރާތުން މަޢާފަށް އެދޭ ކަމަށާއި ޕްރިޔަންކާއަށް ސަންތޯޝް ނޭނގޭ ކަމަށާއި ދަޢުވަތު ނެދުވުނު ސަބަބަކަށް މިކަން ވެދާނެ ކަމަށެވެ.

ސަންތޯޝްގެ ސުވާލަށް ޕްރިޔަންކާ ދިން މަޖާ ޖަވާބު މިހާރު ދަނީ މީސް މީޑިޔާގައި ދައުރުވަމުންނެވެ. އަދި މިފަދަ ސުވާލުތަކަށް ޖަވާބު ދިނުމުގައި ޕްރިޔަންކާ ގެންގުޅޭ މަޖާ ގޮތްތަކުގެ ވާހަކަ ވެސް ގިނަ ބަޔަކު ދަނީ ދައްކަމުންނެވެ.

ޕްރިޔަންކާއާއި ނިކްގެ ކަިއވެނީގެ ހަފްލާ ދެ ތަނުގައި ވަނީ ބާއްވާފައެވެ. އިންޑިޔާގައި ބޭއްވި ހަފުލާ ބާއްވާފައިވަނީ 2018 ވަނަ އަހަރު ޖޯދުޕޫރުގައެވެ. ޕްރިޔަންކާއާއި ނިކްގެ ކައިވެނި ވެގެން ދިޔައީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ވަރަށް ފޯރިއާއި އެކު ދެކެވުނު ވާހަކައަކަށެވެ.

ހޮލީވުޑާއި ބޮލީވުޑުގައި ކާމިޔާބު އެތައް ފިލުމެއް ކުޅެމުން އަންނަ ޕްރިޔަންކާ އަންނަ އަހަރު ހިންދީ ފިލުމަކުން ފެނިގެންދާނެ ކަމަށް މާރިޗު 26 ވަނަ ދުވަހު ޕްރިޔަންކާަ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ. މިއީ ބޮލީވުޑުގެ ސަޕޯޓަރުންނަށް ލިބިގެންދާނެ އުފާވެރި ޚަބަރެކެވެ.