އަހަރެންނަކީ މިސްކިތް ބެލެހެއްޓުމާ ހަވާލުވެގެން ހުންނަ މީހެކެވެ. މަންމަގެ އެދުމަކަށްވީ އަހަރެން މުޅި ދިރިއުޅުންވެސް ﷲ ގެ މަގުގައި ހޭދަކުރުމެވެ. މަންމަ ނިޔާވުމަށް ފަހުގައި އަހަރެން އެ ވަސިއްޔަތާ އެއްގޮތަށް މިސްކިތް ބެލެހެއްޓުމުގެ މަސައްކަތް ކުރަން ފެށިމެވެ. އަހަރެން އޭރި ކިޔެވީ އަވަށުގެ މަދަރުސާގައެވެ. އަދި މިހާރު މި ބަލަހައްޓާ މިސްކިތް ބެލެހެއްޓުމުގެ ޒިންމާ އަހަރެން ނެގީ ކިޔަވަން އުޅުނު  ދުވަސްވަރުންފެށިގެނެވެ. ވޭތުވެ ދިޔަ 20 އަހަރުގެ ތެރޭގައި އެކި ކަހަލަ ތަފާތު މީހުންނާ އަހަރެން ދިމާވެފައި އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ވަރަށް ދީންވެރި ޞާލިޙް އަޅުންނެވެ. ތެދުވެރިނާއި ދޮގުވެރިންނެވެ. ހެޔޮހިތުން ފަގީރުންނަށް އެހީވާ މީހުނާއި ދެއްކުންތެރިކަމަށް މީހުނަށް އެހީވާ މީހުނެވެ.

އެހެން ދިމާވި އެކަކަކީ އަހަރެންގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ދާނެ މީހެއްނޫނެވެ. މިމިސްކިތަށް ފަތިސް ނަމާދަށް އެންމެ ފުރަތަމަ އަރާ މީހަކީ އޭނާއެވެ. އޭނާ މީހަކާ ވާހަކަ ދައްކާތަނެއް އަހަރެން ދުވަހަކުވެސް ނުދެކެމެވެ. އެއީ އަހަރެން ދިރިއުޅޭ ސަރަހައްދުގެ މީހެއް ނޫނެވެ. ނަމާދުކޮށް ނިމި އެންމެން މިސްކިތުން ފައިބާ އިރުވެސް ގިނަކަންޔާ ރުއިމުގައި އެތަށް ގަޑިއިރެއް އެމީހާ ހޭދަކުރެއެވެ. އެމީހަކު ހިތާމަކޮށް ރޮއެ ހަދާތަން ކޮންމެ ދުވަހަކު ފެންނާތީ މިއީ ކީއްވެގެން ވާކަމެއްތޯ އެގެން ބޭނުންވިއެވެ. އޭނާއަކީ މި ސަރަހައްދާ ވަރަށް ދުރު ތަނެއްގައި އުޅޭ ވަރަށް މުއްސަނދި މީހެއްކަން އަހަރެންނަށް އެނގުނީ ވަރަށް ފަހުންނެވެ. އޭނާ ވަނީ މީގެ ކުރިން މިސްކިތަކާއި، ސްކޫލެއް، އަދި މުސްކުޅި މީހަކަށް ގެ އެއް ވެސް އަޅައިދީފައެވެ. މި ކަންތައް އެނގުމުން އޭނާ މި މިސްކިތަށް އައިސް އެހާ ވަރަށް ހިތާމަކޮށް ރޮއެ ހަދާ ސަބަބު އެނގެން މާ ބޮޑަށް ބޭނުންވިއެވެ.

އެއްދުވަހެއްގެ ހެދުނު އޭނާ ފަގީރުންނަށް އަންނައުނާއި ކާތަކެތި ބަހާތަން އަހަންނަށްފެނުނެވެ. އެދަޑިވަަޅުގެ ބޭނުންހިފާ އަހަރެންގެ ސުވާލުތަށް އޭނާއަށް ބަންޑުންކޮށްލީމެވ. ޖެހިގެން އަންނަ ދުވަހުގެ ހެނދުނު އެވާހަކަތަށް ކިޔާދޭނެ ކަމަށް ބުނެ އަހަރެންގެ ސުވާލު ތަކުން އޭނާ ރެކިގަތެވެ. އެ ރޭ އަހަރެންނަށް ނުވެސް ނިދުނެވެ. ޖަވާބު ހޯދަން ހިތްވެފައިހުރިލެއް ބޮޑުކަމުންނެވެ. އޭގެ އަނެއް ދުވަހު މިސްކިތުން އެންމެން ފޭބުމުން އޭނާ އަހަރެން ގާތަށް އައިސް އިށީއިނދެ އަހަރެންގެ ސުވާލުތަކަށް ޖާވާބުދޭން ފެެށިއެވެ.

އޭނާ ކިޔައިދިންގޮތުގައި އޭނާ އުފަންވިތާ 5 ނުވަތަ 7 ވަނަ ދުވަހު ފޮތިގަނޑަކަށް ލާ އޭނާ މި މިސްކިތް ކައިރިއަށް އެއްލާލާފައިފާ ވެއެވެ. މިސަހަރުން މީހަކަށް އޭނާ އެތެރެއަށް ލާ ފަތްޖަހާފައިވާ ފޮތިކޮޅު ހުޅުވުމަށް ކުއްތާ އެއް މަސައްކަތް ކުރާތަން ަބަޔަކަށް ފެނުނެވެ. ނަސީބު  ކަންދިމާކުރިގޮތުން އެމީހަކު އަހަރެން ބަލާބޮޑުކުރުމުގެ ޒިންމާ ނެގިއެވެ. މަރާ ހަނގުރާމަ ކުރަމުންދިޔަ އޭނާއަށް އޭނާގެ ބެލެނިވެރިޔާ ފަރުވާ ދިނުމަށް ހަސްފަތާލަށް ގެންދިޔައެވެ. އޭނާ ގެންދިއުމުގައި އެމީހާއަށް އެހީތެރި ވެދިނީ މިސްކިތުގެ އިމާމެވެ. އޭނާ އަކީ ކާކުގެ އުފަން ކުއްޖެއްކަން އެނގޭނެ އެއްވެސް ގޮތެއް ނެތުމުން އެމީހާ އޭނާ ބަލާ މިސްކިތުން އޭނާ ހޮވި މީހާއެވެ. ނަމަވެސް މިހަޤީޤަތް މީނާއަށް އެގުނީ ވަރަށްފަހުންނެވެ. މިކަން އޭނާއަށް އެނގުން ފަހުން އޭނާގެ އަސްލު މައިންބަފައިންނަކީ ކޮންބައެއް ކަމާއި، އޭނާ އެއްލާލާ މަރާލަން ބޭނުންވީ ކީއްވެކަން އެނގެން އޭނާ ނުހަނު ބޭނުންވާ ވާހަކަ ބުނެޖެވެ.

އަހަރެންނަށް ބުނާނެ އެއްޗެއް ނޭންގުނުނަމަވެސް އޭނާއަކީ އަހަރެންނާ ދިމާވި އެންމެ ރަނގަޅު މީހާކަމަށާއި، އޭނާއަށް އަސްލު ވީގޮތް ﷲ ދެނެވޮޑިގެން ވާނެކަމަށް ބުނީމެވެ. އަދި އެހެންވީ ސަބަބަކާ ހުރެގެންކަމާއި، މި ތަނަށް އައިސް ހިތާމަ ކުރުމުގެ މާނައެއް ނެތްކަމަށް އަހަރެންނަށް އޭނައަށް  ވިސްނާދެވޭތޯ މަސައްކަތް ކުރީމެވެ. އަދި މި މިސްކިތަށް ނާންނަން އޭއާ ގާތު އަހަރެން ބުނީމެވެ. ރަައްދެއް ނުދީ އޭނާ ދިޔައެވެ. އޭގެ ފަހުން ދުވަހަކުވެސް ނާދެއެވެ. އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ކަމެއް އަހަރެންނަކަށްނޭންގެއެވެ. އަހަރެން ބޭނުންވީ އޭނާ ހިތާމަތަކާ ލުއިކޮށްދޭށެވެ. އެކަން އަހަރެންނަށް ވީކަކަމަށް އުއްމީދު ކުރަމެވެ.

ނޯޓް: މިއީ ޖީ.އެމް.ބީ އާކާޝް ޕޭޖްގައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނޭނގުނު ???

  2. ފަހު 2 ޕެރެގްރާފުގައި ބުނާ އެއްޗެއް ނޭނގުނު!!!!!

  3. މިސްކިތަކަށް ނާންނަން އިރުޝާދު ދިނުމަކީ ވަރަސް ގޯސްކަމެއް....